ކުރީގެ ކްރިކެޓް ކޯޗުގެ މައްޗަށް ދައުވާކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިއްޔެވެސް ހެކިބަސް ނުނެގުނު

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް ހާން.

ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް ހާން.

އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިޔަކާ އެކު ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތާއި، އެހެން ކުޅުންތެރިންނަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު މުހައްމަދު އާސިފް ހާންގެ ޝަރީއަތުގައި އިއްޔެއަށް ތާވަލުކުރި އަޑުއެހުންވެސް ހެކިން ހާޒިރު ނުކުރެވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

ޕާކިސްތާނަށް އުފަން އެކަމަކު ދެކުނު އެފްރިކާގެ ރަށްވެހިކަން ހޯދާފައިވާ މުހައްމަދު އާސިފް އަމީން ހާންގެ މައްޗަށް އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ނުވަ ދައުވާއެއް އުފުލީ ޑިސެމްބަރު 5، 2019 ގަ އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަދި އަހުމަދު ޝަފީއު "އަދަދު" އަށް ވިދާޅުވީ 2019 ވަނަ އަހަރުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ތިން އަޑުއެހުމެއް ބޭއްވިފައިވާއިރު، މިދިޔަ އަހަރު ފަސް އަޑުއެހުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ހަތަރު އަޑުއެހުމެއް ތާވަލް ކުރެވިފައި ވީނަމަވެސް ކުރިއަށް ގެންދެވުނީ ދެ އަޑުއެހުމެއް ކަމަށް ވިދާޅުވި އެވެ.

Advertisement

އިއްޔެގެ އަޑުއެހުމަށް ހެކިވެރިން ހާޒިރު ނުކުރެވިގެން ކެންސަލް ކޮށްފައިވާއިރު، މިމަހުގެ ކުރީކޮޅު ބޭއްވުނު އަޑުއެހުމެއްގައި ވަނީ ހެކިވެރިއެއްގެ ހެކިބަސް ނަގާފަ އެވެ. އެ އަޑުއެހުން ބޭއްވުނީ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވޭތާ އަށް މަސް ދުވަސް ފަހުންނެވެ.

އާސިފް ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ އަންހެނުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގަ އެވެ.

ނަމަވެސް އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކޮށްފައި ނުވާތީ އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. އޭނާ ދޫވި ނަމަވެސް، އޭރު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.

އެ މައްސަލާގައި އާސިފް ފަހުން ހައްޔަރުކުރީ ހައިކޯޓުގެ އަމުރެއްގެ ދަށުން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނުލިބުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރު ދިނުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox