ނިއުޕޯޓަށް 14 މިލިއަން ރުފިޔާގެ ބަދަލެއް ހައްގު ނޫން ކަމަށް ކަނޑައަޅައިފި

ޗައިޓައިމް: އެތަނަށް ބަދަލު ދޭން ނުޖެހޭ ކަމަށް ނިންމި -

ޗައިޓައިމް: އެތަނަށް ބަދަލު ދޭން ނުޖެހޭ ކަމަށް ނިންމި -

ހައުސިން މިނިސްޓްރީގެ ބުނުގެ މައްޗަށް ބިނާކޮށް، ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ ކުންފުނިން ހިންގި ނިއު ޕޯޓް ވިއުގެ ރެސްޓޯރެންޓް އެހެން ތަނަކަށް ބަދަލުކުރަން ކުރަން އެންގި މައްސަލާގައި 14 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިންއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދި އެވެ.

އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާއިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވެ އެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާއަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބުނެވެ.

އެހެންނަމަވެސް، އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފު ކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެދި ތަހުގީގުގައި ވަނީ ނިންމާފަ އެވެ.

އޭސީސީން ބުނި ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލީގެ ފައިސާ ދައްކާފައިނުވެ އެވެ. އެގޮތުން ކުލީގެ ގޮތުގައި 1,976,548.00 ނުދައްކާ އެބަ އޮތެވެ.

އަދި އެ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު އޮވެ, އެކަން މިނިސްޓްރީން ނުކޮށް އެ ކުންފުންޏަށް މަންފާވާ ގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން, ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށާއި، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވެ އެވެ. އެގޮތަށް އެއްބަސްވުމަށް ބަދަލު ގެނަ އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިވެސް ނުވެ އެވެ.

ކުންފުނިން ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް, ލިންކް ރޯޑް ހެދުމަށް ސަރުކާރުން ނެގި އެވެ. އެކަމަށް އެ ކުންފުނިން އިއުތިރާޒުކޮށްފައިނުވާއިރު އެކަން ކުރީ ރުހުމާއެކުކަން ލިޔުންތަކުން އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އަދި, އެ ތަނުގެ ބަދަލުގައި އެއްބަސްވުމަށް ބައެއް ކަންކަން އިތުރުކުރި އެވެ.

ނަމަވެސް, ޗާޓައިމްގެ ބަދަލުގައި 14,493,427.00 ރުފިޔާގެ ބަދަލެއް ސްޓްރާޑާއަށް ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ހައުސިން މިނިސްޓްރީން އެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް, އެކަން އޭސީސީން އޭރު ހުއްޓުވީ އެވެ.

އެ ބަދަލު ނުލިބި, އެއްބަސްވުން ވެސް ބާތިލްކުރި މައްސަލާގައި ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ސްޓްރާޑާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ވެއްދީ އެވެ. ނަމަވެސް, އެ ކޯޓުން ނިންމީ އެ ބިން ސަރުކާރާ ހަވާލުކުރުމަށެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އޭރު ހުކުމް ކުރި އެވެ.

މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ އިއްތިފާގުން އިއްޔެ ކުރި ހުކުމްގައި ކަނޑައެޅީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭނެ ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ދައުލަތުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާކަން ޝަރީއަތަށް ސާބިތުވި ނަމަވެސް, އެ ފައިސާ ނަގައިދޭން ނުޖެހޭ ކަމަށެވެ.

އެއީ, ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ "ޖާއިޒު ސޫރަ ދައްކައިގެން ނާޖާއިޒުކޮށް އެކި ފަރާތްތަކަށް ދޫކުރުން" ހުއްޓުވުމަށް ކަމަށް ހައިކޯޓުން ބުންޏެވެ.

ހައިކޯޓުން ބުނީ ދައުލަތް ބަނގުރޫޓުވުމާ ދިމާއަށް ދާއިރު، ދައުލަތުން އެކި ފަރާތްތަކާއެކު ކުރާ މުއާމަލާތްތަކާ ހަދާ އެއްބަސްވުންތަކުން އުފައްދާ ނުވަތަ އުފަންކުރުވާ މައްސަލަތަކުގެ ތެރެއިން އެކި ފަރާތްތަކަށް ބަދަލުގެ ނަމުގައި ފައިސާ ދޫކުރުމުގެ އެކި މައްސަލަތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތުގައި އިންނަވައިގެން ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ނިއުޕޯޓް މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކޮށްފައިވާކަމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގޭ ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެހެންވެ, އޭނާގެ މައްޗަށް ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މިހާރު މާލޭގެ މޭޔަރު މުއިއްޒުގެ އިތުރުން ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބުގެ މައްޗަށް ދައުވާކުރަން ފޮނުވި އެވެ. އޭނާގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox