ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އަށް ހަމަނޭވައެއް

Oct 30, 2021, 7:06 PM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ މެޗަށް ފަހު.

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ މެޗަށް ފަހު.

ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް 3-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އޮތް ޕްރެޝަރަށް ލުޔެއް ލިބިއްޖެ އެވެ.

މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ލަދުވެދި ގޮތަކަށް ވާދަވެރި ލިވަޕޫލް އަތުން 5-0 އިން ބަލިވުމުން ސޯލްޝެއާ ވަކިކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ޔުނައޮޓެޑުން ނިންމީ ސޯލްޝެއާ އަށް އިތުރު ފުރުސަތެއް ދޭށެެވެ. އެކަމަކު، މިރޭގެ މެޗުން ޓޮޓެންހަމް އަތުން ޔުނައިޓެޑް ބަލިވެއްޖެނަމަ ސޯލްޝެއާ އަށް ޔުނައިޓެޑްގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް މީޑިއާތަކުން އޮތީ ރިޕޯޓްކޮށްފަ އެވެ. އެ ފަދަ ނުތަނަވަސްކަމެއްގެ ތެރޭގައި ނުކުމެ، ޓޮޓެންހަމް ދަނޑުގައި ޔުނައިޓެޑުން މި ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.

މިރޭގެ މެޗުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އެ ޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ޔުނައިޓެޑަށް ލީޑުނަގައިދިނީ މެޗުގެ 39 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުންނެވެ. ބްރޫނޯ ފެނާންޑޭސް މަތިން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ރޮނާލްޑޯ ވަނީ ވޮލީއަކުން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ.

Advertisement

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރޮނާލްޑޯ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެ ގޮތަށް ނިންމީ ވީއޭއާރް އިން ބަލައި ޔަގީންކުރުމަށް ފަހު އެވެ. ލީޑުފުޅާކުރަން ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. ޓޮޓެންހަމްގެ އޮލިވާ ސްކިޕް އަތުން ހާފުގެ މެދުތެރެއިން ގެއްލުނު ބޯޅައެއް ހޯދައި ފެނާންޑޭސް ދިނީ ރޮނާލްޑޯ އަށެވެ. ރޮނާލްޑޯ ހުސްކޮށްލުމަށް ފަހު އޭރިއާތެރެއިން އެޑިންސަން ކަވާނީ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އަނިޔާ އަށް ފަހު އެނބުރި އައި ރަފައެލް ވަރާންގެ އިތުރުން ހެރީ މެގުއާ އަދި ވިކްޓަ ލިންޑެލޯފް އެކުގައި ޔުނައިޓެޑްގެ ޑިފެންސްގައި ކުޅުނު މި މެޗުގައި ޓޮޓެންހަމް އަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައިނުލެވުނެވެ.

ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން އުފެއްދި އެޓޭކެއްގަ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ނަމަންޏާ މަޓިޗް ދިން ބޯޅަ މާކަސް ރެޝްފޯޑް ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް އޮތީ ކުޅުނު 10 މެޗުން 17 ޕޮއިންޓް ހޯދައި ލީގުގެ ފަސް ވަނައިގަ އެވެ. ޓޮޓެންހަމަށް 10 މެޗުން 15 ޕޮއިިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ އަށް ވަނައިގަ އެވެ.

ފަަހަކަށް އައިސް ޓޮޓެންހަމްގެ ރެކޯޑް ދަށްވެފައިވާއިރު، މި ސީޒަނުގައި މިހާތަނަށް ފަސް މެޗުން މި ވަނީ ބަލިވެފަ އެވެ. މިއީ މިދިޔަ 13 އަހަރު ތެރޭ ޓޮޓެންހަމްގެ ލީގު ފޯމަށް ބަލާއިރު އެންމެ ދަށް ރެކޯޑެވެ. މިރޭގެ މެޗަށް ފަހު ޓޮޓެންހަމްގެ ސަޕޯޓަރުން ވަނީ ދަނޑުގައި ތިބެ، އެ ޓީމުގެ ޗެއާމަން ޑެނިއަލް ލިވީގެ އިސްތިއުފާ އަށް ގޮވައި އަޑުއުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox