ނަޕޯލީގެ ސައްތަ އިން ސައްތަ ރެކޯޑް ކުރިއަށް

Oct 18, 2021, 3:17 AM
ރޭގެ މެޗުގެ ތެރެއިން ނަޕޯލީގެ އޮސިމްހެއިން މެއިން ބޯޅަ ކޮންޓްރޯލްކުރަނީ.

ރޭގެ މެޗުގެ ތެރެއިން ނަޕޯލީގެ އޮސިމްހެއިން މެއިން ބޯޅަ ކޮންޓްރޯލްކުރަނީ.

ނޭޕްލްސް، އިޓަލީ (އޮކްޓޫބަރު 18) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 1-0 އިން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ނަޕޯލީ ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.

ނަޕޯލީ މި މެޗަށް ނުކުތްއިރު އެއް ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ މޮޅުވި އޭސީ މިލާން އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު މި ވަގުތު ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތީ ނަޕޯލީ އެކަންޏެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނަޕޯލީ އެއް ވަނައިގައި އޮތީ އަށް މެޗުން 24 ޕޮއިންޓާ އެކު އެވެ. މިލާން ދެ ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓާ އެކު އެވެ.

ނަޕޯލީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގަން ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ޖެހި ޕެނަލްޓީ ޓޮރީނޯގެ ކީޕަރު ވަންޖާ މިލިންކޮވިޗް-ސަވިޗް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ޖިއޮވާނީ ޑި ލޮރެންޒޯ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ.

މެޗުން ނަޕޯލީ މޮޅުވި ގޯލު ޖެހީ 81 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން އެވެ.

ލީގުގައި ރޭ ހޯސޭ މޮރީނިއޯގެ ރޯމާ ކުޅުނު މެޗުން ރަށުންބޭރުގައި ވަނީ ޔުވެންޓަސް އަތުން ބަލިވެފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 16 ވަނަ މިނިޓްގައި މޮއިސޭ ކީން އެވެ.

ރޯމާ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޖޯޑަން ވެރެޓޫޓް އަށެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ޔުވެންޓަސްގެ ޕޮލިޝް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. އޭގެ އިތުރުުން ރޯމާގެ ޓެމީ އަބްރަހަމް އާއި ޖިއަންލޫކާ މަންޗިނީ ޖެހި ބޯޅަތައް ވެސް ޝެޒްނީ ވަނީ ހުއްޓުވައިފަ އެވެ.

ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މެޗުން ހޯދި މޮޅާ އެކު ޔުވެންޓަސް އޮތީ އަށް މެޗުން 14 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox