ކޮޕް26 އަކީ ކޮބާ؟

ކޮޕް26 ސަމިޓުގެ ދިދަ.

ކޮޕް26 ސަމިޓުގެ ދިދަ.

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފަށައިފަ އެވެ. މި ސަމިޓު އޮންނާނީ އޮކްޓޯބަރު 31 އިން ފެށިގެން ނޮވެމްބަރު 12 ގެ ނިޔަލަށެވެ.

ދުނިޔޭގެ ގައުމުތަކުން އދ. ގެ މި ކޮންފެރެންސަށް ޖަމާވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރަމުންދާ މޫސުމީ ބަދަލުގެ އަސަރު ކުޑަ ކުރަން ކުރާނެ ކަންކަމާ މެދު ގޮތް ނިންމައި، އެއްބަސްވުމަކަށް އައުމަށެވެ.

ކޮޕް26 އަކީ ކޮބާ؟

މޫސުމީ ބަދަލާ ގުޅިގެން ދިމާވެފައިވާ ކުއްލި ހާލަތާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅަން ފާއިތުވި 30 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ދުނިޔޭގެ ވެރިން ދަނީ ބައްދަލު ކުރަމުންނެވެ.

Advertisement

ނަވާރަ ސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު އެކުލަވާލި އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ދަށުން ހުރިހާ ގައުމަކުން ވެސް "ނުރައްކާތެރި މޫސުމީ ބަދަލާ" ދެކޮޅަށް މަސައްކަތްކޮށް، ދުނިޔޭގެ އެޓްމޮސްފިއާ އަށް ބޭރު ކުރާ ގްރީންހައުސް ގޭސް މަދު ކުރަން ކުރެވޭނެ ކަންކަން ހޯދަން ޖެހެ އެވެ.

ޔޫއެންއެފްސީސީސީ ގެ ދަށުން އެކުލަވާލި "ކޮޕް" ގެ މާނައަކީ "ކޮންފެރެންސް އޮފް ޕާޓީޒް" އެވެ. ކޮންމެ އަހަރަކު ވެސް ކޮޕްގެ ބައްދަލުވުމެއް ބާއްވާ އިރު، މި އަހަރު އޮންނަނީ 26 ވަނަ ބައްދަލުވުމެވެ. އެހެންކަމުން މި އަހަރުގެ ސަމިޓުގެ ނަމަކީ ކޮޕް26 އެވެ.

އެކި އަހަރު މި ސަމިޓު އޮންނަނީ އެކި ގައުމުތަކުގަ އެވެ. މި ފަހަރު ސްކޮޓްލޭންޑުގެ ގްލާސްގޯގައި އޮންނައިރު، މީގެ ކުރިން ވަނީ ޕެރިސް އަދި ކޯޕެންހޭގަން ފަދަ ތަންތަނުގައި ބާއްވާފަ އެވެ. މި އަހަރުގެ ސަމިޓު ހޯސްޓު ކުރަނީ އިނގިރޭސިވިލާތާއި އިޓަލީ ގުޅިގެންނެވެ.

ކޮޕް26 އޮންނާނީ ކޮން އިރަކު؟

މި އަހަރު ބާއްވާ 26 ވަނަ ބައްދަލުވުން ފަށަން ތައްޔާރުވެފައި ވަނީ އެއް އަހަރު ލަހުންނެވެ. އެއީ ކޮވިޑު ބަލިމަޑުކަމާ ހެދި އެވެ.

ކޮންފެރެންސް ރަސްމީކޮށް ފަށާނީ އޮކްޓޯބަރު 31 ގަ އެވެ. ސަމިޓު ފަށައިގަންނަ އިރު 120 ލީޑަރުން އެއްވާނެ އެވެ. އެއަށްފަހު ވެރިން ދާނީ އެނބުރި ގައުމަށެވެ. ބޮޑެތި މަޝްވަރާތައް ކުރާނީ ވެރިންގެ މަންދޫބުންނެވެ. އެކަމުގައި ގިނައިން އެންވާރަމަންޓް މިނިސްޓަރުންނާއި އިސް އޮފިޝަލުންނެވެ. 25،000 މީހުން ކޮންފެރެންސްގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

މަޝްވަރާ ނިންމަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 12 ވާ ހުކުރު ދުވަހު އިރުއޮއްސި 06:00 ގަ އެވެ. ނަމަވެސް މީގެ ކުރިން ކޮޕް ސަމިޓުތައް ގޮސްފައިވާ ގޮތަށް ބަލާއިރު، މަޝްވަރާތައް އިތުރު ދެ ދުވަހަށް ދެމިގެން ދިޔުން އެކަށީގެންވެ އެވެ.

ކޮޕް26 ގެ އަމާޒުތަކަކީ ކޮބާ؟

މި ފަހަރުގެ ސަމިޓުގައި އޮތީ ހަތަރު އަމާޒެކެވެ.

އެއީ 2050 ގެ ކުރިން މުޅި ދުނިޔެ އިން ކާބަން ނެޓް ޒީރޯ ހާސިލްކުރެވޭނެ ގޮތްތައް ބެލުމާއި، ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ ތިރީގައި ބެހެއްޓޭނެ ގޮތްތައް ބެލުމެވެ. އަދި މުޖުތަމައު އާއި މާހައުލު ރައްކާތެރި ކުރަން އެޑެޕްޓުވުމެވެ.

މުއްސަނދި ގައުމުތަކުން 2020 ގެ ކުރިން އަހަރަކު 100 ބިލިއަން ޑޮލަރު ކްލައިމެޓް ފައިނެންސީން އަށް ދޭން ވެފައިވާ ވައުދު ފުއްދަން ބާރު އެޅުމެވެ. އަދި ގައުމުތައް އެކުގައި މަސައްކަތްކޮށް ޕެރިސް އެގްރީމެންޓު ތަންފީޒު ކުރާނެ އުސޫލު ނިންމައި އަދި މޫސުމީ ބަދަލު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ނިންމުމެވެ.

ޕެރިސް އެގްރީމެންޓަކީ ކޮބާ؟

ހުރިހާ ގައުމަކުން ވެސް އެއްބަސްވަނީ އެކުގައި މަސައްކަތްކޮށްގެން މޫސުމީ ބަދަލު ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. ޕެރިސްގައި 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބަސްވީ 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ފިނިހޫނުމިން ދެމެހެއްޓުމަށެވެ.

އެކަން ހާސިލްކުރަން ކުރާނެ ކަންކަން ކޮންމެ ފަސް އަހަރަކުން ހުށަހަޅަން ޖެހެނީ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ގެ ނަމުގައި ވަކިވަކި ގައުމުތަކުންނެވެ. ނަމަވެސް މި ފަހަރުގެ ކޮޕް ސަމިޓާ ދިމާކޮށް ބައެއް ގައުމުތަކުން އެންޑީސީ އަދިވެސް ހުށަހަޅާފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޗައިނާ އަދި އިންޑިއާ ހިމެނެ އެވެ.

މިހާރު ގައުމުތަކުން ހުށަހަޅާފައި ހުރި އެންޑީސީތަކަށް ބަލާއިރު، ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. އެހެންކަމުން ކޮޕް26 އަށް ދާއިރު، ޕެރިސް އެގްރީމެންޓުގެ ދަށުން އެންމެ ފުރަތަމަ ހުށަހެޅި އެންޑީސީތައް މުރާޖައާ ކުރުން މުހިއްމެވެ.

ކޮޕް26 ކާމިޔާބުވާނެތަ؟

ބައެއް ބޮޑެތި ގައުމުތަކުން މިހާރު ވެސް ބުނެފައި ވަނީ ބޭނުންވާ ކަންކަން މި ސަމިޓުން ހާސިލް ނުވާނެ ކަމަށެވެ. ބައެއް ގައުމުތަކުން އާ އެންޑީސީތައް ހުށަހަޅާފައި ނުވުމަކީ އޭގެ ނިޝާނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox