ތާލިބާނާއެކު މަޝްވަރާ ކުރުމަށް 10 ގައުމަކުން ރަޝިއާ އަށް

ތާލިބާން ގާޑުން މަގުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

ތާލިބާން ގާޑުން މަގުމަތީގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (އޮކްޓޯބަރު 20) - އަފްގާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާނާއެކު މަޝްވަރާ ކުރުމަށް ދުނިޔޭގެ 10 ގައުމެއްގެ އޮފިޝަލުން ރަޝިއާ އަށް ހިނގައްޖެ އެވެ.

ޗައިނާ އާއި ޕާކިސްތާން ހިމެނޭ ގޮތަށް ބާއްވާ މި ބައްދަލުވުމަކީ މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމަށް ފަހު އެ މީހުންނާއެކު ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

ރަޝިއާގެ އިސްނެގުމަށް މި ބައްދަލުވުން ރޭވިއިރު، މިދިޔަ ހަފުތާގައި އެ ގައުމުގެ ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) މެމްބަރުން އަފްގާނިސްތާނަށް ޖަމާވާން ފަށައިފި ކަމަށެވެ.

ބުދަ ދުވަހު ފަށާ ބައްދަލުވުމުގައި ރަޝިއާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް އެވެ. ތާލިބާން ވަފުދުގައި އެންމެ އިސްކޮށް ހުންނާނީ ޑެޕިއުޓީ ބޮޑު ވަޒީރު އަބްދުލް ސަލާމް ހަނަފީ އެވެ.

މިދިޔަ ހަފުތާގައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ތާލިބާނުން ބޭއްވި ބައްދަލުވުންތަކުގައި ވެސް އިސްކޮށް ހުރީ ހަނަފީ އެވެ. އޭގެ ކުރިން ތާލިބާނުން ވަނީ ތުރުކީގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.

ބައްދަލުވުންތަކަށް ފަހު އީޔޫ އިން ބުނީ އަފްގާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިން އަރައިގަތުމަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން އިސްވެ ފަށާ ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އަފްގާނިސްތާނަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތައް ބެލުން ކަމަށެވެ.

އެޖެންޑާގައި އިތުރަށް ހިމެނެނީ "ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ހެދުމާއި" އައިއެސްގެ ނުރައްކާ އޮތް މިންވަރާ ގުޅޭ ވާހަކަތަކެވެ.

މީގެ ކުރިން ވެސް ރަޝިއާ އިން ވަނީ ތާލިބާނުންގެ އިސް އޮފިޝަލުން އެ ގައުމަށް ގެނެސް ބައްދަލުވުންތައް ބާއްވާފަ އެވެ. ނަމަވެސް ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރަޝިއާ އިން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox