ބަންގްލަދޭޝްގައި ދީނީ ހަމަނުޖެހުން ބޮޑުވެ ހަތަރު މީހަކު މަރުވެއްޖެ

ބަންގްލަދޭޝްގެ ހިންދޫ ފައްޅިއަކަށް ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝްގެ ހިންދޫ ފައްޅިއަކަށް ގެއްލުން ދީފައި. -- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (އޮކްޓޯބަރު 14) - ބަންގްލަދޭޝްގައި ދީނީ ހަމަނުޖެހުން ބޮޑުވެ ހިނގި ކުރިމަތިލުންތަކުގައި ހަތަރު މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލައިފި އެވެ.

މުސްލިމުންގެ މެޖޯރިޓީ އޮންނަ ބަންގްލަދޭޝްގައި ގިނަ ބަޔަކު ބުރާސްފަތި ދުވަހު މުޒާހަރާ ކުރަން ނުކުމެ، ހިންދޫ ފައްޅިތަކުގައި ހުޅުޖެހި އެވެ. ފުލުހުން ވަނީ އެ މީހުންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ.

ފަސް ސަތޭކައެއްހާ މީހުން ފައްޅިތަކުގައި ހުޅު ޖަހަން ފެށީ ހިންދޫ ފެސްޓިވަލެއްގައި ރާމާމަކުނު ކަލާނގެ ކަކޫ މަތީގައި ކީރިތި ގުރުއާނުގެ މުސްހަފެއް ބާއްވާ ވީޑިއޯއެއް އާއްމުވުމުންނެވެ.

ފުލުހުން ބުނީ ދެކުނު ހާޖީގަންޖް އަވަށުގައި އެއްވި މީހުންގެ ތެރެއަށް ބަޑި ޖެހުމުން ހަތަރު މީހަކު މަރުވި ކަމަށާއި 24 މީހުންނަށް އަނިޔާވި ކަމަށެވެ. އޭގެ ތެރޭގައި 15 ފުލުހުން ހިމެނެ އެވެ.

މިދިޔަ ބުދަ ދުވަހު ވެސް ހަމަނުޖެހުން ހިނގައި ހިންދޫ ދެ މީހުން މަރުވެ، 150 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އެ ދުވަހު 80 އަށް ވުރެ ގިނަ ފައްޅި އަށް ހަމަލާދިނެވެ.

ފުލުހުން ބުނީ ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ފައްޅި އަށް ވެސް ހަމަލާ ދިން ކަމަށާއި އެ ތަނުން 40 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބައެއް ހިންދޫންގެ ގެތަކަށް ވެސް ހަމަލާ ދޭން އުޅޭ ކަމުގެ ތުހުމަތުތަކާ އެކު ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ވިދާޅުވީ ކުށްވެރިން ހިފައި ހައްޔަރު ކުރާނެ ކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށާއި ދީނީ ހަމަޖެހުމާއި ސުލްހަ އަދި ސަލާމަތަށް އިސްކަން ދިނުމަށް ބާރު އަޅާ ކަމަށެވެ.

ހިންދޫ ފެސްޓިވަލާ ދިމާކޮށް ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓުގެ ތެރެއިން 22 ޑިސްޓްރިކްޓަށް ޕެރެމިލިޓަރީ ބޯޑަރު ގާޑުން ސެކިއުރިޓީ ބަލަހައްޓަން ފޮނުވާފައި ވެ އެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ދައުރުވަމުންދާ ވީޑިއޯ އާއްމު ކުރި ކަމަށް ތުހުމަތު ކުރެވޭ ފަޔާޒް ނަމަކަށް ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބަންގްލަދޭޝްއާ އަވައްޓެރި ހިންދޫ މެޖޯރިޓީ އޮންނަ އިންޑިއާ އިން ވަނީ ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބަންގްލަދޭޝްގެ 169 މިލިއަން މީހުންގެ ތެރެއިން 10 ޕަސެންޓަކީ ހިންދޫންނެވެ. ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކާ ހެދި މީގެ ކުރިން ވެސް އެ މީހުންނަށް ހަމަލާތައް އަމާޒުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox