ސޫދާނުގެ ބޮޑު ވަޒީރު ހައްޔަރުކޮށް ބަގާވާތެއް ހިންގައިފި

ސޫދާން ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބޮޑު ވަޒީރު އަބްދުﷲ ހަމްދޮކްގެ ޕޯސްޓަރެއް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ސޫދާން ސަރުކާރާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބޮޑު ވަޒީރު އަބްދުﷲ ހަމްދޮކްގެ ޕޯސްޓަރެއް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ސޫދާނުގައި އަސްކަރީ ބަގާވާތެއް ހިންގައި ބޮޑު ވަޒީރާއި ސަރުކާރުގެ އެހެން އިސް ބޭފުޅުން ހައްޔަރުކޮށްފި އެވެ.

އިންފޮމޭޝަން މިނިސްޓްރީން ބުނީ ހައްޔަރުކުރި މީހުން ގެންދިޔަ ތަނެއް ސިފައިން ބުނެފައި ނުވާ ކަމަށާއި ބަގާވާތަށް ތާއީދުކޮށް ބަޔާނެއް ނެރެން ބޮޑު ވަޒީރު އަބްދުﷲ ހަމްދޮކް ދެކޮޅު ހެއްދެވި ކަމަށެވެ.

ސިފައިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ސޫދާނުގެ ދައުލަތުގެ ޓީވީން ދައްކަމުންދާ ކޮންޓެންޓު ވެސް ބަދަލުކޮށްފައެއް ނުވެ އެވެ.

ސޫދަނީޒް ޕްރޮފެޝަނަލްސް އެސޯސިއޭޝަނުން ވަނީ ބަގާވާތާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުތުމަށް ގޮވާލާފަ އެވެ. އިންޓަނެޓާއި ފޯނުގެ ހިދުމަތް ކަނޑަމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ވެސް ސޫދާނުގައި ހިންގަން އުޅުނު ބަގާވާތެއް ސަރުކާރުން ހުއްޓުވި އެވެ. އެކަމުގެ ފަހަތުގައި ތިބީ ކުރީގެ ރައީސްއާ ގުޅުން ހުރި މީހުންނެވެ.

ވިހި އަހަރު ވަންދެން ވެރިކަން ކުރި ރައީސް އުމަރް އަލް ބަޝީރުގެ ވެރިކަން ނިމުމަކަށް އައީ އޭޕްރިލް 2019 ގައި ބޮޑެތި އެއްވުންތަކަކަށް ފަހު ސިފައިން ހިންގި ބަގާވާތެއްގަ އެވެ.

އޭގެ ފަހުން ގާއިމްކޮށްފައި އޮތީ އާއްމުންނާއި ސިފައިންގެ މެދުގައި ބާރުތައް ހިއްސާކުރާ ސަރުކާރެކެވެ. ނަމަވެސް މިދިޔަ މަހުގެ ބަގާވާތަށް ފަހު ސިފައިންނާއި ސަރުކާރުގެ އެހެން މެމްބަރުންނާ ދެމެދު ހަމަނުޖެހުން އުފެދުނެވެ.

ދެ ފަރާތަށް ތާއީދު ކުރާ މީހުން ވެސް އެއްވުންތައް ބާއްވާފައި ވާއިރު، އަސްކަރީ ވެރިކަމެއް ބޭނުންވާ ކަމަށް ބުނެ އެތައް ހާސް ބަޔަކު މިދިޔަ ހަފުތާގައި މުޒާހަރާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox