ކޮޕް26: ގައުމުތަކުން އަޅާނެ ކަމަށް ބުނި ފިޔަވަޅުތަކުން ނަތީޖާއެއް ނުފެންނާނެ

ތައިލޭންޑުގެ ފެކްޓްރީއަކުން ޖައްވަށް ވިހަ ގޭސް ބޭރު ކުރަނީ.

ތައިލޭންޑުގެ ފެކްޓްރީއަކުން ޖައްވަށް ވިހަ ގޭސް ބޭރު ކުރަނީ.

ޕެރިސް، ފްރާންސް (އޮކްޓޯބަރު 26) - ޕެރިސް އެގްރީމެންޓުގެ ދަށުން ޖައްވަށް ދޫކުރާ ކާބަން މަދު ކުރުމަށް ގައުމުތަކުން ހުށަހަޅާފައިވާ ކަންކަމާ އެކު އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށް އދ. އިން ބުނެފި އެވެ.

އަންނަ ހަފުތާގައި މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު ކޮޕް26 ފަށަން ތައްޔާރުވަމުން ދާއިރު، އދ. އިން ބުނީ ގައުމުތަކުގެ ޕްލޭނަށް ބެލުމުން ފެންނަނީ ފިޔަވަޅު އެޅުމުގައި ލަސްކުރާ މަންޒަރު ކަމަށެވެ.

ޕެރިހުގައި 2015 ވަނަ އަހަރު ގައުމުތަކުން އެއްބަސްވީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށް، ކާބަން ބޭރު ކުރުން މަދު ކުރުމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ގައުމުތަކުން އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ކަނޑައަޅަން ޖެހެ އެވެ. ކޮންމެ ފަސް އަހަރަކުން އެންޑީސީތައް މުރާޖައާ ކުރަން ވެސް ޖެހެ އެވެ.

ކޮޕް26 ގެ ކުރިން ގައުމުތަކުން މުޅިން އާ ނުވަތަ މުރާޖައާކޮށްފައިވާ އެންޑީސީ މިހާތަނަށް ހުށަހެޅީ 143 ގައުމަކުންނެވެ. އެ ގައުމުތަކުގެ ޕްލޭނަށް ބަލާއިރު، 2030 ގެ ކުރިން ކާބަން މަދު ވާނީ ނުވަ ޕަސެންޓެވެ.

ނަމަވެސް އދ. އިން ބުނީ ޕެރިސް އެގްރީމެންޓުގައި ސޮއިކުރި ހުރިހާ ގައުމުތަކެއްގެ ޕްލޭނަށް ބަލައިފި ނަމަ، މި ގަރުނުގެ ތެރޭގައި 16 ޕަސެންޓުން ކާބަން އިތުރުވާނެ ކަމަށެވެ.

މޫސުމީ ބަދަލާ ގުޅޭ އެންމެ ފަހުގެ ދިރާސާތައް ބަލާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ) އިން ބުނީ މި ގަރުނުގެ ތެރޭގައި 45 ޕަސެންޓު ކާބަން މަދުކުރެވިގެން މެނުވީ 1.5 ޑިގްރީ ސެލްސިއަސް އަމާޒު ހާސިލްނުވާނެ ކަމަށެވެ.

މިހާރު ގައުމުތަކުން ހުށަހަޅާފައިވާ ޕްލޭންތަކަށް ބަލައިފި ނަމަ، 2100 ވަނަ އަހަރާ ހަމައަށް ދާއިރު، ދުނިޔޭގެ ފިނިހޫނުމިން 2.7 ޑިގްރީ ސެލްސިއަސް އިން މަތިވާނެ އެވެ.

"ހޯދުންތަކުން ލިބޭ މެސެޖު ވަރަށް ސާފު. މޫސުމީ ބަދަލާ ގުޅިގެން ކުރާ މަސައްކަތް ދެ ގުނަ ކުރަން ޖެހޭ،" އދ. ގެ މޫސުމީ ބަދަލާ ގުޅޭ ވެރިޔާ ޕެޓްރީޝިއާ އެސްޕިނޯސާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox