ކޯޓުގެ އެންގުމަށް ތަބާނުވެ ޠާޣޫތަށް ގޮވި މީހަކު ޖަލަށްލާން ހުކުމްކޮށްފި

ކުރިމިނަލް ކޯޓު ހިންގާ އިމާރާތް: ކޯޓުގެ ހުރުމަތް ކެނޑި މީހަކު 15 ދުވަހަށް ޖަލަށްލި --

ކުރިމިނަލް ކޯޓު ހިންގާ އިމާރާތް: ކޯޓުގެ ހުރުމަތް ކެނޑި މީހަކު 15 ދުވަހަށް ޖަލަށްލި --

ހުއްދަ ނެތި ކޯޓުން ބޭރަށް ދާން ތަކުރާރުކޮށް މަސައްކަތްކޮށް, ޠާޣޫތަށް ގޮވި އަންހެނަކު ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ޖުށުގައި 15 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރިމިނަލް ކޯޓުން މިއަދު މެންދުރުފަހު މި ހުކުމް އިއްވާފައިވަނީ މާރާމާރީގެ މައްސަލައެއްގައި އެ ކޯޓަށް ބަންދު ޖެހުމަށް ގެންދިޔަ އައިމިނަތު އަބްދުއްމަޖީދު ކިޔާ އުމުރުން 30 އަހަރުގެ އަންހެނެއްގެ މައްޗަށެވެ.

އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މީހަކާމެދު މާރާމާރީ ހިންގައި އެމީހާ ގައިގާ ދަތް އެޅި ކަމުގެ ތުހުމަތަށެވެ. ނަމަވެސް, އެ ތުހުމަތުތަކަށް އެ އަންހެން މީހާ އިންކާރު ކުރެ އެވެ. އަދި, ފުލުހުން ދައްކަނީ ޔޯލަ ވާހަކަތަކެއް ކަމާއި ކަން ހިނގާފައިވަނީ ޖަޒުބާތީ ކަމެއްގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް ކޯޓުގައި އެމީހާ މިއަދު ބުންޏެވެ.

Advertisement

އޭނާ އިތުރަށް ކޯޓުގައި ބުނި ގޮތުގައި އޭނާއަކީ ޑިޕްރެޝަން ހުންނަ މީހެކެވެ. އެކަމަށް ގަވައިދުން ބޭސް ކަމުން ދާއިރު, މާލޭގައި އުޅެމުންދަނީ ވެސް ދަތި ހާލަތުގައި ކަަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް, އޭނާގެ ސިއްހީ ހާލަތު ގޯސް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

އަންހެން މީހާ ބަންދު މަޖިލީހުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު, އޭނާ ވަނީ ކޯޓުގެ ގިނަ އެންގުންތަކަށް ތަބާނުވެ, އެ ކޯޓުން ނުކުންނަން ތަކުރާރުކޮށް މަސައްކަތް ކޮށްފަ އެވެ. އަދި, ކުރިމިނަލް ކޯޓުން ބުނި ގޮތުގައި އެކި އެއްޗެހި ގޮވައި ޝަރީއަތުގެ މަޖިލީހުން ބޭރަށް ދާން އުޅެ ޠާޣޫތަށް އޭނާ ވަނީ ގޮވާފަ އެވެ.

ޠާޣޫތުގެ ލަފުޒީ މާނައަކީ ހައްދުފަހަނައަޅައިދިޔުމެވެ. މި ބަސް ބޭނުންކޮށް އުޅެނީ ބޮޑެތި ކާފަރުންނަށެވެ. އެގޮތުން ޠާޣޫތުންގެ އެންމެ އިސް މީހަކީ ޝައިތާނާ ކަމަށް ބުނެވެ އެވެ.

އެހެންވެ, ބަންދު މަޖިލީހުގައި އިންނެވި އެ ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވީ ޠާޣޫތަށް ގޮވައި އަންހެން މީހާ ކުރި އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ. އެހެންވެ, އޭގެ އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ގާޒީ މިސްބާހު އިއްވެވީ އެވެ.

ކޯޓު ހުރުމަތް ކަނޑައަޅައިފިނަމަ, އެމީހަކަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox