ލަޝްކަރެއް ހަދައިގެން ޔަމަނު ހަނގުރާމަ އަށް ވަންނަން އުޅުނު ޖަރުމަނު ބަޔަކު ހައްޔަރުކޮށްފި

އަމިއްލަ ލަޝްކަރެއް ހަދައިގެން ޔަމަނު ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރީ ޖަރުމަނުގެ ކުރީގެ ދެ ސިފައިންގެ މީހުން.

އަމިއްލަ ލަޝްކަރެއް ހަދައިގެން ޔަމަނު ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރީ ޖަރުމަނުގެ ކުރީގެ ދެ ސިފައިންގެ މީހުން.

ބާލިން، ޖަރުމަނުވިލާތް (އޮކްޓޯބަރު 20) - "ޓެރަރިސްޓު" ލަޝްކަރެއް ހަދައިގެން ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަންނަން އުޅުނު ކަމުގެ ތުހުމަތަށް ޖަރުމަނުގެ ކުރީގެ ދެ ސިފައިންގެ މީހުން ހައްޔަރުކޮށްފި އެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރުން ބުނީ އެ ދެ މީހުން ވަނީ "100 އާއި 150 އާ ދެމެދުގެ އަދަދަކަށް މީހުން ހިމެނޭ އަސްކަރީ ޔުނިޓެއް އުފައްދަން" ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އެއީ އެރެންޑް އެޑޯލްފް ޖީ އަދި އަޝިމް އޭ ނަމަކަށް ކިޔާ ދެ މީހުންނެވެ. ދެ މީހުންނަކީ ވެސް ޖަރުމަނުގެ ރައްޔިތުންނެވެ.

ތުހުމަތު ކުރެވޭ ގޮތުގައި މި އަހަރުގެ ކުރީކޮޅު އެ މީހުން ވަނީ "ޓެރަރިސްޓު ގްރޫޕުގެ" ކަންކަން ރާވަން ފަށާފަ އެވެ. މީހުން ރެކްރޫޓް ކުރުމުގައި އުޅުނު އެރެންޑް އެޑޯލްފް ޖީ ހަތް މީހަކަށް ގުޅި ކަމަށާއި ބޭނުމަކީ ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނުން ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ތުހުމަތު ކުރެވޭ ދެ މީހުން ވެސް ތިބީ އެ މީހުންގެ މިޝަންގައި މީހުން މެރުމަށް ތައްޔާރަށް ކަމަށާއި އެގޮތުން އާއްމުން މަރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއްގެ ގޮތުގައި އެ މީހުން ދެކުނު ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

އެ މީހުން އުއްމީދުކޮށްގެން ތިބީ ސައުދީ އަރަބިއްޔާ އިން އެ މިޝަނަށް ފައިސާ ހޯދުމަށެވެ. އެގޮތުން ލަޝްކަރުގެ ކޮންމެ މެމްބަރަކަށް މަހު މުސާރައިގެ ގޮތުގައި 46،000 ޑޮލަރު ދޭން ރޭވި އެވެ.

އާޝިމް އޭ އަށް ތުހުމަތު ކުރެވެނީ ސައުދީ އަރަބިއްޔާގެ ސަރުކާރަށް ގުޅައި ބައްދަލުވުމަކަށް އެދުނު ކަމަށެވެ. ނަމަވެސް ސައުދީ ސަރުކާރުން ޖަވާބު ނުދޭ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި އިރާނުން އެހީވާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ޔަމަނު ސަރުކާރުގެ ފައުޖަށް އެހީވަނީ ސައުދީގެ އަސްކަރީ ކޯލިޝަނުންނެވެ.

ޔަމަނުގެ ހަތް އަހަރުވީ ހަނގުރާމަ ފެށީ އިންތިހާބީ ސަރުކާރާ ދެކޮޅަށް އިރާނުގެ އެހީއާ އެކު ހޫތީ ހަނގުރާމަވެރިން ތެދުވެ، ވަކި ސަރުކާރެއް ގާއިމްކުރުމުންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ވެރިރަށް ސަނާ ހިފުމާއެކު ސައުދީ ކޯލިޝަނުން ޔަމަނު ސަރުކާރުގެ ފައުޖަށް އެހީތެރިކަން ފޯރުކޮށްދޭން ފެށި އެވެ. މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލިފައި ވެ އެވެ.

ޔަމަނުގެ އާބާދީގެ 30 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މިހާރު ބަރޯސާވަނީ ބޭރުގެ އެހީ އަށެވެ. އދ. އިން ޔަމަނުގެ ހާލަތު ސިފަކުރަނީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox