ކާބުލްގެ ކަރަންޓް ނެޓްވޯކަށް ދިން ހަމަލާގެ ފަހަތުގައި ވެސް އައިއެސް

ކާބުލްގެ މަގުމަތި. -- ފޮޓޯ: ރޮއިޓާޒް

ކާބުލްގެ މަގުމަތި. -- ފޮޓޯ: ރޮއިޓާޒް

ބެއިރޫތު، ލުބްނާން (އޮކްޓޯބަރު 23) - ކާބުލްގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަރަންޓު ކެނޑުނީ ކަރަންޓު ފޯރުކޮށްދޭ ނެޓްވޯކަކަށް ހަމަލާދީ ބޮމެއް ގޮއްވާލުމުންނެވެ. ފަހަކަށް އައިސް ތާލިބާނުން އަފްގާނިސްތާނުގައި ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ.

އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުން ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދާއިރު، ކަރަންޓު ކެނޑުމުގެ ސަބަބުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

ޓެލެގްރާމް ޗެނަލްތަކުގައި އާއްމު ކުރި ބަޔާނެއްގައި އައިއެސް އިން ބުނީ އެ ގްރޫޕުގެ މެމްބަރުންތަކެއް ކާބުލް އަށް ކަރަންޓު ފޯރުކޮށްދޭ ލައިންތަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލި ކަމަށެވެ.

އެ ހަމަލާގައި ގެއްލުން ލިބުނީ ކާބުލް އާއި ބައެއް އެހެން ޕްރޮވިންސްތަކަށް ކަރަންޓު ފޯރުކޮށްދޭ ހައި ވޮލްޓޭޖް ސަޕްލައި ލައިނަކަށެވެ. އެއީ ކައިރި އެހެން ގައުމުތަކުން އިމްޕޯޓު ކުރާ ކަރަންޓެވެ.

އަފްގާނިސްތާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ އުޒްބެކިސްތާނާއި ތަޖިކިސްތާން ފަދަ ގައުމުތަކުން އިމްޕޯޓުކޮށްގެންނެވެ. އެހެންކަމުން އެ ގައުމުތަކާ ގުޅޭ ގޮތަށް ގާއިމްކޮށްފައިވާ ކަރަންޓު ލައިނުތަކަށް މީގެ ކުރިން ވެސް ޓެރަރިސްޓުން ހަމަލާދީފައި ވެ އެވެ.

އައިއެސްއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ތާލިބާނުން ބުނި ނަމަވެސް، އެ ގްރޫޕުން ހިންގާ ޓެރަރިސްޓު ހަރަކާތްތައް ހުއްޓުވުމަށް ތާލިބާން ސަރުކާރު ވަނީ ނުކުޅެދިފަ އެވެ.

އައިއެސް އާއި ތާލިބާނުންނަކީ ސުންނީ މުސްލިމުންގެ ދެ ގްރޫޕެވެ. އަދި ދެ ގްރޫޕުގައި ވެސް ހަނގުރާމަވެރިން ހަރަކާތްތެރިވެ އެވެ. ނަމަވެސް މި ދެ ގްރޫޕުގެ މެދުގައި ރަނގަޅު ގުޅުމެއް ނެތެވެ.

ދީނުގެ ކަންކަމާއި އަސްކަރީ ސްޓްރެޓެޖީއާ ގުޅޭ ކަންކަމުގައި ވެސް ތާލިބާނުންނާއި އައިއެސް ގެ ހިޔާލު ތަފާތެވެ. އެއާއެކު ދެ ގްރޫޕުން ވެސް ދައުވާ ކުރަނީ އެ މީހުންނަކީ "އިސްލާމީ ޖިހާދު" ގެ ހަގީގީ ބައިވެރިން ކަމަށެވެ.

ދެ ގްރޫޕުގެ ދެމެދުގައި އޮންނަ ހިޔާލު ތަފާތުވުމުގެ ސަބަބުން ކުރިމަތިލުންތައް ވެސް ހިނގާފައި ވެ އެވެ. އެގޮތުން 2019 ވަނަ އަހަރު ތާލިބާނުން ވަނީ އައިއެސް ގެ މައްޗަށް ކުރި ހޯދާފަ އެވެ. އައިއެސް އިން ނެރޭ ބަޔާންތަކުގައި ތާލިބާނުންނަށް މުހާތަބުކޮށްފައި ވަނީ ކާފަރުންގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox