ހުވަދޫ އެއިޑުން ހޯނޑެއްދޫގައި 3.9 މިލިއަން ރުފިޔާގެ ނޭޗާ ޕާކެއް އަޅަނީ

ހޯނޑެއްދޫގައި ނޭޗާ ޕާކު ތަރައްގީކުރާ ސަރަހައްދު. --

ހޯނޑެއްދޫގައި ނޭޗާ ޕާކު ތަރައްގީކުރާ ސަރަހައްދު. --

ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް ތަރައްގީކުރަން ނިންމައި އެރަށު ކައުންސިލާއި ހުވަދޫ އެއިޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހޯނޑެއްދޫގައި ނޭޗާ ޕާކެއް އަޅަން ނިންމާފައި މިވަނީ އެރަށުގެ ހުޅަނގު އުތުރުން އޮންނަ ކުޅިތަކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އެތަނަކީ އިޖުތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ބޭނުންހިފޭނެ ތަނަކަށް ހެދުމުގެ މަގުސަދުގަ އެވެ.

ހޯނޑެއްދޫ ކައުންސިލުން ވަނީ ނޭޗް ޕާކް މެނޭޖްމެންޓް ޕްލޭނާއި އެއްގޮތަށް އެތަން ހިންގުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ "ހޯނޑެއްދޫ ނޭޗާ ޕާކް މެނޭޖްމެންޓް ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެކޮމިޓީގެ ލަފާއި އިރުޝާދުގެ ދަށުން ނޭޗާ ޕާކް ހިންގުމުގެ ހުރިހާކަމެއް ތަރުތީބުކޮށް ބަލަހައްޓަނީ ހުވަދޫ އެއިޑުންނެވެ.

ހުވަދޫ އެއިޑުން ބުނީ މިމަޝްރޫއުގެ ދަށުން، ކުޅީގެ ނެތެމުންދާ ގުދުރަތީ ރީތިކަން އާލާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތައުލީމީ ދިރާސާކުރުމާއި، ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ކުޅިތައް ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.

ތިން އަހަރުގެ މުއްދަތަށް ހިންގޭ މިމަޝްރޫއު ނިމޭއިރު 3.9 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ތިން އަހަރުން ޕާކު ތަރައްގީކުރުމުގެ މަޝްރޫއު ނިމުނު ނަމަވެސް އިތުރު ފަސް އަހަރަށް އެތަން ހިންގައި ބަލަހައްޓާނީ ހުވަދޫ އެއިޑުންނެވެ.

މިމަޝްރޫއަށް ހޯނޑެއްދޫ ކައުންސިލުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި ޕާކު ތަރައްގީކުރުމަށް ރާވާފައި ވަނީ އެކިފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ކަމަށް ހުވަދޫ އެއިޑުން ބުނެ އެވެ.

ހޯނޑެއްދޫ ނޭޗާ ޕާކު ތަރައްގީވެގެން އަންނަ އިރު ރަށު ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް 1،392 ފޫޓު ދިގުމިނުގެ ބޯޑްވޯކާއި 11 ވިޔުއިން ޕްލެޓްފޯމް ތަރައްގީކޮށް އެސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުވާލެވޭނެ އެވެ.

އޭގެ އިތުރުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނޭޗާ ޕާކް ސަރަހައްދު ބައްޓަންކޮށް އެ ސަރަހައްދުގައި ތިން އަދި ތިން ޕެޑަލް ބޯޓް ބާއްވަން ވަނީ އެއްބަސްވެފަ އެވެ.

އެ ސަރަހައްދުގައި މީޓިން އަދި ހަފުލާތައް ބޭއްވޭނެ ގޮތަށް ނޭޗާ ޕާކު ޓަވަރެއް ގާއިމުކުރެވިގެން ދާނެ އެވެ.

މަޝްރޫއު ހިންގާ ސަރަހައްދު އާރޯކޮށް، ގަސް މަރުވެފައިވަ ސަރަހައްދުގެ 90 އިންސައްތަ ފެހިކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ކުޅީގައި ހެދޭ އެކިވައްތަރުގެ ގަސް ހިމެނޭހެން 2000 ގަސް އިންދައި އެސަރަހައްދު ސާފުކޮށް ޗަކަ ނަގަންޖެހޭ ސަރަހައްދުތަކުގެ ޗަކަ ނަގާނެ އެވެ.

ކުޅިތަކުގެ މުހިންމުކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި، ކުޅިތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމުގެ ދާއިރާއިން ރަށުގެ މުއައްސަސާތަކާއި، މަދަނީ ޖަމްއިއްޔާތައް އަދި އާންމު ފަރުދުންނަށް އަމާޒުކޮށް ދެ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ހުވަދޫ އެއިޑުން ވަނީ ކުޅި ހިމާޔަތްކޮށް ބެލެހެއްޓުން ރަށު ތަރައްގީގެ ޕްލޭންގައި ހިމެނުމަށް އެކަމަށް ބޭނުންވާ ގަވާއިދުތައް ހަދައި ތަންފީޒުކުރުމަށް ކައުންސިލަށް އެހީތެރިވާން ނިންމާފަ އެވެ.

ރަށުގެ ކުޅިތަކާއި، ގޮނޑުދޮށް އަދި މޫދުގެ ރީތި ގުދުރަތީ މާހައުލު ހިމާޔަތްކުރުމަކީ ކައުންސިލްގެ ވައުދެކެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް، އެތަންތަން ތަރައްގީކޮށް އާއިލާތަކަށް ހިތްހަމަޖައްސާލަން ދެވޭ ހިތްފަސޭހަ މައިދާންތަކަށް ބަދަލުކުރުމަށް ކައުންސިލުން ވަނީ ވައުދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox