އިންޑިއާ އަށް ބޯކޮށް ވާރޭވެހި ގިނަ ބަޔަކު މަރުވެއްޖެ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގަންގާ ކޯރުގެ ފެންގަނޑު އުފުލި ބަންޑުން ވާން ކައިރިވެފައި. -- ފޮޓޯ: އޭއެފްޕީ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގަންގާ ކޯރުގެ ފެންގަނޑު އުފުލި ބަންޑުން ވާން ކައިރިވެފައި. -- ފޮޓޯ: އޭއެފްޕީ

ދޭހްރަދުން، އިންޑިއާ (އޮކްޓޯބަރު 19) - އިންޑިއާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

އިންޑިއާގެ އުތުރަށް ދުވަސްތަކެއް ވަންދެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާއި ފެން ބޮޑުވުމުގެ ހާދިސާތަކުގައި 15 މީހުން މަރުވެ، ބަޔަކު ވަނީ ގެއްލިފަ އެވެ.

އިންޑިއާގެ ދެކުނުގައި އޮންނަ ކެރަލާ ސްޓޭޓަށް ވެސް ހުކުރު ދުވަހުން ފެށިގެން މޫސުން ގޯސްވެ، ފެންބޮޑުވުމުގެ ސަބަބުން 27 މީހުން މަރުވެފައިވެ އެވެ. އެ ސްޓޭޓަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އުއްތަރްހާންދް ސްޓޭޓުގެ އޮފިޝަލުން ބުނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އަންގާރަ ދުވަހު 10 މީހުން މަރުވި ކަމަށެވެ. ހޯމަ ދުވަހު ވެސް އެފަދަ ހާދިސާތަކުގައި އެ ސްޓޭޓުން ފަސް މީހުން މަރުވި އެވެ.

އަންގާރަ ދުވަހު މަރުވި މީހުންގެ ތެރެއިން ނައިނިތާލް އަވަށުން ފަސް މީހުން މަރުވީ "ކްލައުޑްބާސްޓް" ނުވަތަ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން ބިންގަނޑު ކަނޑައިގެން ގޮސް ފާބައިގެން ދިޔަ ފަސްތައް އެ މީހުންގެ ގެތަކަށް ވަނުމުންނެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ނެރިފައިވާ މޫސުމާ ބެހޭ އެލާޓް ވަނީ ދިގުދަންމާލައިފަ އެވެ. ކުރިއަށް އޮތް ދެ ދުވަހު އުތުރުގެ ސަރަހައްދަށް "ވަރަށް ބޯކޮށް" ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ހޯމަ ދުވަހު އެކަނިވެސް ބައެއް ހިސާބުތަކަށް 400 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އުއްތަރްހާންދް ސްޓޭޓުގެ ސްކޫލުތަކާއި ދީނީ އަދި ޓޫރިސްޓު ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލަން ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގާފަ އެވެ. ޓީވީން ދެއްކި މަންޒަރުތަކުން ފެންނަނީ ނައިނިތާލް ފެންގަނޑު ކައިރިން ކަކުލާ ހަމައަށް ފެންބޮޑުވެފައިވާ ތަނެވެ.

ގަންގާ ކޯރު ފުރިގެން ބަންޑުން ވާން ފަށާފައި ވާއިރު، ކޯސީ ކޯރު ވެސް ބަންޑުންވެ 100 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާމްގަރްގެ ރިސޯޓެއްގައި ތާށިވެފަ އެވެ.

އިންޑިއާގެ ފަރުބަދަ މަތީ އުތުރުގެ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް އާއްމުކޮށް ހިނގަ އެވެ. ނަމަވެސް މޫސުމީ ބަދަލާއެކު ވާރޭ ވެހޭ މިންވަރު އިތުރުވަމުން ދާތީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ކުރިއަށް ވުރެ އިތުރުވެއްޖެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އޭގެ އިތުރުން ޖަންގަލީގެ ގަސްތައް ކެނޑުމާއި ކޯރުތަކުގައި ހައިޑްރޯ އިލެކްޓްރިކް ޑޭމް އިމާރާތް ކުރާތީ ވެސް ބިންގަނޑު ކަނޑައިގެން ދާން މެދުވެރިވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އުއްތަރްހާންދް ސްޓޭޓުގެ އަވަށެއްގައި ކުއްލިއަކަށް ފެންބޮޑުވެ 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ކުރިން 2013 ވަނަ އަހަރު ވެސް ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައި 5،700 މީހުން އެ ސްޓޭޓުން މަރުވި އެވެ.

އިންޑިއާގެ ދެކުނުގައި އޮންނަ ކެރަލާ އަށް ވެސް މި ހަފުތާގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މިހާތަނަށް 27 މީހުން މަރުވެފައި ވެ އެވެ.

އެ ސްޓޭޓުގެ ކޯރުތައް ފުރި، ޑޭމް ފަޅައިގެން ގޮސް، އިތުރަށް ފެންބޮޑުވުމުގެ ބިރު އޮތުމާއެކު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ އަންގާރަ ދުވަހު މޫސުން ކުޑަކޮށް ރަނގަޅުވުމަށް ފަހު، ކުރިއަށް އޮތް ދެ ދުވަހު އަނެއްކާވެސް ކެރަލާ އަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox