ޓައިވާނަށް ބާރުގަދަ ބިންހެލުމެއް

މީގެ ކުރިން ޓައިވާނަށް އައި ބިންހެލުމެއްގައި އިމާރާތެއް އަރިއަޅާލާފައި.

މީގެ ކުރިން ޓައިވާނަށް އައި ބިންހެލުމެއްގައި އިމާރާތެއް އަރިއަޅާލާފައި.

ޓައިޕޭ، ޓައިވާން (އޮކްޓޯބަރު 24) - ޓައިވާނުގެ އިރު އުތުރަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމެއްގެ އަސަރު ވެރިރަށް ޓައިޕޭ އަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓައިވާންގެ ސެންޓްރަލް މޫސުމާ ބެހޭ ބިޔުރޯ އިން ބުނީ ބިންހެލުން އައި 6.5 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ އެއީ 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށެވެ.

ބިންހެލުން އައިސްފައި އިރުއުތުރު ޔިލާން ކައުންޓީ އަށް ޓައިވާން ގަޑިން މެންދުރު 01:11 ގައި ބިމުގެ 67 ކިލޯމީޓަރު އަޑިންނެވެ.

ޓައިޕޭގައި ތިބި ބައެއް ނޫސްވެރިން ބުނީ ބިންހެލުމުގެ އަސަރު 30 ސިކުންތު ވަންދެން ކުރި ކަމަށާއި މިއީ މި އަހަރުގެ މިހާތަނަށް އެ ހިސާބަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.

ފުރަތަމަ ބިންހެލުމަށް ފަހު 5.4 މެގްނިޓިއުޑްގެ އާފްޓާޝޮކެއް ވެސް ވަނީ އައިސްފަ އެވެ. އެއާއެކު ރައްކާތެރިވުމުގެ ގޮތުން ޓައިޕޭގެ ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.

ޓައިވާން އޮންނަނީ ބިމުގެ އަޑިން ދެ ޓެކްޓޯނިކް ޕްލޭޓް ގުޅޭ ހިސާބުގައި ކަމުން ވަރަށް ގިނައިން ބިންހެލުންތަކާ ކުރިމަތިވެ އެވެ.

އާދީއްތަ ދުވަހު އައި މެގްނިޓިއުޑްގެ ބިންހެލުންތަކުގައި ބޮޑެތި ގެއްލުންވުން އެކަށީގެންވެ އެވެ. އެކަމަކު އެކަން ބިނާ ވަނީ ބިންހެލުން އަންނަ ތަނާއި، ފުން މިނަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ފަތުރުވެރިންގެ މެދުގައި މަގްބޫލު ހުއަލިއެން އަށް އައި 6.4 މެގްނިޓިއުޑް ބިންހެލުމުގައި 17 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

ޓައިވާނުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިސާ އަކީ 1999 ގައި 7.6 މެގްނިޓިއުޑް ބިންހެލުމެއްގެ ސަބަބުން 2،400 މީހުން މަރުވި ހާދިސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox