އާ ވަޒީފާތަކަށް ބޮޑު ބަޖެޓެއް، ގިނައީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން

ދަރުމަވަންތަ ހޮސްޕިޓަލް: އަންނަ އަހަރު އެންމެ ގިނަ މުވައްޒަފުން ނެގުމަށް ހުށަހަޅާފައި ވަނީ ސިއްހީ ދާއިރާއަށް.  --  ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދަރުމަވަންތަ ހޮސްޕިޓަލް: އަންނަ އަހަރު އެންމެ ގިނަ މުވައްޒަފުން ނެގުމަށް ހުށަހަޅާފައި ވަނީ ސިއްހީ ދާއިރާއަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސަރުކާރުގެ ބައެއް ދާއިރާތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށާއި ހިދުމަތްތައް ހަރުދަނާކުރަން ބޭނުންވާ ވަޒީފާ އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 622.6 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާ ގޮތުގައި އޮފީސްތަކުން މިހާރު ހުސްވެފައި ހުރި މަގާމުތަކާއި އަލަށް އުފައްދާ މަގާމުތަކާއެކު ޖުމުލަ 3،244 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ހިމަނާފައިވެ އެވެ. އެއީ 622.6 މިލިއަން ރުފިޔާ އެވެ.

އިތުރު މުވައްޒަފުން ނަގަން އެންމެ ބޮޑު ހޭދަ ސިއްހީ ދާއިރާ އަށް

ފިނޭންސުން މަޖިލިހަށް ހުށަހެޅި ބަޖެޓުގައި އެއް ދާއިރާއަކުން އެންމެ ގިނަ މުވައްޒަފުން ނަގަން ބަޖެޓްގައި ހިމަނާފައި ވަނީ ސިއްހީ ދާއިރާ އަށެވެ.

ހެލްތު މިނިސްޓްރީ އާއި ސަރުކާރުގެ ހޮސްޕިޓަލުތައް ހިމެނޭ ގޮތަށް ހުއްދަ ދީފައިވާ އާ މަގާމުތަކާއި ހުސްވެފައިވާ ވަޒީފާތަކުގެ އަދަދު 700 އާ ގާތްކުރެ އެވެ. މި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށް 200 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ބަޖެޓުކޮށްފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ސްޕެޝަލިސްޓުންނަށް ބަޖެޓުކޮށްފައިވާ ހޮސްޕިޓާތަކުގެ ތެރޭގައި އައިޖީއެމްއެޗް އާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ހިމެނެ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހުސްވެފައި ހުރި މަގާމުތަކަށް މުވައްޒަފުން ނެގުން ވެސް ހިމެނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާއަކީ ސިއްހީ ދާއިރާ އެވެ. މި ދާއިރާގެ ކަންކަމަށް 4.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަ އެވެ. މި ބަޖެޓުގެ ތެރޭގައި ހޮސްޕިޓަލު އެޅުމުގެ މަޝްރޫއުތަކާއި ހޮސްޕިޓަލުތަކަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހޯދުން ހިމެނެ އެވެ.

މިގޮތުން ބަޖެޓުކުރެވިފައިވާ ހޮސްޕިޓަލުތަކުގެ ތެރޭގައި ޑޮއިޗް ބޭންކުގެ އެހީގައި އަޅާ ގދ. ގައްދޫ ހޮސްޕިޓަލާއި ކުވެއިތު ފަންޑުގެ އެހީގައި އަޅާ 11 ހޮސްޕިޓަލާއި އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އަޅާ ފަސް ހޮސްޕިޓަލު ހިމެނެ އެވެ.

މި މަޝްރޫއުތަކުގެ އިތުރުން ސަރުކާރުން އަލަށް ފަށާ ޕްރޮގްރާމުތަކުގެ ތެރެއިން އެކި ރަށްރަށުގައި ނަފްސާނީ ފަރުވާ ދިނުމަށް ވަސީލަތްތައް ތަރައްގީކުރުމަށާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ޕްރޮގްރާމް ހަރުދަނާ ކުރަން ބޭނުންވާ ފައިސާ ވަނީ ބަޖެޓުގަ ހިމަނާފަ އެވެ.

ތައުލީމީ ދާއިރާއިން 600 އަށް ވުރެ ގިނަ ވަޒީފާ

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ޓީޗަރުންނާއި ސްކޫލްތަކަށް ބޭނުންވާ އެހެން މުވައްޒަފުންގެ އަދަދަކީ 606 އެވެ.

ތައުލީމު ދާއިރާއިން ބަޖެޓުކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ގިނައި އަލަށް އުފައްދާ ވަޒީފާތަކެވެ. މި ދާއިރާއަށް މުވައްޒަފުން ހޯދަން ބަޖެޓުކުރެވިފައިވާ 102.1 މިލިއަން ރުފިޔާގެ ތެރެއިން 90 ޕަސެންޓު ހަރަދުވާނެ ކަމަށް ލަފާކުރެވެނީ އަލަށް އުފެދޭ ވަޒީފާތަކަށެވެ.

ތައުލީމު ދާއިރާއަކީ ސަރުކާރުން ތިންވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަން ބަޖެޓުކޮށްފައިވާ ދާއިރާ އެވެ. މި ދާއިރާގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސްކޫލްތައް އެޅުމާއި މަތީ ތައުލީމު ލޯނާއި ޔުނިވާސިޓީތަކަށް ދޫކުރާ ފައިސާ ހިމެނެ އެވެ.

ފިނޭންސުން ފާހަގަކުރި ގޮތުގައި ތައުލީމަށް ކުރާ ހަރަދުގެ ބޮޑު ބަޔެއް ހިއްސާ ކުރަނީ އަތޮޅުތެރޭގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރުމަށް ހިންގާ މަޝްރޫއުތަކަށާއި ޕްރައިމަރީ އަދި ސާނަވީ ތައުލީމު ސްކޫލްތައް އަޅަން ހިނގާ ހަރަދާއި އިންސާނީ ވަސީލަތަށް ކުރާ ހަރަދެވެެ.

ތައުލީމު ދާއިރާއިން އަލަށް ފަށާ ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ހަތަރު ސްކޫލާއީ ސީއެޗްއެސްސީ އިމާރާތާއި، ރަށްރަށުގެ ސްކޫލްތަކުގައި ކްލާސްރޫމާއި ލެބޯޓްރީ އާއި މަލްޓި ޕާޕަސް ހޯލް އެޅުން ފާހަގަކުރެވެ އެވެ. ބަޖެޓުން ދައްކާ ގޮތުގައި އަލަށް ފަށާ މަޝްރޫއުތަކާއި ބީލަން ހުޅުވާލާ މަޝްރޫއުތަކުގެ އަދަދު 150 އާ ގާތްކުރެ އެވެ.

ފުލުހުންނާއި، ސިފައިންނާއި، އިމިގްރޭޝަނަށް ވެސް މުވައްޒަފުން ނަގަން ބަޖެޓު

ބަޖެޓުގައި އިތުރު މުވައްޒަފުން ނަގަން ހުއްދަ ދިން ތަންފީޒީ އިދާރާތަކުގެ ތެރެއިން ބޮޑު ބަޔެއް ކަނޑައެޅީ ފުލުހުންނަށެވެ.

އެގޮތުން އިތުރު 235 ފުލުހުންނާއި އިދާރީ މުވައްޒަފުން ނަގަން 34.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. އޭގެ އިތުރުން މުވައްޒަފުންގެ ދަތިކަން ދިމާވެފައިވާ އިމިގްރޭޝަނަށް ބޭނުންވާ 54 މުވައްޒަފުންނަށް ހިނގާނެ ހަރަދާއި އެމްއެންޑީއެފްއިން ހުސްވެފައި ހުރި 103 މަގާމަށް މުވައްޒަފުންނަށް ހިނގާނެ ހަރަދު ވަނީ ހިމަނާފަ އެވެ.

މި އިދާރާތަކުގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަނުން ވަނީ މުވައްޒަފުންގެ ދަތިކަމާ ހެދި ބައެއް ހިދުމަތްތައް ދޭން ދަތިވާ މައްސަލައިގެ ކަންބޮޑުވުން މަޖިލިހުގެ ކޮމިޓީ ބައްދަލުވުންތަކާއި ކަމާގުޅޭ އެހެން ބައްދަލުވުންތަކުގައި ތަކުރާރުކޮށް ހިއްސާކޮށްފަ އެވެ.

ފިނޭންސުން ހުށަހެޅި ބަޖެޓަށް ބަލާއިރު ފުލުހުންނާއި ސިފައިންނަށް ކުރާ ހަރަދު ކުރީ އަހަރަށް ވުރެ ބޮޑެވެ. އަދި ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާ މި ދެ އިދާރާއަށް އެކަނި ހަރަދުކުރަން ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ހިނގަނީ ފުލުހުންނަށެވެ.

ދައުލަތުގެ އެންމެ ބޮޑު ހޭދައެއް މުވައްޒަފުންގެ ހަރަދުތަކަށް

ދައުލަތުގެ ބަޖެޓުން އަބަދުވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުން 9.7 ބިލިއަން ރުފިޔާ މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ ޖުމްލަ ހަރަދުގެ 26.4 ޕަސެންޓެވެ.

މި އަދަދުގެ ތެރެއިން މުސާރަ އާއި އުޖޫރައިގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރަނީ 5.4 މިލިއަން ރުފިޔާ އެވެ. އަދި އެލަވަންސްތަކަށް އިތުރު 4.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ މި އަހަރު މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް 8.6 ބިލިއަން ރުފިޔާއަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ.

މުވައްޒަފުންގެ އުޖޫރައަށް ކުރާ ހަރަދުތައް ކޮންމެ އަހަރަކު އިތުރުވަމުން ދިޔަ ނަމަވެސް، އަންނަ އަހަރު މިވަރުގެ އިތުރުވުމެއް އަންނަނީ މިނިމަމް ވޭޖާއި ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރަން ނިންމާފައިވާތީ އެވެ.

titledesc

މިގޮތުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ލަފާދީފައިވާ 7،000ރ. އުޖޫރައިގެ ގޮތުގައި ދޭން ސީދާ ގޮތެއްގައި ހަރަދުވާނެ ކަމަށް ބެލެވެނީ 162.6 މިލިއަން ރުފިޔާ އެވެ. މި މަސައްކަތާއި މުސާރައިގެ ހަމަހަމަކަން ގެނައުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox