ރޮނާލްޑޯ ޔުނައިޓެޑް މޮޅުކޮށްދިންއިރު، ބާސެލޯނާ އަށް ހަމަޖެހުމެއް

Oct 20, 2021, 9:16 PM
ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން މެގުއާއާ އެކު އުފާފާޅުކުރަނީ.

ރޮނާލްޑޯ ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން މެގުއާއާ އެކު އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮކްޓޫބަރު 20) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން 3-2 އިން އެޓަލަންޓާ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ޔޫކްރެއިންގެ ޑިނަމޯ ކިއޭވް 1-0 އިން ބަލިކޮށް ބާސެލޯނާ އިން މި ފަަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅާ އެކު ހިތްހަމަ ޖެހުމެއް ހޯދައިފި އެވެ.

އެޓަލަންޓާ އިން ޔުނައިޓެޑް ދަނޑުގައި ފުރަތަމަ ހާފުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެެވެ. މާރިއޯ ޕަސާލިޗް އާއި މެރީހް ޑެމިރާލްގެ ގޯލުތަކުން އެޓަލަންޓާ ދެ ގޯލުން ކުރީގައި އޮތް ނަމަވެސް ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފްރެޑާއި މާކަސް ރެޝްފޯޑަށް ވަނީ ލަނޑު ޖަަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ޔުނައިޓެޑުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފްގައި ތަފާތު ރޫހެއްގައި ކުޅެގެންނެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 53 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން މާކަސް ރެޝްފޯޑް އެވެ. އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ރޮނާލްޑޯ ޖެހި ބޯޅައެއް ޔުއާން މޫސޯ ވަނީ މަތަކޮށްފަ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކެޕްޓަން ހެރީ މެގުއާ އެެވެ. އޭގެ ފަހުން އެޓަލަންޓާގެ ޑުވާން ޒަޕާޓާ އާއި ރުސްލާން މަލިނޯވްސްކީ ޖެހި ބޯޅަތަކެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ 81 ވަނަ މިނިޓްގައި ރޮނާލްޑޯ އެވެ. ލޫކް ޝޯ ނެގި ހުރަހަކުން ރޮނާލްޑޯ މި ގޯލު ޖެހީ ބޮލުންނެވެ. ޔުނައިޓެޑް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން މޮޅުކޮށްދިނީ ވެސް ފަހު ވަގުތު ރޮނާލްޑޯ ގޯލު ޖަހައިގެންނެވެ. މިއީ ޔުނައިޓެޑަށް ރޮނާލްޑޯ ކުޅެދިން 300 ވަނަ މެޗެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވަނީ ގްރޫޕް އެފްގެ އެއް ވަނަ އަށް ތިން މެޗުން ހަ ޕޮއިންޓާ އެކު އަަރައިފަ އެެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް ވިޔަރެއާލަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ވިޔަރެއާލުން ވަނީ މިރޭ 4-1 އިން ޔަންގް ބޯއީސް ބަލިކޮށްފަ އެވެ. މި ގްރޫޕްގެ ފުލުގައި އޮތް ޔަންްގް ބޯއީސް އަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާގެ ޕީކޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފުރަތަމަ ދެ މެޗުން ބާސެލޯނާ ވަނީ 3-0 އިން ބަޔާން މިއުނިކާއި ބެންފީކާ އަތުން ބަލިވެފަ އެވެ. މިރޭ ބާސެލޯނާ އިން ޑިނަމޯ ކިއޭވް ބަލިކުރިއިރު، ބާސެލޯނާގެ ހަމައެކަނި ގޯލު ޖެހީ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ދެ ވަނަ ހާފްގެ ގޯލުތަކާ އެކު ބަޔާން މިއުނިކް ވަނީ 4-0 އިން ބެންފީކާ ބަލިކޮށްފަ އެވެ.

ގްރޫޕް އީގެ އެއް ވަނައިގައި ބަޔާން އޮތީ ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބެންފީކާ އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ހަތަރެއްގައި އޮތް ޑިނަމޯ ކިއޭވަށް ވަނީ ތިން މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ސްވިޑަންގެ މަލްމޯ ބަލިކޮށްފަ އެެވެ. މި މެޗުގެ ފުރަަތަމަ ހާފުގައި ޗެލްސީގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ. ޗެލްސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޕެނަލްޓީން ޖޯޖީނިއޯ އެވެ. އަނެއް ދެ ގޯލު ޖެހީ އަންދްރެއަސް ކްރިސްޓެންސަން އާއި ކައި ހަވާޓްޒް އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ޔުވެންޓަސް ވަނީ 1-0 އިން ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ބަލިކޮށްފަ އެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޔުވެންޓަސްގެ ހަމައެކަނި ގޯލު ޖެހީ ސްވިޑަންގެ ވިންގް، ޑޭޖާން ކުސުލެވްސްކީ އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޒެނިޓަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް މަލްމޯ އަށް ތިން މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް ވަނީ މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ވުލްފްސްބާގް 3-1 އިން ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ފްރާންސްގެ ލިލް އާއި ސްޕެއިންގެ ސެވިއްޔާ ވަނީ ގޯލެއް ނުޖެހި އެއްވަރުވެފަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާ އެކު ސަލްޒްބާގް އޮތްއިރު، ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ތިން މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިނެއްގައި އޮތް ލިލް އާއި ހަތަރެއްގައި އޮތް ވުލްފްސްބާގަށް ތިން މެޗުން ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox