ތާލިބާނުންގެ ރޫހާނީ ލީޑަރު ފުރަތަމަ ފަހަރަށް އާއްމުންގެ ކުރިމައްޗަށް

ތާލިބާނުންގެ ރޫހާނީ ލީޑަރު ހިބާތުﷲ އަހުންދްޒާދާ.

ތާލިބާނުންގެ ރޫހާނީ ލީޑަރު ހިބާތުﷲ އަހުންދްޒާދާ.

ތާލިބާނުންގެ ލީޑާޝިޕާ 2016 ވަނަ އަހަރު ހަވާލުވުމަށް ފަހު އެ ގްރޫޕުގެ ރޫހާނީ ލީޑަރު ހިބާތުﷲ އަހުންދްޒާދާ ފުރަތަމަ ފަހަރަށް އާއްމުންގެ ކުރިމައްޗަށް ނުކުމެއްޖެ އެވެ.

ހިބާތުﷲ ވަނީ އަފްގާނިސްތާނުގެ ދެކުނު ކަންދަހާރް ސިޓީގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކާފަ އެވެ. އޭނާ މީގެ ކުރިން އާއްމު ތަނެއްގައި އެގޮތަށް ފެނިފައެއް ނުވެ އެވެ.

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ވެސް ހިބާތުﷲ ނުފެނުމުން، ތާލިބާން ސަރުކާރުގައި އޭނާގެ ދައުރު އޮންނަ މިންވަރާ މެދު ސުވާލުތައް އުފެދުނެވެ. އޭގެ އިތުރުން އޭނާ މަރުވެފައިވާ ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ނަމަވެސް ހޮނިހިރު ދުވަހު ހިބާތުﷲ ވަނީ ދާރުލް އުލޫމް ހާކިމާ މަދަރުސާ އަށް ގޮސް އެ ތަނުގައި ކިޔަވާ ކުދިންނާ މުހާތަބުކޮށް ވާހަކަދައްކާފައި ކަމަށް ތާލިބާނުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ބުނެ އެވެ.

"ކާފަރުންނާއި އަނިޔާވެރިންނާ ދެކޮޅަށް 20 އަހަރު ވަންދެން ހަނގުރާމަ ކުރި އަފްގާނިސްތާނުގެ ރައްޔިތުންނަށް މާތް ﷲ ގެ ހެޔޮ ރަހުމަތް ލައްވާށި. އަޅުގަނޑުގެ ބޭނުމަކީ ތި އެންމެންނަށްޓަކައި ދުއާކޮށްދިނުން،" ތާލިބާނުން އާއްމުކުރި އޯޑިއޯ ރިކޯޑިންއެއްގައި ހިބާތުﷲ ބުނެފައި ވެ އެވެ.

ދިހަ މިނެޓުގެ އެ ރިކޯޑިންގައި ހިބާތުﷲ ވަނީ އަފްގާނިސްތާނު އަލުން ބިނާކުރުމުގެ "ބޮޑު އިމްތިހާނާ" ކުރިމަތިލަމުންދާ އޮފިޝަލުންނަށް ކާމިޔާބު ލިބުނަށް އެދި ވެސް ދުއާކޮށްފަ އެވެ.

ހިބާތުﷲ ޒިޔާރަތް ކުރި މަދަރުސާ ކައިރީގައި ސެކިއުރިޓީ އޮތީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އޭނާ އެ ތަނުގައި އުޅޭ މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް އާއްމުވެފައެއް ނުވެ އެވެ.

ތާލިބާނުން ހިބާތުﷲ އަށް މުހާތަބު ކުރަނީ "އަމީރުލް މުއުމިނީން" ގެ ގޮތުގަ އެވެ. އެއީ ތާލިބާނުން އުފެއްދި މުއްލާ އުމަރަށް ވެސް އެ މީހުން މުހާތަބު ކުރި ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox