ހުކުރު ނަމާދަށް ހުރަސް އެޅި ހިންދޫ ބަޔަކު ހައްޔަރުކޮށްފި

ހުކުރު ނަމާދު ގަޑިއާ ދިމާކޮށް މިސްކިތް ކައިރިއަށް މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

ހުކުރު ނަމާދު ގަޑިއާ ދިމާކޮށް މިސްކިތް ކައިރިއަށް މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ

އިއްޔެގެ ހުކުރު ނަމާދަށް ހުރަސް އަޅަން މަސައްކަތް ކުރި ހިންދޫ ދީނުގެ ބަޔަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ހުކުރު ނަމާދު ގަޑިއާ ދިމާކޮށް ހިންދޫ ހަރުކަށި ފިކުރުގެ ގްރޫޕުތަކުން އެއްވުމުން، ގިނަ އަދަދެއްގެ ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ނުކުތެވެ.

އާއްމު ތަންތަނުގައި ހުކުރު ނަމާދު ކުރުން މަނާ ކުރުމަށް ގޮވާލައި ނިއު ދިއްލީ ކައިރީގައި އޮންނަ ގުރްގައޮން ސިޓީގެ ހިންދޫން ޕްރެޝަރު ކުރަމުންދާތާ ހަފުތާތަކެއް ވެއްޖެ އެވެ.

އިއްޔެ ހިނގި ކަންކަމުގެ ވީޑިއޯތަކުން ފެންނަނީ ގިނަ އަދަދެއްގެ ހިންދޫން އެއްވެ، މުސްލިމުން ނަމާދު ކުރުން ހުއްޓާލަން ޑިމާންޑު ކުރާ މަންޒަރެވެ.

ފުލުހުން ނުކުމެ އެ ތަނުން 30 މީހުން ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ސުލްހަ ގާއިމް ކުރުމަށާއި ދީނީ އަޅުކަމަށް ހުރަސް ނޭޅުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ނަމާދަށް ހުރަސް އަޅަން އައި މީހުން ހައްޔަރުކޮށްފައި،" މުސްލިމުންނަށް ފުރިހަމަ ރައްކާތެރިކަން ދޭނެ ކަމަށް ވައުދުވެ، ގުރްގައޮން ސަބް ޑިވިޝަނަލް މެޖިސްޓްރޭޓް އަނީތާ ޗައުދަރީ ވިދާޅުވި އެވެ.

ހިންދޫންނާއި މުސްލިމުންނާ މެދު މައްސަލަ ބޮޑުވާތީ މީގެ ކުރިން ބޭއްވި މަޝްވަރާތަކަށް ފަހު 37 އާއްމު ތަނެއްގައި ނަމާދު ކުރެވޭނެ ކަމަށް ކަނޑައަޅާފައި ވެ އެވެ.

ނަމާދު ކުރުން ހުއްދަ އާއްމު ތަންތަނުގައި ޖަމާއަތުގައި ނަމާދު ކުރިއަށްދާ ވަގުތުތަކުގައި ހިންދޫއިން ހުރަސް އަޅާތާ މިހާރު ތިން ހަފުތާ ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox