ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާކުރެވޭނެ ހާލަތުތައް ތަފްސީލުކޮށްދީފި

ސުޕްރީމް ކޯޓު ކުރިމަތިން މީހަކު ހިނގާފައި ދަނީ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހައިސިއްޔަތުން އެ ކޯޓުން ނިންމާ މައްސަލައެއް މުރާޖައާކުރެވޭނެ ހާލަތްތައް އެ ކޯޓުން ވަނީ ގަޒިއްޔާއެއްގައި ތަފްސީލުކޮށްދެއްވާފަ. ފޮޓޯ: އަދަދު

ސުޕްރީމް ކޯޓު ކުރިމަތިން މީހަކު ހިނގާފައި ދަނީ. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހައިސިއްޔަތުން އެ ކޯޓުން ނިންމާ މައްސަލައެއް މުރާޖައާކުރެވޭނެ ހާލަތްތައް އެ ކޯޓުން ވަނީ ގަޒިއްޔާއެއްގައި ތަފްސީލުކޮށްދެއްވާފަ. ފޮޓޯ: އަދަދު

ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ނިންމާ މައްސަލައެއް އަލުން މުރާޖައާކުރުމަށް ހުށަހެޅިދާނެ ހާލަތުތައް އެ ކޯޓުން ތަފްސީލުކޮށްދީފި އެވެ.

ސުޕްރީމް ކޯޓުން އެ ހާލަތުތައް ތަފްސީލުކޮށްދެއްވީ މުރާޖައާކުރުމަށް އެދި މ. ތްރީއޭވިލާ އަބްދުﷲ އަލީ އެކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.

އެ މައްސަލައިގަ އެދިފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާ ކުރުމަށެވެ. އެ މައްސަލަ މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން ހުށަހެޅިއިރު، އެ މައްސަލައިގަ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއް އާއްމުކޮށް ކަނޑައެޅޭ ފަހު ނިޔާގެ ހާލަތަށްވުރެ އިތުރަށް މުރާޖައާކުރުމަށް ހުށަހެޅޭނެ ހާލަތުތައް ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ.

Advertisement

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ތާއިދުކުރެއްވި އެ މައްސަލައިގަ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، އާންމު އުސޫލެއްގެ ގޮތުން ސުޕްރީމް ކޯޓުން މައްސަލައެއް ނިންމުމުން އޭގެ މާނައަކީ، އެ ނިންމުމަކީ އެ ހުސޫމަތުގެ މައްޗަށް ނިންމޭ އާހިރު ނިންމުން ކަމުގަ އެވެ. އެހެންނަމަވެސް އެ މައްސަލައަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް ގާނޫނާ ހިލާފް ނިންމުމަކަށްވުން ފަދަ ހާލަތެއް އޮތްނަމަ އެ މައްސަލަ މުރާޖައާކުރުމަށް ހުށަހެޅިދާނެ ކަމަށް އެ ރައުޔުގައިވެ އެވެ. އަދި މައްސަލަ ނިންމިފަހުން އާ ހެކި ލިބި، އެ ހެއްކަށް ރިއާޔަތްނުކޮށްފިނަމަ ނުވަތަ އިތުރު ސަބަބަކާހުރެ ވެސް ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެދާނޭކަން އެނގެން އޮންނަ ހާލަތުގައިވެސް އެ ނިންމުން މުރާޖައާ ކުރެވިދާނޭކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް އެ މައްސަލައިގަ، ކުރިން ހުށަހެޅުނު ހެއްކަކާބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ބަހުސްކުރުމަށް ޖާގަ އޮތުމަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން މުރާޖައާ ކުރަން ހުށަހެޅުމަށް ލިބޭނޭ ފުރުސަތެއް ނޫންކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވެއެވެ.

ކޮންމެ މައްސަލައެއްގައިވެސް ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެ މައްސަލައެއްގެ ފައިސަލާ ކުރަނިވި ނިޔާ އެވެ. އެއީ ދައުލަތުގެ އެންމެ މަތީ އިސްތިއުނާފީ ކޯޓުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމުގެ ތަބީއަތާ ޒާތުގައި ހިމެނޭ އެންމެ މައިގަނޑު ސިފަ އެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފާޅުކަން ބޮޑު ބޭއިންސާފެއް ނުވަތަ "ގްރޮސް އިންޖަސްޓިސް" އެއް މެދުވެރިވެފައިވާނަމަ މުރާޖައާ ކުރަން ހުށަހެޅޭނެ ތިން ހާލަތެއް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބަޔާންކޮށްދެއްވާފައި ވެެއެވެ.

titledesc

އެހެންނަމަވެސް، ހުކުމެއް މުރާޖައާކުރަން އެދި ހުށަހަޅާ ހުކުމަކީ އިސްތިއުނާފަށް ހުށަހަޅަން އޮންނަ ފުރުސަތެއް ކަމަށް ދެކިގެން ނުވާނޭކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެއާއެކު، ކޯޓުން ނިންމާ ނިންމުމެއް ނިންމުމަށް ބޭނުންކުރި އުސޫލެއް ނުވަތަ ގާނޫނެއް މާނަކޮށްފައިވަނީ ނުވަތަ އިޖުރާއަތެއް ހިންގާފައިވަނީ ގޯސްކޮށްކަމަށްވީ ނަމަވެސް ހަމައެކަނި އެ ސަބަބަށްޓަކައި އެ މައްސަލައެއް މުރާޖައާކުރުމުގެ އިހުތިޔާރު ކޯޓަކަށް ލިބިގެން ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.

ބައެއް ފަހަރު އެންމެ ވޭންދެނިވި ހަގީގަތަކީ ދައުލަތުގެ އެންމެ މަތީ ކޯޓަށް ކުށެއް ހެދުނުނަމަވެސް އެކަމަކީ އާންމު ގޮތެއްގައި އެކަން އިސްލާހުކޮށް ރަނގަޅުކޮށް ދެވޭނޭ ކަމަކަށް ނުވުމެވެ. އާދޭހެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ އެވެ.

ފަހު ނިޔާ ކަނޑައަޅާ ކޯޓުގެ ހައިސިއްޔަތުން މައްސަލައެއް މުރާޖައާ ކުރެވޭނީ ނުވަތަ ބަދަލެއް ގެނެވޭނީ ވެސް ކުރިން ބުނެވުނު ހާލަތުތަކުގައި އެކަނިކަމަށް އެ ރައުޔުގައި ވެއެވެ. ސުޕްރީމް ކޯޓުގެ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅުމުގެ އެއްވެސް މަގެއް ނޯންނާނެކަމަށާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ މަގްސަދަކީ ވެސް އެފަދަ އިސްތިއުނާފުގެ ފުރުސަތެއް ދިނުން ނޫންކަމަށް ވެސް ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވި އެވެ.

މާއްދާ 24ގެ މަގްސަދަކީ ކޮބާ؟

ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ މަގްސަދަކީ މައްސަލައެއް ނިންމުމުގައި ސުޕްރީމް ކޯޓަށް އަސާސީ ގޯހެއް ހެދިފައި އޮތުމުން ނުވަތަ އަސާސީ ކަމެއް ދޫވެފައި އޮތުމުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާނަމަ އެފަދަ މައްސަލަތައް މުރާޖައާކުރަން ކޯޓަށް ހުށަހެޅުމުން، އެކަމެއް އިސްލާހުކޮށް ރަނގަޅުކުރުމަށް ކޯޓަށް ލިބިދީފައި އޮންނަ ފުރުސަތެކެވެ.

އެހެންނަމަވެސް، އެއީ މައްސަލައިގަ ނާކާމިޔާބުވި ފަރާތަކަށް އަލުން އެ މައްސަލާގައި ބަހުސްކޮށް އެ ނާކަމިޔާބުގެ ޖަޒުބާތުގެ ތެރޭގައި މައްސަލަ އަލުން ބަލަން އެދި ހުށާހަޅަން އޮންނަ ފުރުސަތެއް ނޫންކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ބާރުއަޅުއްވައި ފާހަގަކުރައްވާފަ އެވެ.

ނިންމުންތައް މުރާޖައާ ކުރެވޭނޭ ހާލަތުތައް ތަފްސީލުކޮށްދީ ސުޕްރީމް ކޯޓުން ނިންމި އެ ގަޒިއްޔާގައި ވެސް ވަނީ މުރާޖައާ ކުރުމަށް ހުށަހެޅި މައްސަލައިގައި ފާޅުކަން ބޮޑު ބޭއިންސާފެއް އޮތްކަން މައްސަލަ ހުށަހެޅިފަރާތަށް ބުނެދެވިފައި ނުވާތީ އެ މައްސަލަ މުރާޖައާކުރަން ބަލައިނުގަތުމަށް ނިންމަވާފަ އެވެ.

"ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމުގެ ސަބަބުން ކުރިމަތިވި ފާޅުކަންބޮޑު ބޭއިންސާފެއް މައްސަލަ ހުށަހެޅި ފަރާތުން މި ކޯޓަށް ދައްކައި ދީފައި ނުވެ އެވެ. ވީމާ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މައްސަލައެއް މުރާޖައާ ކުރުމަށް ކަނޑައަޅާފައިވާ އުސް އޮޅިގަނޑު ގިރާކުރެވިފައެއް ނުވެ އެވެ." ސުޕްރީމް ކޯޓުގެ ނިންމުމުގައި ވިދާޅުވެފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox