ޔަމަން ހަނގުރާމަ: ހަމަލާތައް ވަރުގަދަ ނުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި

ޔަމަނު ސަރުކާރުގެ ފައުޖުގެ މެމްބަރަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ޔަމަނު ސަރުކާރުގެ ފައުޖުގެ މެމްބަރަކު ހަތިޔާރު ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

އދ، އެމެރިކާ (އޮކްޓޯބަރު 21) - ޔަމަނު ހަނގުރާމައިގައި ހަމަލާ ބަދަލު ކުރުން ވަރުގަދަ ނުކުރަން އދ. ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި އެވެ.

ސަލާމަތީ މަޖިލީހުގެ 15 ގައުމު އެއްބަސްވެގެން ނެރުނު ބަޔާނެއްގައި ބުނީ "ބޮޑު ބަނޑުހައި ހޫނުކަމެއް" ޔަމަނުގައި ފެތުރުމުގެ ބިރު އެބަ އޮތް ކަމަށެވެ.

"ހުރިހާ ފަރާތަތަކުން ވެސް ހަމަލާތައް މައިތިރިކޮށް، މިހާރުން މިހާރަށް ސުލްހަ ގެނައުމަށް" އެ ބަޔާނުގައި ގޮވާލާފައި ވެ އެވެ. މަރިބް ސިޓީ ހިފަން ހޫތީން ދޭ ހަމަލާތައް ހުއްޓާލަން ވެސް ގޮވާލި އެވެ.

އޭގެ އިތުރުން ހަނގުރާމައިގައި ކުޑަކުދިން ބޭނުން ކުރުމާއި ޖިންސީ އަނިޔާތައް ދެމުންދާ މައްސަލައިގައި ވެސް ސަލާމަތީ މަޖިލީހުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

ގައުމުތަކުން ޔަމަނު ސަރުކާރަށް ހޮވާލީ ތެޔި ހިފައިގެން އަންނަ މަނަވަރުތަކަށް ގަވާއިދުން ހޮދެއިދާ ބަނދަރަށް ވަދެވޭނެ ގޮތް ހެދުމަށާއި އިންސާނީ އެހީ ހުއްޓުމެއް ނެތި ރައްޔިތުންނާ ހަމައަށް ފޯރާނެ ގޮތް ހެދުމަށެވެ.

އޭގެ އިތުރުން "ސޭފާ އޮއިލް ޓޭންކަރާ" މެދު ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ހޮދެއިދާ ކައިރީގައި އޮތް 45 އަހަރުވީ ތެޔޮ އުފުލާ އެ ބޯޓު ގޮވުން ނުވަތަ އަޑިއަށް ދިޔުމުގެ ނުރައްކާ އެބަ އޮތެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ބުނީ އެ ބޯޓާ މެދު ފިޔަވަޅެއް ނޭޅި ދިގުލައިގެން ދިޔުމުގެ ޒިންމާ އުފުލަން ޖެހޭނީ ހޫތީ ހަނގުރާމަވެރިން ކަމަށެވެ. އެއީ ބޯޓުގެ އެސެސްމަންޓު ހަދަން އދ. ގެ އޮފިޝަލުންނަށް ހޫތީން ހުރަސްއަޅަމުން ދާތީ އެވެ.

ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ ފެށީ އިންތިހާބީ ސަރުކާރާ ދެކޮޅަށް އިރާނުގެ އެހީއާ އެކު ހޫތީ ހަނގުރާމަވެރިން ތެދުވެ، ވަކި ސަރުކާރެއް ގާއިމްކުރުމުންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ވެރިރަށް ސަނާ ހިފުމާއެކު ސައުދީ ކޯލިޝަނުން ޔަމަނު ސަރުކާރުގެ ފައުޖަށް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލިފައި ވެ އެވެ.

ޔަމަނުގެ އާބާދީގެ 30 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މިހާރު ބަރޯސާވަނީ ބޭރުގެ އެހީ އަށެވެ. އދ. އިން ޔަމަނުގެ ހާލަތު ސިފަކުރަނީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox