ކޮޕް26: އިންޑިއާގެ ވައުދަކީ މޫސުމީ ބަދަލާ ގުޅޭ އިންސާފު ހޯދުން

ޖައްވަށް ބޭރު ކުރާ ގޭސް މަދުކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލް އިންޑިއާ އިން އަދިވެސް ހުށަހަޅާފައެއް ނުވޭ. -- ފޮޓޯ: ރޮއިޓާޒް

ޖައްވަށް ބޭރު ކުރާ ގޭސް މަދުކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލް އިންޑިއާ އިން އަދިވެސް ހުށަހަޅާފައެއް ނުވޭ. -- ފޮޓޯ: ރޮއިޓާޒް

ނިއު ދިއްލީ، އިންޑިއާ (އޮކްޓޯބަރު 28) - އަންނަ ހަފުތާގައި ފަށާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު ކޮޕް26 ގައި އިންޑިއާ އިން ވަކާލާތު ކުރަނީ މޫސުމީ ބަދަލާ ގުޅޭ އިންސާފަށް ކަމަށް އެ ގައުމުން ބުނެފި އެވެ.

މޫސުމީ ބަދަލާ ގުޅޭ އިންސާފަކީ ފާއިތުވި ތަނުގައި ގިނަ އަދަދަކަށް ވިހަ ގޭސްތައް ޖައްވަށް ބޭރުކޮށް ދުނިޔެ ހޫނުވާން މަގުފަހިވާ ފަދަ އަމަލުތައް ހިންގި މުއްސަނދި ގައުމުތަކުން ބަދަލުގެ ގޮތުގައި ފަގީރު ގައުމުތަކަށް ފައިސާ ފޯރުކޮށްދިނުމެވެ.

އެކަން ހާސިލްކުރަން އާދީއްތަ ދުވަހު ފަށާ ކޮޕް26 ގައި އިންޑިއާ އިން މަސައްކަތް ކުރާނެކަން އިއުލާނު ކުރިއިރު، ޖައްވަށް ބޭރު ކުރާ ގޭސްތައް މަދު ކުރަން އަޅާނެ ފިޔަވަޅުތަކާ ބެހޭ ޕްލޭން އެ ގައުމުން އަދިވެސް ހުށަހަޅާފައެއް ނުވެ އެވެ.

އެންވާރަމަންޓް މިނިސްޓަރު ބުޕެންދެރް ޔާދަވް ވިދާޅުވީ "ރަނގަޅު ވަގުތާއި ރަނގަޅު ތަނުގައި" އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅަން އިންޑިއާ އިން ވިސްނާ ކަމަށެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ކޮޕް26 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު، އިންޑިއާ އިން ބުނީ ނެޓް ޒީރޯ ހާސިލްކުރާނެ ސުންގަޑި އަށް ވުރެ މުހިއްމީ ކާބަން ކޮންޓްރޯލް ކުރުން ކަމަށެވެ. ނެޓް ޒީރޯ އަކީ ޖައްވަށް ބޭރު ކުރާ ކާބަން އާއި ޖައްވުން ނައްތާލާ ކާބަން ބެލެންސް ކުރުމެވެ.

"މުހިއްމު ކަމަކީ ނެޓް ޒީރޯ ހާސިލް ކުރުމުގެ ކުރިން އެޓްމޮސްފިއާއަށް ދޫކުރަނީ ކިހާ އަދަދެއްގެ ކާބަންތޯ ބެލުމެއް ނޫން،" އެންވާރަމަންޓް މިނިސްޓްރީގެ އެންމެ އިސް ޕާމަނަންޓް އޮފިޝަލް އާރް.ޕީ ގުޕްތާ ވިދާޅުވި އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި އިންޑިއާގެ ކޮންމެ ރައްޔިތަކު އަހަރެއްގެ މައްޗަށް 1.9 ޓަނުގެ ކާބަން އުފައްދަ އެވެ. ޔޫރަޕިއަން ޔޫނިއަންގައި އެ އަދަދު އުޅެނީ 7.1 ޓަނުގަ އެވެ. ޗައިނާގައި 8.4 ޓަން އަދި އެމެރިކާގައި 18 ޓަން ކާބަން އަހަރެއްގެ މައްޗަށް ކޮންމެ ރައްޔިތަކު އުފައްދަ އެވެ.

މިނިސްޓަރު ޔާދަވް ވިދާޅުވީ ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރަން ހިންގާ ކެމްޕެއިން ވަރުގަދަ ކުރުމާއި އެ ކެމްޕެއިނަށް ފަންޑު ކުރުމަކީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި ފަށާ ކޮޕ26 ސަމިޓުގެ އެންމެ ބޮޑު އެއް މަގްސަދު ކަމަށެވެ.

"އިންޑިއާ އިން ނުކުންނާނީ ތަރައްގީވަމުންދާ ގައުމުތަކުގެ އަޑެއްގެ ގޮތުގައި. އިންޑިއާ ވާނީ މޫސުމީ ބަދަލާ ގުޅޭ އިންސާފަށް ވާސިލްވާން ހައްލު ހިފައިގެންދާ މަގަކަށް،" ކޮޕް26 ސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޔާދަވް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ ހަލުވިކަމާ އެކު ތަރައްގީވަމުންދާ އިންޑިއާ އިން އަބަދުވެސް ވަކާލާތު ކުރަނީ މީގެ ކުރިން ސިނާއީ މަސައްކަތްތަކުން މަންފާ ލިބިގަތް ޔޫރަޕާއި އުތުރު އެމެރިކާ އިން މޫސުމީ ބަދަލާ ގުޅޭ ބިލުގެ ބޮޑު ބައި ދައްކަން ޖެހޭނެ ކަމަށެވެ.

ޔާދަވް ވަނީ މުއްސަނދި ގައުމުތަކުން ފައިސާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވީ ވައުދު ނުފުއްދާ މައްސަލާގައި ފަގީރު ގައުމުތަކުން ކަންބޮޑުވާ ސަބަބު ސާފުވާ ކަމަށް ވިދާޅުވެފަ އެވެ. މުއްސަނދި ގައުމުތަކުން ކުރިން ބުނީ 2020 ވަނަ އަހަރާ ހަމައަށް ދާން ވާ އިރަށް އަހަރަކު އެއް ބިލިއަން ޑޮލަރު ދޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯލާ ހަކަތައިގެ ޕްރޮގްރާމް ހިންގާ އެއް ގައުމަކީ އިންޑިއާ އެވެ. އެމެރިކާގެ މޫސުމީ ކަންކަމާ ބެހޭ މަންދޫވު ޖޯން ކެރީ ވެސް ވަނީ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީގައި އިންޑިއާ އިން ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފަ އެވެ.

ނަމަވެސް އަދިވެސް އިންޑިއާގެ ކަރަންޓުގެ 70 ޕަސެންޓު އުފައްދަނީ ކޯލް އަންދައިގެންނެވެ. އެ ގައުމުގެ އެންމެ ޒަމާންވީ ކޯލް ހަކަތަ އުފައްދާ ސްޓޭޝަންތަކުގެ 14 ޕަސެންޓު ރޫޅާލުމަށް 40 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވެ އެވެ.

އެންވާރަމަންޓް މިނިސްޓްރީގެ އޮފިޝަލް ގުޕްތާ ވިދާޅުވީ ފަގީރު ގައުމުތަކަށް ފައިސާ ފޯރުކޮށްނުދޭ ނަމަ "އަމިއްލަ ހަރަދުގައި ސާފު ތަރައްގީ އަށް ބަދަލުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox