ތާލިބާނުން ވައުދުވި ހައްގުތައް ދިނުމަށް ރަޝިއާ އިން ބާރު އަޅައިފި

ރަޝިއާގެ މަންދޫބު ޒާމިރު ކަބުލޯވް އާއި ތާލިބާނުންގެ މަންދޫބު ޝަހާބުއްދީން ދިލާވަރް މޮސްކޯގައި ބައްދަލުވި ވަގުތު. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ މަންދޫބު ޒާމިރު ކަބުލޯވް އާއި ތާލިބާނުންގެ މަންދޫބު ޝަހާބުއްދީން ދިލާވަރް މޮސްކޯގައި ބައްދަލުވި ވަގުތު. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (އޮކްޓޯބަރު 20) - ދުނިޔޭގެ ގައުމުތަކުން ތާލިބާން ސަރުކާރު ބަލައިގަންނަން އެދޭ ނަމަ ވައުދު ވެފައިވާ ގޮތަށް އަފްގާނިސްތާނުގައި އިންސާނީ ހައްގުތައް ދިނުމަށް ރަޝިއާ އިން ބާރު އަޅައިފި އެވެ.

ރަޝިއާގެ އިސްނެގުމަށް ބުދަ ދުވަހު 10 ގައުމެއްގެ ބައިވެރިވުމާއެކު މޮސްކޯގައި ތާލިބާނުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި އެވެ. ރަޝިއާގެ މަންދޫބު ޒާމިރު ކަބުލޯވް ވިދާޅުވީ ތާލިބާނުން ބަލައިގަންނާނީ އިންސާނީ ހައްގުތައް ދޭން ފެށުމުން ކަމަށެވެ.

ތާލިބާނުން ވަނީ އިންސާނީ ހައްގުތަކާއި ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމުގައި ކުރިއެރުންތަކެއް ހޯދަމުންދާކަމުގެ ޔަގީންކަން ގައުމުތަކަށް ދީފަ އެވެ.

ބައްދަލުވުމަށް ފަހު ކަބުލޯވް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލީ "ތަފާތު ކުރުން ނުގެންގުޅެ" އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

"އަފްގާނިސްތާނުގައި އޮތް އާ ސަރުކާރު އެންމެންނަށް ކަމަކު ނުދޭ. އެކަމަކު އެ ސަރުކާރަށް އަދަބު ދިނުމުން، އަދަބު އެ ދެވެނީ ހުރިހާ ރައްޔިތުންނަށް."

ބައްދަލުވުމުގައި ބައިވެރިވި 10 ގައުމު ގުޅިގެން ނެރޭ ބަޔާނެއްގައި އަފްގާނިސްތާނަށް އެހީވާން ފައިސާ ހޯދުމާ ގުޅޭ ކޮންފެރެންސެއް ބޭއްވުމަށް އދ. އަށް ގޮވާލަން ވަނީ ނިންމާފަ އެވެ.

ކަބުލޯވްގެ ވާހަކަތާ ގުޅިގެން ތާލިބާނުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ތާލިބާނުންގެ ޑެޕިއުޓީ ބޮޑު ވަޒީރު އަބްދުލް ސަލާމް ހަނަފީ ބުދަ ދުވަހު ބުނީ މިހާރު ވެސް އޮތީ "އެންމެންގެ ބައިވެރިވުން ހިމެނޭ" ސަރުކާރެއް ކަމަށެވެ.

"ބޭރުގެ އަސްކަރީ އެހީ ބޭނުމެއް ނުވޭ. އަފްގާނިސްތާނަށް ބޭނުން ވަނީ ސުލްހަ ގާއިމްކުރަން އެހީ. ބޭނުން ވަނީ އަލުން ބިނާ ކުރުމާއި އަލުން ވަޒަންވެރިވުން."

ޗައިނާ އާއި ޕާކިސްތާން ހިމެނޭ ގޮތަށް ބުދަ ދުވަހު ބޭއްވި ބައްދަލުވުމަކީ މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމަށް ފަހު އެ މީހުންނާއެކު ބޭއްވި އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

މިދިޔަ ހަފުތާގައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ތާލިބާނުންގެ ބައްދަލުވުންތައް އޮތެވެ. އޭގެ ކުރިން ތާލިބާނުން ވަނީ ތުރުކީގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.

ބައްދަލުވުންތަކަށް ފަހު އީޔޫ އިން ބުނީ އަފްގާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިން އަރައިގަތުމަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox