މަސައްކަތުގެ އުޖޫރައަކަށް ގޮދަން ދޭން ތާލިބާނުން ހުށަޅައިފި

އަފްގާނިސްތާނުގެ ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ދަނޑެއްގައި ބަޔަކު މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޮކްޓޯބަރު 24) - އަފްގާނިސްތާނަށް ދިމާވެފައި ބަނޑުހައިހޫނުކަމާއި ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ތާލިބާން ސަރުކާރުން ފަށައިފި އެވެ.

ހުރިހާ ބޮޑެތި ސިޓީތަކާއި އަވަށްތަކުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން ކާބުލްގައި އެކަނިވެސް 40،000 ފިރިހެނުންނަށް މަސައްކަތް ހަމަޖެހޭނެ ކަމަށް ތާލިބާނުންގެ ތަރުޖަމާނު ބުންޏެވެ.

"މިއީ ވަޒީފާ ނުލިބުމުގެ މައްސަލަ ހައްލު ކުރަން މުހިއްމު ފިޔަވަޅެއް،" ކާބުލްގައި އޮތް ޕްރެސް ކޮންފެރެންސެއްގައި ޒަބީހުﷲ މުޖާހިދު ބުންޏެވެ.

ފަގީރުކަމާއި، ވާރޭނުވެހި ގިނަ ދުވަސްވުމާއި، ކަރަންޓު ކެނޑުމާއި ފެއިލްވެފައިވާ އިގްތިސާދީ ނިޒާމަކާ ކުރިމަތިވެފައިވާ އަފްގާނިސްތާނުގެ ފިނި މޫސުން ވަރަށް އަވަހަށް ފަށާނެ އެވެ.

ތާލިބާނުން ތައާރަފު ކުރި "މަސައްކަތް ކުރުމުން ކާތަކެތި ލިބޭ ސްކީމް" ގައި ވަޒީފާ އަދާ ކުުރާ މީހުންނަށް އުޖޫރައަކަށް ފައިސާގެ ބަދަލުގައި ލިބޭނީ ކާބޯތަކެއްޗެވެ.

އެ ސްކީމް ބޮޑަށް އަމާޒުކޮށްފައި ވަނީ މިހާރު ވަޒީފާއެއް ނެތް އަދި ފިނި މޫސުމުގައި ބަނޑަށް ޖެހުމުގެ ނުރައްކާ އޮތް މީހުންނަށެވެ.

ދެ މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ކާބުލްގައި 11،600 ޓަނުގެ ގޮދަން ބަހާނެ އެވެ. އެހެން ހިސާބުތަކުގައި ބަހާނީ 55،000 ޓަނުގެ ގޮދަނެވެ.

ކާބުލްގައި ކުރަން ޖެހޭނެ މަސައްކަތްތަކުގެ ތެރޭގައި ފެން ވަޅުތައް ކޮނުމާއި ފިނި މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހިމެނެ އެވެ.

އެ ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޖާހިދާއި އެގްރިކަލްޗަރު މިނިސްޓަރު އަބްދުލް ރަހްމާން ރާޝިދު އަދި ކާބުލްގެ މޭޔަރު ހަމްދުﷲ ނޮމާނީ ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox