އެމްއެންޔޫ ބުކް ފެއާގައި ހުސް "ދިވެހި" ފޮތް، ލިޔުންތެރިން ބުނަނީ ސަޅި އޭ!

އެމްއެންޔޫ ބުކްފެއާ ގެ ތެރެއިން

އެމްއެންޔޫ ބުކްފެއާ ގެ ތެރެއިން

މީގެ ތިން ދުވަސް ކުރިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަށައިގެން ކުރިއަށް އެ ގެންދާ "ބުކް ފެއާ"ގެ އެންމެ ސަޅީ އެތަނުގެ "ވައިބް" އެވެ. ދަނާލު ކުރިމައްޗަށް ހުރި ދޮރާށިން އިމާރާތައް ވަންނަން އޮންނަ ހޯލްވޭ ގެ ދެ އަރިމަތީގައި މޭޒުތަކެއް އަތުރައިގެން ފޮތް ވިއްކަން ތިބީ ހުސް ދިވެހި ލިޔުންތެރިންނެވެ. ޅެންވެރިންނެވެ. އެމީހުން ޝޯކޭސް ކުރަން ތިބީ، އެމީހުން ލިޔުނު ފޮތްތަކާއި މައުރަޒުން މޭޒު ނުލިބުނު ދިވެހި ލިޔުންތެރިންގެ ފޮތްތަކާއި އެތަނުން ފެނި ރައްޓެހިވި އެހެން ލިޔުންތެރިންގެ ފޮތްތަކެވެ. ދިވެއްސަކަސް، އިނގިރޭސި އަކަސް، އެތަނުގައި އޮތީ ހުސް "ދިވެހި" ފޮތެވެ.

"ދެރަ ކަމަކީ މި ތަންކޮޅު ކުޑަ ކަން. މިއަށްވުރެ ބޮޑުކޮށް، މިއަށްވުރެ ގިނަ ލިޔުންތެރިންނަށް މޭޒު ލިބުނު ނަމަ ވަރަށް ފުރިހަމަވީސް. އެކަމަކު މިހާރު ވެސް ވަރަށް ތަފާތު މާހައުލެއް މި އޮތީ. އަޅުގަނޑުމެން ލިޔާ މީހުން އެންމެން އެއްތަނަކުން ދިމާވީމަ ވަރަށް ތަފާތު އުފާވެރިކަމެއް މި ލިބުނީ،" ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް، ޑިންޑިން ކޮއެލްގެ މުސައްނިފް، ލީނާ އަލީ ބުންޏެވެ.

މޭޒުތައް ގުޅުވައިގެން ދިހަވަރަކަށް ފޫޓުގެ ބޮޑު އެއް މޭޒަށް ހަދާފައި ހުރި އެތަނުގައި އެކަނިވެސް ހައެއްކަ ލިޔުންތެރިންގެ ފޮތް ހިމަނާފައިވެ އެވެ. ފޮތްތަކަށް އޮތީ، ކުޑަކުދިންގެ ވާހަކަ ފޮތްތަކުން ފެށިގެން ގޮސް ލޯބީގެ ދިވެހި ވާހަކަ އާއި ތަރުޖަމާ ފޮތްތަކާއި އިލްމީ ފޮތްތަކެވެ. އަދަބީ ދީނީ އަދި ޅެންވެރިންގެ ފޮތް ވެސް މައުރަޒުގައި ހިމަނާފައިވެ އެވެ. ކޮންމެ ފޮތެއްގެ ބޭރުގައި ބުކްޝޮޕް ތަކުން ފޮތް ލިބެން ހުރި އަގާއި، ފެއާ އިން ފޮތް ގަނެވެން ހުރި އެންމެ ހެޔޮ އަގު ގަނޑުކޮޅެއްގައި ލިޔެ ހަރުކޮށްފައި ވެ އެވެ.

Advertisement

އެމްއެންޔޫ ބުކްފެއާ ގެ ތެރެއިން
އެމްއެންޔޫ ބުކްފެއާ ގެ ތެރެއިން

އެމްއެންޔޫ ބުކްފެއާ ގެ ތެރެއިން

"އާންމުކޮށް ރާއްޖޭގައި ބާއްވާ ބޮޑެތި ފެއާ ތަކުގައި ގިނަ ފުރުސަތު ދޭނީ ބުކްޝޮޕްތަކަށް. އޭގެ ބަދަލުގައި ލިޔުންތެރިން އަމިއްލަ އަށް ފޮތް ހިފައިގެން އައިސް މިގޮތަށް ވިއްކާ އިރު މި ފައިދާ ވަނީ ލިޔުންތެރިޔާ އަށް ވެސް. ގަންނަ މީހާ އަށް ވެސް ފޮތް އަގުހެޔޮކޮށް ލިބޭތީ އެ ފައިދާ އެބަ ލިބޭ،" ލީނާ ބުންޏެވެ.

އޭނާ ބުނީ، ހުސް ދިވެހި ލިޔުންތެރިންގެ ފެއާ އަކަށް ވާތީ ދިވެހި ލިޔުންތެރިން ލިޔެފައި ހުންނަ އިނގިރޭސި ފޮތްތަކާއި، ދިވެހި ފޮތްތައް އެއްތަނަކުން ބަލައިލަން ލިބުމަކީ ދިވެހި ފޮތް ކިޔަން ޝައުގުވެރިވާ މީހުންނަށް ބޭނުންވާ ފޮތް ހޯދަން ލިބޭނެ ވަރަށް ފަސޭހަ ފުރުސަތެއް ކަމަށެވެ.

އެމްއެންޔޫ ބުކް ފެއާ ގެ ތެރެއިން
އެމްއެންޔޫ ބުކް ފެއާ ގެ ތެރެއިން

އެމްއެންޔޫ ބުކް ފެއާ ގެ ތެރެއިން

"ހާއްސަކޮށް، ކުޑަކުދިންގެ ދިވެހި ފޮތް ގަންނަން ވަރަށް އުނދަގޫވޭ ގިނަ ބެލެނިވެރިންނަށް ވެސް، ޓީޗަރުންނަށް ވެސް. މި ފެއާ އިން ހަމަ ޔަގީނުން ވެސް އެކަން އެބަ ފަސޭހަކޮށްދެވޭ،" ޑިންޑިން ކޮއެލް އިން ފެށިގެން، ދޮންތި ސީރީޒް އާއި މާހީމާހީ ފަދަ ފޮތްތައް އަތުރާފައިވާ މޭޒު ކައިރީގައި ހުރި ލީން ބުންޏެވެ.

ލީނާ ފާހަގަކުރީ، މައުރަޒުގެ ތެރެއިން ލިޔުންތެރިންގެ ގުޅުން ބަދަހިވި މިންވަރެވެ.

"އަޅުގަނޑުމެން މޭޒު ކައިރީގައި ވެސް މިހާރު މި ތިބެނީ ޑިއުޓީ ބަހާލައިގެން،" ލީނާ ބުންޏެވެ.

އިޖްތިމާއީ ތަރައްގީ ފަދަ ދާއިރާތަކަށް ލިޔުއްވާ އަހުމަދު ޝިޔާމް ވެސް ފާހަގަކުރީ ހަމަ އެއް މައްސަލަ އެވެ. ގިނަ ލިޔުންތެރިންނަށް މޭޒު ލިބޭ ގޮތަށް، ބޮޑު ތަނެއްގައި މިހާރަށްވުރެ ބޮޑު ފެއާ އެއްގެ ގޮތުގައި މި ކޮންސެޕްޓުގެ ފެއާ ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރި އެވެ.

"ދިވެހި ލިޔުންތެރިންގެ މަސައްކަތް ކުރިއަރުވަން މިކަހަލަ ފުރުސަތު ވަރަށް ބޮޑަށް އެބަ ބޭނުންވޭ. މިތަނަށް ބެއްޔަސް އެބަތިބި ވަރަށް އަލަށް ލިޔަން ފެށި މީހުން ވެސް. އެއީ އެފަދަ ލިޔުންތެރިންނަށް ވެސް ލިބޭ ބޮޑު ފުރުސަތެއް،" ޝިޔާމް ބުންޏެވެ.

ޅެންވެރިޔާ އާއިޝަތު ހުސެއިން ވެސް ފާހަގަކުރެއްވީ ވެސް އެކަމެވެ.

އެހެންވީމަ، މާދަމާ ރޭ 10:00 ގެ ނިޔަލަށް އެމްއެންޔޫ ގައި އޮތް މި ބުކް ފެއާ ވަރަށް ސަޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox