ގައުމީ ޓީމާ އެކު އާ ކޯޗު މޮރިއޭރޯ ޓްރެއިނިންތައް ފަށައިފި

Oct 26, 2021, 2:54 AM
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ ރޭގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ ރޭގެ ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯގެ ބެލުމުގެ ގައުމީ ޓީމުގެ ޕްރެކްޓިސްތައް ރޭ ފަށައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ޕްރެކްޓިސް ފެށިއިރު، ޓީމުގައި ހިމެެނެނީ މައިގަނޑު ގޮތެއްގައި މި މަހު 1-16 އަށް މާލޭގައި ކުރިއަށްދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑެވެ. އެ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން އަނިޔާގައި ތިބިއިރު، އަނެއް ބައި ކުޅުންތެރިން ތިބީ ބަހްރޭނުގައި މި ވަގުތު ކުރިއަށްދާ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރަން ޒުވާން ގައުމީ ޓީމާ އެކުގަ އެވެ. ރޭގެ ޕްރެކްޓިހުގައި ޒުވާން ކީޕަރުންތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

ރާއްޖެ ގޮވައިގެން މޮރިއޭރޯ ނުކުންނާނެ ފުރަތަމަ މުބާރާތަކީ އަންނަ މަހު 7-18 އަށް ކޮލަމްބޯގައި ބާއްވާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް އެވެ. ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ދެން އެ މުބާރާތުގައި ކުޅޭނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.

މޮރިއޭރޯ ހަވާލުވި ފަހުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަކީ އަންނަ ހުކުރު ދުވަހު ކުރެއްދޫ ރިސޯޓްގައި ކުޅޭ ހާއްސަ އެކްސިބިޝަން މެޗެވެ.

ކޯޗިންގެ ދާއިރާ އަށް 2006 ވަނަ އަހަރު ނުކުތް މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ އެކު މިދިޔަ ހަފްތާގައި ކޮންޓްރެކްޓްގައި ސޮއިިކުރުމަށް ފަހު އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓޯ އަށް ދިން އިންޓަވިއުއެއްގައި ބުނީ ވީޑިއޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ރަނގަޅު ކަމަށާއި މަސައްކަތް ކުރެވޭނެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ.

ގަލޮޅު ދަނޑުގައި ރޭ ބޭއްވި ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މޮރިއޭރޯ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު މޮރިއޭރޯ އަށް އޮތް އެންމެ ބޮޑު ޓާގެޓަކަށް ވާނީ އަންނަ އަހަރު ޖޫން މަހު ކުޅޭ ގޮތަށް މިހާރު ހަަމަޖެހިފައިވާ އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ، 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމެވެ. ކޮލިފައިން މެޗުތައް މިހާރު އޮތްގޮތުން ކުރިއަށްދާނީ ސެންޓްރަލައިޒްކޮށެވެ. ކުރިން ހަ މެޗު ކުޅެން ލިބޭ ގޮތަށް އޮތް އެ ކޮލިފައިންގައި މިހާރު ކުޅެން ލިބޭނީ ތިން މެޗެވެ.

ގައުމީ ޓީމާ އެންމެ ފަހުން ހަވާލުވި ބިދޭސީ ދެ ކޯޗުން ކަމަށްވާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓާއި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ވެސް ވަނީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމުގެ ޓާގެޓް ދީފަ އެވެ. އެކަމަކު، އެ ހިސާބަށް ވާސިލްވުމުގެ ކުރިން އެކި މަސައްކަތްތައް ކުރުމުގައި ނާކާމިޔާބުވެ ކޯޗުކަން ގެއްލުނީ އެވެ.

ސެގާޓަށް ގައުމީ ކޯޗުކަން ގެއްލުނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ނަތީޖާތައް ދަށްވުމުންނެވެ. އަދި ކޫޕްމަން އަށް ގައުމީ ކޯޗުގެ ވަޒީފާ ގެއްލުނީ މިދިޔަ ޖޫން މަހު މަހު ނިމުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން އަށް ފަހު އެވެ. ދާދި ފަހުން ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އުފުލީ ދިވެހި ކޯޗު އަލީ ސުޒޭން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox