ކަޝްމީރުގައި އިންޑިއާ ސިފައިންގެ ފަސް މީހުން މަރާލައިފި

ކަޝްމީރުގެ ސްކޫލެއް ކައިރީ އިންޑިއާ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ ސްކޫލެއް ކައިރީ އިންޑިއާ ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، ކަޝްމީރު (އޮކްޓޯބަރު 11) - އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ފަސް މީހުން މަރުވެއްޖެ އެވެ.

ބަޑީގެ ހަމަލާތައް ދިނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ކަޝްމީރު ފަޅިކޮށްލާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގަ އެވެ. މިއީ އެލްއޯސީ ކައިރީގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަން މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނާއި އިންޑިއާ އިން އެއްބަސްވި ފަހުން އެ ތަނުގައި ދިން އެންމެ ބޮޑު ހަމަލާ އެވެ.

ނަވާރަ ސަތޭކަ ސާޅީސް ހަތް ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން މިނިވަންވުމާއެކު ދެ ގައުމުގެ މެދުގައި ކަޝްމީރު އޮންނަނީ ފަޅިކޮށްލާފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް މުޅި އެ ސަރަހައްދަށް އެއްކޮށް ދައުވާ ކުރެ އެވެ.

Advertisement

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހަތިޔާރު ހިފައިގެން އުޅޭ ގްރޫޕުތަކުން ބޭނުން ވަނީ ޕާކިސްތާނުގެ ދަށަށް ކަޝްމީރު އެއްކޮށް ބަދަލު ކުރުމަށެވެ. އެކަން ހާސިލް ކުރުމަށް އިންޑިއާ ސިފައިންނަށް އެ މީހުން ހަމަލާދޭތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެ ހަމަނުޖެހުމުގައި އެތައް ހާސް ބަޔަކު މިއަދާ ހަމައަށް މަރުވެފައި ވާއިރު، އިންޑިއާ އިން ތުހުމަތު ކުރަނީ ހަތިޔާރު ހިފައިގެން އުޅޭ ގްރޫޕުތަކަށް ޕާކިސްތާނުން އެހީވާ ކަމަށެވެ.

އިންޑިއާއާ ދެކޮޅު ގްރޫޕަކުން ދިން ހަމަލާތަކުގައި ދާދި ފަހުން އާއްމުންގެ ގިނަ ބަޔަކު މަރުވެފައި ވެ އެވެ. މިދިޔަ ހަފުތާގައު ހަ ދުވަސް ތެރޭ ހަތް މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.

ހަމަލާތަކާ ގުޅިގެން ތުހުމަތު ކުރެވޭ 500 އެއްހާ މީހުން ހައްޔަރުކޮށްފައި ވާއިރު، މައި ސަރުކާރުން ފޮނުވި ޓެރަރިޒަމާ ދެކޮޅު އިސް ޖާސޫސީ އޮފިޝަލެއް މިހާރު އަންނަނީ ސްރީނަގަރްގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox