ޕާކިސްތާނުގެ ކްރިކެޓް ޓީމަށް ސަޕޯޓު ކުރި އިންޑިއާގެ މުސްލިމުންތަކެއް ހައްޔަރުކޮށްފި

ޓީ20 ވޯލްޑު ކަޕުގައި ޕާކިސްތާނުން އިންޑިއާ ބަލިކުރީ 20 ވިކެޓުން. -- ފޮޓޯ: ބީބީސީ

ޓީ20 ވޯލްޑު ކަޕުގައި ޕާކިސްތާނުން އިންޑިއާ ބަލިކުރީ 20 ވިކެޓުން. -- ފޮޓޯ: ބީބީސީ

މިދިޔަ އާދީއްތަ ދުވަހު އޮތް ޓީ20 ވޯލްޑު ކަޕުގެ ކްރިކެޓު މެޗުން އިންޑިއާ ބަލިކޮށް ޕާކިސްތާން މޮޅުވުމުން ކަޝްމީރުގެ ތިން ދަރިވަރަކު އުތުރު އުއްތަރް ޕްރަދޭޝް ސްޓޭޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެޗު ކުރިއަށް ދިޔަ ވަގުތު ދަރިވަރުން ވަނީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލައި ޕާކިސްތާނަށް ތާއީދުކޮށްފައި ކަމަށެވެ. އެ މީހުންނަށް ތުހުމަތު ކުރަނީ ރުޅިވެރިކަން ފެތުރުމާއި ސައިބަ ޓެރަރިޒަމްގެ ކުށް ކުރި ކަމަށެވެ.

އާގްރާ ސިޓީން އެ ތިން ދަރިވަރުން ހައްޔަރު ކުރިއިރު، ޕާކިސްތާން ޓީމަށް ސަޕޯޓު ކުރާތީ ފަހަކަށް އައިސް މުސްލިމުން ހައްޔަރު ކުރުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ މެޗުގައި ޕާކިސްތާނުން އިންޑިއާ ބަލިކުރީ 10 ވިކެޓުންނެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އަބަދުވެސް ގޯހެވެ. ކްރިކެޓް މެޗެއް ދެ ގައުމުގެ މެދުގައި ކުޅޭ ކޮންމެ ފަހަރަކު ނުތަނަވަސްކަން ބޮޑުވެ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ މެޗުން ބަލިވުމާއެކު އިންޑިއާގެ ސަޕޯޓަރުން ކުޅިވަރުގެ ރޫހާ ހިލާފަށް، އެކި ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދިއްކުރި ކަމަށެވެ.

އެގޮތުން މެޗު ނިމުމުން ޓީމުގައި ހިމެނޭ ހަމައެކަނި މުސްލިމް ކުޅުންތެރިޔާ މުހައްމަދު ޝާމީ އަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރައި މަލާމާތްކޮށް ހެދި އެވެ.

އާގްރާ އިން ހައްޔަރު ކުރި ތިން ދަރިވަރުން ވަނީ ޕާކިސްތާނު ޓީމަށް ތައުރީފުކޮށް ވަޓްސްއެޕް ސްޓެޓަސް ލިޔެފަ އެވެ. އެހެންވެ، އެ މީހުންގެ ކޮލެޖުން ސަސްޕެންޝަނެއް ދިނެވެ.

ފުލުހުން ބުނީ އެ ދަރިވަރުން ހައްޔަރު ކުރީ ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) މެމްބަރުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

އެ މީހުންގެ އިތުރުން ވެސް ޕާކިސްތާނަށް ސަޕޯޓު ކުރި އެހެން މުސްލިމުންނާ މެދު އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ރާޖަސްތާން ސްޓޭޓުގައި ސްކޫލު ޓީޗަރަކު ވަޒީފާއިން ވަކިކުރި އެވެ. ޕްރެސް ޓްރަސް އޮފް އިންޑިއާ އިން ބުނީ މިދިޔަ ބުދަ ދުވަހު އެ މީހާ ވެސް ހައްޔަރު ކުރި ކަމަށެވެ.

އުތުރު ޕަންޖާބް ސްޓޭޓުގައި ކަޝްމީރުގެ ދަރިވަރުންނަށް ހަމަލާދީފައި ވެ އެވެ. އޭގެ އިތުރުން އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ވެސް ދަރިވަރުންނާ ދެކޮޅަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox