ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހު ތަންފީޒުކުރުމާ ގާތަށް

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ. ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހަށް އަމަލުކުރަން ސަރުކާރުން ދަނީ ތައްޔާރުވަމުން. މިއީ ދެ އަހަރު ދުވަސް ވަންދެން ނުނިމިފައި އޮތް އިސްލާހެއް. -ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ. ކަނޑުދަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހަށް އަމަލުކުރަން ސަރުކާރުން ދަނީ ތައްޔާރުވަމުން. މިއީ ދެ އަހަރު ދުވަސް ވަންދެން ނުނިމިފައި އޮތް އިސްލާހެއް. -ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކަނޑުދަތުރުފަތުރުކުރާއިރު ލައިފްޖެކެޓް އެޅުން ލާޒިމުކުރާ އިސްލާހު ހިމެނޭހެން، ޓްރާންސްޕޯޓް މިނިސްޓްރީގެ ސަލާމަތީ ގަވާއިދަށް ގެންނަ އިސްލާހުތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާލިބި، އެ އިސްލާހުތައް ގެޒެޓްކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެ އިސްލާހުތަކަށް އެޓާނީ ޖެނެރަލްގެ ފަރާތުން ލަފާ ލިބިފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި ހުރިހާ ކަމަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ގާނޫނީ ލަފާ އަރުވައި އެކަންކަން އިސްލާހުތަކުގެ ގޮތުގައި ހިމެނުމަށް ވަނީ ހުއްދަ ލިބިފަ އެވެ.

އޭގެ ތެރޭގައި ކަނޑުދަތުރުފަތުރުކުރާއިރު، މޫސުން އަދި ހާލަތަށް ރިއާޔަތްކޮށް އުޅަނދުގެ ފަޅުވެރިންނާއި ދަތުރުވެރިން ލައިފްޖެކެޓް އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ މައްޗަށް ލާޒިމުވާ އިސްލާހު ވެސް ހިމެނެ އެވެ.

އެ އިސްލާހުތައް ގެޒެޓްކޮށް އަމަލުކުރަން ފެށުމުން، މޫސުން ގޯސް ދުވަސް ދުވަހު ލައިފްޖެކެޓް ނާޅުވައި ދަތުރުކުރާނަމަ، އުޅަނދުގެ ކެޕްޓަން އެކަމަށް ޒިންމާކުރުވައި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އެވެ.

އެ އިސްލާހުތައް ރައީސް އޮފީހުގެ ފަރާތުން މިއަދުގެ ވަގުތެއްގައި ނުވަތަ މާދަމާ ގެޒެޓްކުރާނޭކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެ އިސްލާހުތަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފަޔަކަށް އެދިފައިވަނީ މިދިޔަ ހަފްތާ ތެރޭގަ އެވެ.

އިސްލާހުތައް ގެޒެޓްކުރުމާއެކު، ކަނޑުމަތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރުވެ، ހާދިސާތަކުގެ ނުރައްކާ ދަށްވެގެންދާނެކަމަށް ބެލެވެ އެވެ. މިފަހުން ހިނގައިދިޔަ ބައެއް ކަނޑުމަތީ ހާދިސާތަކުގައި ވެސް ސަލާމަތީ ގޮތުން އަޅަން ޖެހޭ އެންމެ އެދެވޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހާދިސާގެ ނުރައްކާ އިތުރުވެފައިވާކަން ވަނީ ފާހަގަވެފަ އެވެ.

ކަނޑުދަތުރުފަތުރުކުރުމުގައި ރައްކާތެރިކަމާ ގުޅުން ހުރި އެ އިސްލާހުތައް ގެނައުމުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ ކަމަށް ބުނެ، އެކަމާ ގުޅިގެން އެ މިނިސްޓްރީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ، މިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި، މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް ޖަހައި، މީހަކު މަރުވެ ތުއްތު ކުއްޖަކު ގެއްލުނު ހާދިސާއަށް ފަހު އެވެ.

އެ ހާދިސާއަށްފަހު ގަވާއިދަށް މީގެ ދެ އަހަރު ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ގެންނަން މަސައްކަތްފެށި އިސްލާހުތަކެއް އަދިވެސް ނުގެނެވިފައިވާކަމަށް ބުނެ އެކަމާ ގުޅިގެން އާއްމު ގިނަ ބަޔަކު ވަނީ އެ މިނިސްޓްރީއަށް ފާޑުކިޔައިފަ އެވެ.

އެ އިސްލާހުތައް އެންމެ ފުރަތަމަ ގެންނަން ވާހަކަދެކެވުނީ، 2019 ވަނަ އަހަރުގެ ފަޅުކޮޅު ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މަރުވި ހާދިސާއަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox