ކޮޕް26: އަފްގާނިސްތާނުގެ ތިމާވެށީގެ ޕްރޮޖެކްޓުތަކަށް ފައިސާ ދޭން ތާލިބާނުން ގޮވާލައިފި

އަފްގާނިސްތާނަށް ދިމާވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލައަކީ ވާރޭ ނުވެހުމުގެ މައްސަލަ.

އަފްގާނިސްތާނަށް ދިމާވާ އެންމެ ބޮޑު އެއް ތިމާވެށީގެ މައްސަލައަކީ ވާރޭ ނުވެހުމުގެ މައްސަލަ.

އަފްގާނިސްތާނުގައި ހިންގާ "ފެހި މަޝްރޫއުތައް" އަލުން ހިންގައިގަތުމަށް ބޭނުންވާ ފައިސާ ބައިނަލްއަގްވާމީ ފަރާތްތަކުން ދިނުމަށް ތާލިބާނުން ގޮވާލައިފި އެވެ.

މިދިޔަ އޯގަސްޓު މަހު އަފްގާނިސްތާނުގެ ގާނޫނީ ވެރިކަން ވައްޓާލުމަށް ފަހު ސަރުކާރެއް ގާއިމްކޮށްގެން އުޅޭ ތާލިބާނުން ބައިނަލްއަގްވާމީ މުޖުތަމައިން މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ.

އެހެންކަމުން އާދީއްތަ ދުވަހުގެ ރޭ ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފެށި މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން، ކޮޕް26 ގައި ބައިވެރިވުމުގެ ފުރުސަތު ތާލިބާނުންނަކަށް ނެތެވެ.

ނަމަވެސް ތާލިބާނުންގެ އިސް ޑިޕްލޮމެޓު ސުހައިލް ޝަހީން ބުނީ މިހާރު ވެސް އދ. ގެ ރުހުން ލިބިފައިވާ މޫސުމީ ބަދަލާ ގުޅޭ ޕްރޮޖެކްޓުތައް ހުއްޓާލައިގެން ނުވާނެ ކަމަށެވެ.

"އަފްގާނިސްތާނުގައި އޮންނަނީ ބަލިކަށި މޫސުމެއް. ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަ ހުރި،" ޓްވިޓާ މެދުވެރިކޮށް އޭނާ ބުންޏެވެ.

"މިހާރު ވެސް ހުއްދަ ދީގެން ކޮންމެވެސް ވަރަކަށް ފަންޑުކޮށްފައިވާ ގްރީން ކްލައިމެޓް ފަންޑު، ޔޫއެންޑީޕީ އަދި އަފްގާން އެއިޑްގެ މަޝްރޫއުތައް އަލުން ފަށައިގަންނަން ޖެހޭ."

އދ. އިން ބުނެފައި ވަނީ އަފްގާނިސްތާނަށް ވާރޭ ނުވެހި ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސިއްރަކީ މޫސުމީ ބަދަލު ކަމަށެވެ. އެކަމާ ހެދި 22 މިލިއަން މީހުންނަށް ކާބޯތަކެތި ލިބެން އޮތް މަގު ގެއްލުމުގެ ބިރު އެބަ އޮތެވެ.

ނަމަވެސް އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމާއެކު ބައިނަލްއަގްވާމީ އެހީ މެދުކަނޑާލާފައި ވާތީ އެ ގައުމުގެ އިގްތިސާދު މި ވަގުތު އޮތީ ހުއްޓިފަ އެވެ.

ޝަހީން ބުނީ މަޝްރޫއުތައް ހިންގަން އަފްގާނިސްތާނަށް ދަތުރު ކުރާ އެހެން ގައުމުތަކުގެ މީހުންނަށް ތާލިބާނުންގެ ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ އަމިއްލަ ޖަމިއްޔާތަކާއި އެހީދޭ ޖަމިއްޔާތަކުން ރައްކާތެރިކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޔަގީންކޮށްދިނުމަށް ތައްޔާރަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox