ޝަރުތު ހަމަނުވާ ދަރިވަރުން ވައްދާ، ހުއްދަ ނެތި ސެޓިފިކެޓު ދޫކުރާތީ ސީއައިޓީއެމް އެމްކިޔުއޭގެ ބްލެކްލިސްޓަށް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ރާއްޖެއާއި ބޭރުގެ މަތީ ތައުލީމު ޕްރޮގްރާމްތަކުގެ ތެރެއިން ބަލައިގަންނާނެ ޕްރޮގްރާމްތައް ކަނޑައަޅަނީ މި އޮތޯރިޓީން. -- ފޮޓޯ: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ރާއްޖެއާއި ބޭރުގެ މަތީ ތައުލީމު ޕްރޮގްރާމްތަކުގެ ތެރެއިން ބަލައިގަންނާނެ ޕްރޮގްރާމްތައް ކަނޑައަޅަނީ މި އޮތޯރިޓީން. -- ފޮޓޯ: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ޝަރުތު ހަމަނުވާ ދަރިވަރުން ކޯސްތަކުގައި ބައިވެރިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ސަނަދު ދޫކުރާ މައްސަލައިގައި ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓު (ސީއައިޓީއެމް) ގެ މަތީ ތައުލީމު ހުއްދަތަށް މިއަދުން ފެށިގެން ބާތިލުކޮށްފި އެވެ.

ސީއައިޓީއެމްގެ ހުއްދަތައް ބާތިލުކުރުމާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ނެރުނު އިއުލާނުގައި ބުނީ ސީއައިޓީއެމް މަތީ ތައުލީމު ޕްރޮގްރާމުތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދަރިވަރުން ވެއްދުމާ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ސަނަދު ދޫކުރަން އޮންނަ އުސޫލުން ބޭރުން އަމަލުކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.

ސީއައިޓީއެމްގެ ޕްރޮގްރާމުތަކުން އެމްކިޔުއޭއަށް ފާހަގަވި މައްސަލަތައް

  • ސީއައިޓީއެމްގައި ހިންގާ މަތީ ތައުލީމު ޕްރޮގްރާމުތަކަށް ޝަރުތު ހަމަނުވާ ދަރިވަރުން ވެއްދުން
  • ކޯސް ނިންމާ ދަރިވަރުންނަށް ސެޓިފިކެޓް ދިނުމުގެ ކުރިން "ސުޕަވިޝަން" މަރުހަލާ ފުރިހަމަނުކުރުން
  • "ސުޕަވިޝަން" މަރުހަލާ ފުރިހަމަނުކޮށް ކުރިން އޮތޯރިޓީގެ ހުއްދަ ނެތި ދަރިވަރުންނަށް ސެޓިފިކެޓް
  • ސީއައިޓީއެމްގެ ޕްރޮގްރާމުތައް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓިފިކެޓް ނުދިނުން
  • 2014 ވަނަ އަހަރުން ފެށިގެން ކޯހުގެ ބެޗުތައް ފެށުމުގެ ކުރިން ހުށަހަޅަން ޖެހޭ ފޯމު ހުށަނޭޅުން

ސީއައިޓީއެމްގެ ހުއްދަތައް ހިފެހެއްޓި ނަމަވެސް މިހާރު ނަގާފައިވާ ބެޗުުތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދަން އެމްކިޔުއޭގެ ހުއްދަ އެބައޮތެވެ. ނަމަވެސް އިތުރު ދަރިވަރުން ނެގޭނީ އެމްކިޔުއޭއިން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އަދި މިހާރު ނަގާ އެއްވެސް ބެޗެއް ބަލައިނުގަންނަން ވަނީ ނިންމާފަ އެވެ.

އެމްކިޔުއޭއިން ވަނީ ލިޔެކިޔުންތައް ހުށަހަޅަން ސީއައިޓީއެމްއަށް މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ. މި މުއްދަތުގެ ތެރޭގައި ލިޔެކިޔުން ހުށަނާޅާނަމަ އެެ މަރުކަޒުގެ ރަޖިސްޓްރީއާ މެދު ފިޔަވަޅު އަޅަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.

ސީއައިޓީއެމްގެ ފޭސްބުކް ޕޭޖުގައި ހުރި މައުލޫމާތު ބުނާ ގޮތުން އެ މަރުކަޒުން ވަނީ 11 އަހަރުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފަ އެވެ. ހުއްދަތައް ބާތިލުކުރުމާ ގުޅިގެން ސީއައިޓީއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox