ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލާގައި މިއަދުވެސް ހުކުމެއް ނުކުރެވުނު

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލާގައި މިއަދުވެސް ހުކުމެއް ނުކުރެވުނު

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލާގައި މިއަދުވެސް ހުކުމް ނުކުރެވި، އަޑުއެހުން ފަސްކޮށްފިއެވެ.

މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ފަސްކުރީ މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ގާޒީ ކަމެއް ސާފުކުރަން ބޭނުންފުޅުވާތީ ކަމަށް ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް މި ނޫހާއި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެންނަމަވެސް އެދުވަހުވެސް ހުކުމް ކުރުމަށް ބާއްވަން ނިންމި އަޑުއެހުން ކެންސަލް ކުރީ ދިފާއީ ވަކީލުންނާއި އެ މައްސަލަ ބައްލަވާ ގާޒީ އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުން ކަމަށް ކްރިމިނަލް ކޯޓުން އޭރު ބުނެފައި ވެއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސިއްރު ހެކިވެރިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި މީއާދުގެ މޫނުގައި މާސްކް އަޅަން ހުރިތަން ފެނުނު ކަމަށާއި، އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ވެސް ސިއްރު ހެކިން ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް ދިފާއުން ދެކޭ ގޮތުގައި މި މައްސަލަ ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައެއް ނުވެ އެވެ.

މި މައްސަލާގައި ހުުކުމް ކުރެވޭނެ ދުވަހެއް ކްރިމިނަލް ކޯޓުން ސާފުކޮށްދީފައެއް ނުވެ އެވެ. މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އެވެ. އިސްގާޒީ މި ވަގުތު ޗުއްޓީގައި ހުރުމުން މިއަދު މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އެ ކޯޓުގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ، އަލީ އާދަމް އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލީ އޮކްޓޯބަރު 7، 2013 ގެ ފަތިހުގެ ވަގުތެއްގަ އެވެ. އެ ސްޓޭޝަންގައި ރޯކޮށްލުމުން 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަމަށް ރާއްޖޭޓީވީން ބުނެފައި ވެއެވެ. އެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް އަށް ފޮނުވި ނަމަވެސް ދައުވާ އުފުލާފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox