ބައިޑެން ކޮޕް26 އަށް ވަޑައިގެންނެވީ ހުސް އަތާ!

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 30) - އެމެރިކާގެ ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ އެޖެންޑާއާ މެދު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓު މެމްބަރުންނަށް އެއް ގަލަކަށް އާދެވިފައި ނުވާތީ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން، ކޮޕް26 އަށް ރައީސް ޖޯ ބައިޑެން ހުސް އަތާ ވަޑައިގެންފި އެވެ.

ބައިޑެން މަސައްކަތް ކުރެއްވީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ގައި އެމެރިކާ އަކީ ކާބަން މަދު ކުރުމުގައި ދުނިޔޭގެ ލީޑަރުގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި ހިމެނޭ އިޖުތިމާއީ އިސްލާހުތަކާ އެކު އޮތް މޫސުމީ ބަދަލާ ގުޅޭ ސިޔާސަތު ކޮންގްރެސްގައި އަދިވެސް ފާހެއް ނުވެ އެވެ.

"ބިލްޑް ބެކް ބެޓާ ގާނޫނަކީ ރައީސް ޖޯ ބައިޑެންގެ މޫސުމީ ބަދަލާ ގުޅޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިއްމު އެއްޗެއް،" އިންޓަސެކްޓް ޕަވާގެ ވެރިޔާ ޝެލްޑަން ކިމްބާ ވިދާޅުވި އެވެ.

Advertisement

އިންޓަސެކްޓް ޕަވާ އާއި އެހެން ބައެއް ކުންފުނިތަކުގެ ވެރިން ހިމެނޭ ގްރޫޕަކުން އަންނަނީ މޫސުމީ ބަދަލާ ގުޅޭ ގޮތުން އަވަސް ފިޔަވަޅު އެޅުމަށް ޕާލިމެންޓު މެމްބަރުންނަށް ޕްރެޝަރު ކުރަމުންނެވެ.

"އެކަމަކު އެ ލަނޑުދަނޑިތަކަށް ވާސިލްވެވެނީ އެންމެން އެއް ނިޔަތެއްގައި މަސައްކަތްކޮށް، އިޖުތިމާއީ އެއްބަސްވުމަކަށް އައިސް، ސަރުކާރާއި ޕްރައިވެޓް ސެކްޓާ އިން ލީޑާޝިޕް ދައްކައިގެން. އަޅުގަނޑު އުއްމީދު ކުރަނީ އެ ގާނޫނު ފާސްކުރަން ކޮންގްރެސް އަށް ކެރޭނެ ކަމަށް."

ވައިޓް ހައުސް އިން ބުނެފައި ވަނީ މި ގަރުނުގެ ތެރޭގައި ކާބަން ބޭރު ކުރުން 50 ޕަސެންޓަށް މަދުކުރުމުގެ ލަނޑުދަނޑި އަށް ވާސިލްވުމާ ގާތްވަމުންދާ ކަމަށެވެ. އެކަމަކު އެކަން ހާސިލްވާނީ 1.75 ޓްރިލިއަން ޑޮލަރުގެ ބިލްޑް ބެކް ބެޓާ ބިލުގައި މޫސުމީ ބަދަލާ ގުޅޭ ހާއްސަ ކަންކަން ތަންފީޒުކޮށްގެންނެވެ.

ސިއްހީ ނިޒާމާއި، ކުޑަކުދިންނަށް އަޅާލުމާއި، ތައުލީމާއި، ސާފު ހަކަތަ ހިމެނޭ އިގްތިސާދީ އެޖެންޑާ އަށް ކަނޑައެޅި ފައިސާގެ ތިން ބައިކޮށްފައި އެއް ބައި ހާއްސަ ވަނީ ތިމާވެއްޓާއި މޫސުމީ ބަދަލާ ގުޅޭ ކަންކަމަށެވެ.

އެ އެޖެންޑާ އަށް ކޮންގްރެސްގެ ތާއީދު ހޯދުމަށް ބައިޑެން ކޮޕް26 އަށް ފުރާވަޑާއިގެންނެވުން މީގެ ކުރިން ފަސް ވެސް ކުރި އެވެ. ނަމަވެސް ސަމިޓު ފެށުމުގެ ކުރިން އެކަން ކުރެވޭނެހާ ވަގުތު ނެތް ކަމަށް އެނެލިސްޓުން ބުންޏެވެ.

ޑިމޮކްރެޓިކް ޕާޓީން އެ އެޖެންޑާއާ މެދު އެއްބަސްވުމަކަށް އައިސް ފާސްކުރި ނަމަ ބައިޑެން ކޮޕް26 އަށް ވަޑައިގަންނަވާނީ ކާބަން މަދުކުރުމުގެ މަސައްކަތަށް 500 ބިލިއަން ޑޮލަރު ހާއްސަ ކުރާނެ ކަމުގެ ވައުދާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox