މިދިޔަ ކްއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 610 މިލިއަން ރުފިޔާ

ދިރާގުގެ ހެޑް އޮފީސް: މިދިޔަ ކްއާޓާގައި ދިރާގަށް ލިބުނު އާމްދަނީ އާއި ފައިދާ ވަނީ ދަށަށް ގޮސްފައި. -- ފޮޓޯ:ދިރާގު

ދިރާގުގެ ހެޑް އޮފީސް: މިދިޔަ ކްއާޓާގައި ދިރާގަށް ލިބުނު އާމްދަނީ އާއި ފައިދާ ވަނީ ދަށަށް ގޮސްފައި. -- ފޮޓޯ:ދިރާގު

މި އަހަރުގެ ތިން ވަނަ ކުއާޓާގައި ދިރާގަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މިދިޔަ ކުއާޓަގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ .610.3 މިލިއަން ރުފިޔާ އެވެ. މިއީ ދެ ވަނަ ކުއާޓާގައި ލިބުނު 617.4 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 7.1 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ތިން ވަނަ ކުއާޓާގައި ދިރާގުގެ ސާފު ފައިދާ ވެސް ވަނީ ދެ ވަނަ ކުއާޓާއާ އަޅާ ބަލާއިރު ދަށަށް ގޮސްފަ އެވެ. ދެ ވަނަ ކުއާޓާގައި ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 195.8 މިލިއަން ރުފިޔާ ލިބުނު އިރު، ތިން ވަނަ ކުއާޓާގެ ސާފު ފައިދާއަކީ 191.3 މިލިއަން ރުފިޔާ އެވެ.

Advertisement

މޯބައިލްގެ ހިދުމަތްތަކުން ތިން ވަނަ ކުއާޓާގައި ލިބިފައިވަނީ 325.6 މިލިއަން ރުފިޔާ އެވެ. ދެ ވަނަ ކުއާޓާގައި މޯބައިލް ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ލިބުނީ 340.4 މިލިއަން ރުފިޔާ އެވެ.

ފިކްސްޑް ބްރޯންޑް ބޭންޑްގެ ހިދުމަތްތައްކުން ތިން ވަނަ ކުއާޓާގައި 268.1 މިލިއަން ރުފިޔާ ދިރާގަށް ލިބުނު އިރު، ދެ ވަނަ ކުއާޓާގައި ލިބިފައި ވަނީ 261.3 މިލިއަން ރުފިޔާ އެވެ.

މިދިޔަ ކްއާޓާގައި ދިރާގުން ވަނީ ކުންފުނީގެ ހިންގުމުގެ ހަރަދުވެސް ދަށްކޮށްފަ އެވެ. ދެ ވަނަ ކުއާޓާގައި 234.9 މިލިއަން ރުފިޔާގައި ހުރި ހަރަދު ތިން ވަނަ ކުއާޓާގައި ހުރީ 231.5 ގަ އެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox