ކޮޕް26 ފެށުމުގެ ކުރިން ގްލާސްގޯގައި ތިމާވެށި އެކްޓިވިސްޓުންގެ ހަރަކާތްތަކެއް

ތިމާވެށި އެކްޓިވިސްޓް ގްރެޓާ ތަންބާގް. އޭނާ ވެސް އެއްވުމުގައި ބައިވެރިވި.

ތިމާވެށި އެކްޓިވިސްޓް ގްރެޓާ ތަންބާގް. އޭނާ ވެސް އެއްވުމުގައި ބައިވެރިވި.

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 ފެށުމުގެ ކުރިން އެތައް ސަތޭކަ ތިމާވެށި އެކްޓިވިސްޓުން ސްކޮޓްލޭންޑުގެ ގްލާސްގޯގައި އެއްވެ، މޫސުމީ ބަދަލާ ގުޅޭ ފިޔަވަޅު އެޅުމަށް ލީޑަރުންނަށް ގޮވާލައިފި އެވެ.

އެއްވުމުގައި ސްވިޑަންގެ މަޝްހޫރު އެކްޓިވިސްޓް ގްރެޓާ ތަންބާގް ވެސް ބައިވެރިވި އެވެ. ލަންޑަނުން ގްލާސްގޯ އަށް އޭނާ ދަތުރު ކުރީ ރޭލުގަ އެވެ. އެއަށްފަހު އެއްވުން އޮތް ތަނަށް ގޮސްފައި ވަނީ ގިނަ އަދަދެއްގެ ފުލުހުންގެ އެހީއާ އެކު އެވެ.

"އެންމެ ފަހުން ކޮޕް26 އަށް ގްލާސްގޯ އަށް އާދެވިއްޖެ. އަޅުގަނޑަށް ކީ ހޫނު މަރުހަބާ އަށް ޝުކުރިއްޔާ،" 18 އަހަރުގެ ތަންބާގް ކުރި ޓްވީޓެއްގައި ބުންޏެވެ.

ގްލާސްގޯގެ އެއްވުމުގައި ބައިވެރިވުމުގެ ކުރިން އޭނާ ވަނީ ހުކުރު ދުވަހު ލަންޑަންގައި އޮތް އެއްވުމެއްގައި ވެސް ބައިވެރިވެފަ އެވެ. އެ އެއްވުމަކީ ބޭންކުތަކުން ދުނިޔެ އާއި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުންދާ ކަމަށް ބުނެ ބޭއްވި އެއްވުމެކެވެ.

ކޮޕް26 އާ ދިމާކޮށް ދުނިޔޭގެ އެތަން މިތަނުން ގިނަ އަދަދެއްގެ ތިމާވެށި އެކްޓިވިސްޓުން ވަނީ ގްލާސްގޯ އަށް ޖަމާވެފަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ ހުކުރު ދުވަހު އޮންނަ އެއްވުމެއްގައި 100،000 އަށް ވުރެ ގިނަ އެކްޓިވިސްޓުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

އާދީއްތަ ދުވަހުން ފެށިގެން ނޮވެމްބަރު 12 ގެ ނިޔަލަށް އޮންނަ އދ. ގެ ތިމާވެށި ކޮންފެރެންސަށް އެކްޓިވިސްޓުން ޖަމާވަމުން ދަނީ އެ މީހުންގެ ކަންބޮޑުވުންތަކުގެ އަޑު އުފުލުމަށެވެ. ކޮޕް26 ފެށުމުގެ ކުރިން ގްލާސްގޯގެ މަގުތަކުގައި ބޮޑު ހިނގާލުމެއް ވެސް ވަނީ ބާއްވާފަ އެވެ.

އެއްވުންތަކުގައި އިސްކޮށް އުޅެނީ "އެކްސްޓިންކްޝަން ރެބެލިއަން" ގްރޫޕެވެ. އެ ގްރޫޕަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މުޒާހަރާކޮށް، ސަރުކާރުގެ މަސައްކަތްތައް ހުއްޓުވާފައިވާ ބައެކެވެ. އެ މީހުން ވަނީ ގްލާސްގޯގައި ވެސް އެގޮތަށް އަމަލު ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"އަޅުގަނޑުމެން މަޑުކޮށްގެން މި ތިބީ އަޅުގަނޑުމެންގެ ލީޑަރުން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާތޯ،" ބެލްޖިއަމްގެ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

"އަޅުގަނޑުމެންގެ ދަރިންނާއި ކާފަ ދަރިން ދިރިއުޅެމުން އެ ދަނީ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން."

"ގްރޭންޑްޕޭރެންޓްސް ފޯ ދަ ކްލައިމެޓް" ނަމުގައި ހިންގާ ގްރޫޕަށް ނިސްބަތްވާ އެ މީހާ އާއި އެ ގްރޫޕުގެ އިތުރު މެމްބަރުންތައް ބެލްޖިއަމް އިން އެޑިންބަރާ އަށް ދަތުރު ފެށީ ރޭލުގަ އެވެ. އޭގެ ފަހުން ގްލާސްގޯ އަށް ދިޔެއީ 47 މޭލު ހިނގާފަ އެވެ.

"ގަރާރުތައް އިއްވުމާއި ފިޔަވަޅު އެޅުމާ ދެމެދު އަދިވެސް ވަރަށް ބޮޑު ފަރަގެއް އެބަ އޮތް،" ފަސް ދަރިންނާއި 12 ކާފަ ދަރިން ތިބި އުމުރުން 68 އަހަރުގެ އެ މީހާ ބުންޏެވެ.

ކޮޕް26 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ހިމެނިވަޑައިގަންނަވާ ގޮތަށް 100 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެ އެވެ. މި ސަމިޓަކީ މޫސުމީ ބަދަލު ކުޑަ ކުރަން ގައުމުތަކުން އަޅާނެ ފިޔަވަޅުތަކާ މެދު ގޮތް ނިންމުމަށް މުހިއްމު ބައްދަލުވުމެކެވެ.

ފުލުހުން ބުނީ ސަމިޓާ ދިމާކޮށް ކޮންމެ ދުވަހަކު ވެސް 10،000 އޮފިސަރުން ސެކިއުރިޓީ ބެލެހެއްޓުމުގައި އުޅޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox