އިންޑިއާގެ މަޖިލިސް މެމްބަރުންނަށް ޖާސޫސްކުރި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފި

އިންޑިއާ ސަރުކާރުން ޖާސޫސް ކުރަން ބޭނުން ކުރީ އިޒްރޭލުގައި އުފެއްދި ޕެގަސޫސް ސޮފްޓްވެއާ.

އިންޑިއާ ސަރުކާރުން ޖާސޫސް ކުރަން ބޭނުން ކުރީ އިޒްރޭލުގައި އުފެއްދި ޕެގަސޫސް ސޮފްޓްވެއާ.

ނިއު ދިއްލީ، އިންޑިއާ (އޮކްޓޯބަރު 27) - ޕެގަސޫސް ސޮފްޓްވެއާ ބޭނުންކޮށްގެން އިންޑިއާ ސަރުކާރުން ނޫސްވެރިންނާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި، އެކްޓިވިސްޓުންނަށް ޖާސޫސްކުރި ކަމަށް ބެލެވޭ މައްސަލައިގެ މިނިވަން ތަހުގީގަކަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު ލީކުކުރި ލިޔުންތަކުން އެނގުނު ގޮތުގައި އިޒްރޭލުގެ އެންއެސްއޯ ކުންފުނިން އުފެއްދި ސޮފްޓްވެއާގެ އެހީގައި ޖާސޫސްކުރި 45 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އެ ސޮފްޓްވެއާ އިން ވަނީ އިންޑިއާގެ 1،000 އަށް ވުރެ ގިނަ ފޯނު ނަންބަރަށް ޓާގެޓުކޮށްފަ އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ތަހުގީގަކަށް އަމުރުކޮށް ދިނުމަށް އެދި ހުށަހެޅި ޕެޓިޝަނާ ދެކޮޅަށް ސަރުކާރުން އެއްޗެއް ނުބުނާ ކަމަށެވެ. އަދި ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަށް ބުނެ ކޮންމެ ފަހަރަކު ސަރުކާރު "ހިލޭ ހުއްދައެއް" ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ކޯޓުން އަމުރުކޮށްފައި ވަނީ ސައިބާ އަދި ކޮމްޕިއުޓާ ސައިންސްގެ ތަޖުރިބާކާރުން އެކަމާ ގުޅޭ ތަހުގީގެއް ފެށުމަށެވެ.

އާއްމު ގޮތެއްގައި ޕެގަސޫސް ސޮފްޓްވެއާ ވިއްކަނީ ހަމައެކަނި ސަރުކާރުތަކާއި ސެކިއުރިޓީ އެޖެންސީތަކަށެވެ. އެ ސޮފްޓްވެއާގެ އަސަރު ފޯނަކަށް ކުރުމުން، ފޯނުގައި ހުންނަ މެސެޖާއި، ފޮޓޯތަކާއި، ލޮކޭޝަން ޓްރެކް ކުރުމުގެ ބާރު ސޮފްޓްވެއާ ބޭނުންކުރާ ފަރާތަށް ލިބެ އެވެ.

އިންޑިއާ ސަރުކާރުން ވަނީ މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ބުނެ، ޕެގަސޫސް ބޭނުންކުރިކަން ނުވަތަ ނުކުރާކަން ކަށަވަރުކޮށްދޭން ވެސް ދެކޮޅު ހަދާފަ އެވެ.

މިދިޔަ ޖުލައި މަހު ތުހުމަތުތައް ފެންމަތިވުމާއެކު އިދިކޮޅު ޕާލިމެންޓު މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން ޕާލިމެންޓު ސެޝަންތަކަށް ހުރަސްއެޅުނެވެ.

އިންޑިއާ އަށް ނިސްބަތްވާ 1،000 ނަންބަރަކަށް ޕެގަސޫސް ޓާގެޓުކުރި އިރު، އޭގެ ތެރެއިން 300 ނަންބަރު ނިސްބަތްވާ މީހުންގެ ވަނަވަރު ވަނީ ދެނެގަނެފަ އެވެ.

އޭގެ ތެރޭގައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ސިޔާސީ އެހެން ފަރާތްތަކާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސަރުކާރަށް ފާޑުކިޔާ މީހުން ހިމެނެ އެވެ.

އެ ނަންބަރުތަކުގެ ތެރޭގައި ހިމެނޭ އިތުރު މީހުންނަކީ އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރި އަންހެނަކާއި، ޓިބެޓްގެ ބުޑިސްޓު ލީޑަރުންނާއި، ޕާކިސްތާނުގެ ޑިޕްލޮމެޓުން އަދި ޗައިނާގެ ނޫސްވެރިންނެވެ.

ލީކުކުރި ލިޔުންތަކާ ގުޅޭ ދިރާސާގައި އުޅުނު މީޑިއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވޮޝިންޓަން ޕޯސްޓުން ބުނީ ކާމިޔާބުކަމާއެކު ޖާސޫސް ކުރެވެނީ ކިހާ މިންވަރަކަށް ކަން ބުނަން ނޭނގޭ ކަމަށެވެ.

ނަމަވެސް އިންޑިއާގެ 20 ސްމާޓްފޯނުގެ ފޮރެންސިކް އެނެލިސިސްއިން ދެއްކި ގޮތުގައި ޕެގަސޫސްއިން 10 ފޯނަށް ޓާގެޓް ކުރި އެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ހަތް ފޯނު ބޭނުންކޮށްގެން ޖާސޫސް ކުރެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox