ނަދީމު މަރާލި މައްސަލަ ނިމުމަކާ ގާތަށް، ދެން އޮތީ ހުލާސާ ބަޔާން އިއްވުން!

ނަދީމުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ޝަރީއަތުގެ މަޖިލީހުގައި ---

ނަދީމުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ޝަރީއަތުގެ މަޖިލީހުގައި ---

ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލަ ހަތަރު އަހަރަށްފަހު ނިމުމަކާ ގާތަށް އައިސްފި އެވެ.

އެ ކެފޭ ތެރޭގައި ނަޑޭ އިންދައި މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދީ މަރާލީ 2017 ޖުލައި 27 ވަނަ ދުވަހުގެ ރޭ 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވަނީ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށެވެ.

Advertisement

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ހެއްކާ ބެހޭ ގޮތުން ދިފާއުން ވާހަކަ ދެއްކުމެވެ. އެގޮތުން މާރާމާރީ ހިނގި ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުން ފާހަގަވި ބައެއް ކަންކަމަށް އަލިއަޅުވާލައްވަމުން ދިފާއީ ވަކީލް ވިދާޅުވީ އެ ހާދިސާ ހިނގި ކްރައިމް ސީން ރައްކާތެރިކުުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

އަދި ހާދިސާ ހިނގި ތަނުގައި ދައުވާ ރައްދުވާ ފަރާތްތައް ނެތް ކަމަށާއި، މަންޒަރު ދުށް ކަމަށް ބުނާ ސިއްރު ހެކިންގެ ހެކިބަހުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހަމަލާދިން ވަޅި ކުށުގެ ވެށިން ފެނިފައިވާއިރު، އެވަޅިންނާއި، އެ ސަރަހައްދުން ފެނުނު ލޭ ހުރި ގަމީހާއި ޓީޝާޓުން ޑީއެންއޭ ނަގާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ތަކެތިން ފިންގާ ޕްރިންޓްވެސް ހޯދަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަކޮށް، ދިފާއުން ވަނީ ފުލުހުންގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ، ގިނަ ކަންކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

ދެން ދިފާއުން ފާހަގަކުރީ މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ވީޑިޔޯ ފޫޓޭޖްއާ ގުޅިގެން ފާހަގަކުރެވުނު ބައެއް ކަންކަމެވެ.

އެގޮތުން އެ ފޫޓޭޖްތަކުގެ ޗެއިން ފެންނަން ނެތްކަން ފާހަގަކޮށް ދިފާއުން ވަނީ އެ ވީޑިޔޯ ފޫޓޭޖް ނަގާފައިވާ ތާރީހުވެސް އެނގެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފޫޓޭޖްތައްވެސް ސާފު ނޫން ކަމަށް ޝަރީއަތުގައި އެނަލިސްޓް އެއްބަސްވެފައިވާ ކަމަށާއި، މާލެތެރޭގައި ހުރި ހުރިހާ ކެމެރާތަކުން އެ ހާދިސާގެ ވަގުތުތައް ގުޅުވާލެވޭ ގޮތަށް މަންޒަރުތަކެއް ފެނިފައި ނުވާކަން ދައުލަތުންވެސް އެއްބަސްވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

އެގޮތުން މަސްއޮޑިގޭ ސަރަހައްދުން ފެންނަކަމަށް ބުނާ ފޮޓޯ ފިޔަވާ އެނެލިސިސްއަކަށް ބޭނުންވާ މިންވަރަށް ސާފު އެއްވެސް ފޮޓޯއެއް ރިޕޯޓުގައި ނެތްކަން ދިފާއުން ފާހަގަކުރި އެވެ.

"އެއްވެސް ފުޓޭޖަކުން މޫނުނިވާކޮށްގެން ތިބި ބަޔަކު ނުފެނޭ ވަޅި ހިފައިން ތިބި ބަޔަކު ނުފެނޭ, ޓާމިނަލް ކެފޭއަށް ބަޔަކު ވަންނަ މަންޒަރެއް ނުކުންނަ މަންޒަރެއް ނުވަތަ ހިނގާފައި ނުވަތަ ދުވެފައިވިޔަސް އެސަރަހައްދުގައި ބަޔަކު އުޅޭ މަންޒަރެއް ފެންނަ ފުޓޭޖެއް ނެތް" ދިފާއީ ވަކީލު ވިދާޅުވި އެވެ.

މި މައްސަލާގައި ދައުލަތުން ދެއްކި ވާހަކަތައް

ނަދީމްގެ މަރުގެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ.

އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވަދެ ނަދީމަށް ހަމަލާދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަކުރި އެވެ. ދައުލަތުން ބުނާ ގޮތުގައި މަފާޒްއާ އެކު ޓާމިނިލް ކެފޭ ތެރެއަށް ވަދެ އަދި އޭނާއެކު ނިކުމެގެން ގޮސްފައިވަނީ އަލީ ނިފާޒް އެވެ.

މީގެ އިތުރުން ނަދީމަށް ހަމަލާ ދިނުމަށްފަހު ތިން ސައިކަލުގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ. ޓާމިނަލް ކެފޭއަށް ވަން މަފާޒާއި ނިފާޒް ފިލި ކަމަށް ދައުލަތުން ބުނަނީ އެ ދެމީހުން ބަލައި އައި ދެ ސައިކަލެއްގެ ފަހަތުގަ އެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލް އިނީ ސައިކަލުގައި އެކަނި ކަމަށް ބުނެ އެވެ.

މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ.

މި މައްސަލައާއި ގުޅިގެން ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން ތާވަލް ކުރި ދުވަހެއް ގާޒީ ވިދާޅުވެފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox