ޖިނާއީ އިޖުރާއަތު ފާސް ކުރި އިރުގެ ޔައުމިއްޔާތައް ހޯދަނީ އަލީ ވަހީދު މައްސަލައިގައި ގާނޫނު މާނަ ކުރުމަށް

އަލީ ވަހީދު: ޕްރީ ޓްރަޔަލް މޯޝަންގައި އެދިފައި ވަނީ ދައުވާ ބާތިލްކޮށްދެއްވުމަށް -- ފޮޓޯ: އަދަދު ފައިލް

އަލީ ވަހީދު: ޕްރީ ޓްރަޔަލް މޯޝަންގައި އެދިފައި ވަނީ ދައުވާ ބާތިލްކޮށްދެއްވުމަށް -- ފޮޓޯ: އަދަދު ފައިލް

ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ކޮމިޓީތަކުގެ ޔައުމިއްޔާ ހޯދަން ކުރިމިނަލް ކޯޓުން އެދުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހިންގާ ޖިންސީ އަނިޔާ ކުރުމާއި ރޭޕު ކުރަން އުޅުމުގެ ޝަރީއަތުގެ ބޭނުމަށްކަން އެނގިއްޖެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސް ކުރިއިރު މަޖިލީހުގައި ދެކެވުނު ވާހަކަތައް ހޯދުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް އިއްޔެ ބޭއްވި ރައްޔިތުންގެ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އޮތީ ވިދާޅުވެފަ އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން މަޖިލީހުގެ ޔައުމިއްޔާތައް ހޯދަނީ އަލީ ވަހީދުގެ ފަރާތުން ޝަރީއަތަށް ހުށަހެޅި ނުކުތާއަކާ ގުޅިގެންނެވެ. އޭނާގެ މައްޗަށް އުފުލާ ދައުވާތައް ބާތިލް ކުރުމަށް އެދިވަޑައިގެން، އަލީ ވަހީދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ޕްރީ ޓްރަޔަލް މޯޝަންގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. މަޖިލިސް ކޮމިޓީގެ ޔައުމިއްޔާތައް ހޯދަނީ މި ނުކުތާއާ ގުޅިގެން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާ މާނަކުރުމަށް ކަމަށް 'އަދަދު' އަށް ވަނީ އެނގިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ) އާ ހިލާފަށް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވެއެވެ.

titledesc

އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްފައިވަނީ މި މާއްދާއާ ހިލާފަށްކަމަށް އޭނާގެ ފަރާތުން ބުނާ ސަބަބަކީ ކުށުގެ އަމަލެއްގެ ގޮތުން އަލީ ވަހީދު ކުރީ ކޮން އަމަލެއްކަން ދައުވާގައި ސާފުކޮށް ބަޔާންކޮށްފައި ނެތުމާއި، ކުށުގެ އަމަލު ހިނގި ތާރީހާއި ވަގުތު ބަޔާންކޮށްފައި ނެތުމާއި، އެ ކުށަކީ މީހަކާ ދެކޮޅަށް ކުރެވުނު ކުށެއް ކަމަށް ބުނާއިރު އަނިޔާލިބުނު މީހުންގެ ނަން ސިއްރު ކުރުމެވެ.

މި ނުކުތާއަށް ޖަވާބު ދެމުން ދައުލަތުން ބުނެފައި ވަނީ އަނިޔާލިބުނު މީހުންގެ މައުލޫމާތު ދައުވާގައި ހިމަނާފައި ނުވަނީ އެ މީހުންނަކީ މި މައްސަލައިގައި ހެކިބަސްދޭނޭ ފަރާތްތަކަކަށްވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ނ) ގެ ދަށުން ހެކި ސިއްރު ކުރުމުގެ ބޭނުމަށް ކަމަށެވެ. އަދި ދައުވާގައި ހާދިސާ ހިނގި ސީދާ ތާރީހާއި ވަގުތު ބަޔާންކޮށްފައި ނެތްނަމަވެސް، އެ ހާދިސާ ހިނގި މުއްދަތު ޖުމުލަކޮށް ބަޔާންކޮށްފައި ވާނޭކަމަށްވެސް ދައުލަތުން ބުނެފައި ވެއެވެ.

މި މައްސަލައިގައި މިހާރު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތް ނިންމުމެވެ. އަލީ ވަހީދު ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ބައެއް އަޑުއެހުންތަކުގައި ބައިވެރިވެ، ޝަރީއަތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެހެންނަމަވެސް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުއްޓާ އެ މައްސަލައިގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މެދުކެނޑިފަ އެވެ.

އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭނާ ތުރުކީ މަގުން ލަންޑަނަށް ވަޑައިގެންނެވީ ފުރުން މަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރުމާއެކު އެވެ. އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ރާއްޖެ ވަޑައިގަތުމަށް މިހާރު ކޯޓުން ވެސް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox