ސަފާރީއެއްގައި ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އަދި ބޭއްވުނީ ދެ އަޑުއެހުން

ހުޅުމަލެ މެޖިސްޓްރޭޓް ކޯޓު. ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލައިގަ އަދި މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެއް. -- ފޮޓޯ: ސަން

ހުޅުމަލެ މެޖިސްޓްރޭޓް ކޯޓު. ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލައިގަ އަދި މިހާތަނަށް ބޭއްވީ އެންމެ އަޑުއެހުމެއް. -- ފޮޓޯ: ސަން

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލާގައި އަޑުއެހުންތައް ޝެޑިއުލްކުރެވެމުންދާ ކަމަށާއި، މިހާތަނަށް އެ މައްސަލައިގައި ބޭއްވުނީ އެންމެ ދެ އަޑުއެހުންކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ސްޕޯކްސްޕާސަން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައިގައި އަޑުއެހުންތައް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ދާކަމަށެވެ.

"ޖުމްލަ ހަތް އަޑުއެހުމެއް ޝެޑިއުލް ކުރެވުނު، އަދި ދެ އަޑުއެހުން ބޭއްވުނީ. ގިނަ އަޑުއެހުންތައް ކެންސަލްވީ، ތުހުމަތުވާ ފަރާތުން ކޮވިޑަށް ޕޮޒިޓިވްވެ، ކޮވިޑާ ގުޅިގެން ދިމާވާ އެހެން ކަންކަމާ ގުޅިގެން،" ޝަފީއު ވިދާޅުވި އެވެ.

މިހާތަނަށް ބޭއްވުނު އަޑުއެހުންތަކުގެ ތެރެއިން އެއް އަޑުއެހުމެއްގައި ވަކީލަކު އައްޔަނުކުރުމަށް ކޯޓުން ފުރުސަތު ދިން ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާން އަށެވެ. އޭނާގެ މައްޗަށް ކުރަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބައްލަވަނީ ގާޒީ ސިޔާމާ މުހައްމަދު އެވެ.

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖޫން 26، 2020 ގަ އެވެ. އެ މައްސަލައިގަ ޝާންގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަސް ތެރޭގަ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ ފެންމަތިިވީ ރޭޕްގެ ތުހުމަތެވެ. މައްސަލަ ރިޕޯޓްކުރި ދުވަހު ކްރައިމް ސީން އިން ފުލުހުން ވަނީ ޝާންގެ އިތުރުން އެހެން ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.

އެހެންނަމަވެސް ފަހުން އެ ދެ މީހުން ވެސް ދޫކޮށްލުމާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންނާއި ދައުލަތުގެ އިދާރާތަކަށް އޭރު އަމާޒުވި އެވެ.

އެ މައްސަލައިގައި އޭގެ ފަހުން ހިނގައިދިޔަ ކަންކަމަކީ، "އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައި ވެސް ބަޔެއްގެ ތެރޭގައި ހުރެފައި ވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމަށް ހޯމް މިނިސްޓަރު އިމްރާން ރޭޑިއޯ ޕްރޮގްރާމެއްގައި ވިދާޅުވުމާ ގުޅިގެން، މިނިސްޓަރު އެ މައްސަލަ ކުޑަކުރަން މަސައްކަތް ކުރާކަމަށް ބުނެ ވެސް އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ.

އެ މައްސަލައިގައި ކުށުގެ ޝިކާރައަކަށްވި އަންހެން މީހާ ވަނީ އޭގެ ފަހުން ރާއްޖޭން ފުރައިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox