ބޯޑަރު މައްސަލާގައި ޗައިނާ އާއި އިންޑިއާގެ މަޝްވަރާއިން ކުރިއެރުމެއް ނުލިބުނު

ހިމަލަޔާ ފަރުބަދަ ތެރެއިން ދެ ގައުމުގެ މެދުގައިވާ ބޯޑަރު މައްސަލާގައި ޗައިނާ އާއި އިންޑިއާއިން މީގެ ކުރިން ހަމަލާ ބަދަލުކުރި. -- ފޮޓޯ: އޭއެފްޕީ

ހިމަލަޔާ ފަރުބަދަ ތެރެއިން ދެ ގައުމުގެ މެދުގައިވާ ބޯޑަރު މައްސަލާގައި ޗައިނާ އާއި އިންޑިއާއިން މީގެ ކުރިން ހަމަލާ ބަދަލުކުރި. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 11) - ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު މައްސަލަ އަށް ހައްލު ހޯދަން ބޭއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުން އެއް ގައުމުން އަނެއް ގައުމަށް ފާޑުކިޔައިފި އެވެ.

ޓިބެޓް އާއި އިންޑިއާގެ ލަޑަކް ސަރަހައްދާ ދެމެދުގައި އޮންނަ ގަލްވަން ކޯރު ވާދީގެ މައްސަލަ ބޮޑުވެ، މިދިޔަ އަހަރު ދެ ގައުމުގެ ސިފައިން ހަމަލާ ބަދަލުކުރި އެވެ.

ދެ ގައުމުގެ އަސްކަރީ އިސް އޮފިޝަލުން މަޝްވަރާތައް ބާއްވަމުން ދިޔަ ނަމަވެސް، ކުރިއެރުމެއް ނުލިބެ އެވެ. ދެ މަހުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ބައްދަލުވުމުން ވެސް ނަތީޖާއެއް ނުފެނުނެވެ.

Advertisement

ޗައިނާ ސިފައިންގެ ތަރުޖަމާނު ލޯންގް ޝައުހުއާ ނެރުނު ބަޔާނެއްގައި އިންޑިއާ އަށް ތުހުމަތު ކުރެއްވީ "ހަމަނުޖެހޭ އަދި ހާސިލްކުރަން އުނދަގޫ" ޑިމާންޑުތައް ކުރާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ޑިމާންޑުތަކެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

ރައްދުގައި އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ "ޗައިނާ އިން ކުރިއަށް ދެވޭނެ ކަހަލަ ހުށަހެޅުމެއް ހުށަނާޅާ ކަމަށާއި އިންޑިއާގެ ހުށަހެޅުންތައް މަޝްވަރާ ކުރަން ތައްޔާރު ނޫން" ކަމަށެވެ.

އެހެން ނަމަވެސް ދެ ގައުމުގެ މެދުގައި މުވާސަލާތީ ގުޅުން ބޭއްވުމަށާއި ހަމަޖެހުން ދެމެހެއްޓުމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާ އިން ބުންޏެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި އިންޑިއާ އާއި ޗައިނާއިން ހަނގުރާމަ ކުރި އެވެ. އޭރުން ފެށިގެން ވެސް ޖެހިފައި އޮތް މައްސަލައަކީ ބިމުގެ މައްސަލަ އެވެ. ދެ ގައުމުގެ މެދުގައި ނުރަސްމީ ބޯޑަރު "ލައިން އޮފް އެކްޗުއެލް ކޮންޓްރޯލް (އެލްއޭސީ)" ގާއިމްކޮށްފައި ވާއިރު ބޯޑަރު ފޫ އަޅުވާލުމަށް ފަހު ބިން ހިފަން އުޅޭ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތު ކުރެ އެވެ.

އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގެ އަމާޒަކީ އިރުމަތީ ލަޑަކްގައިވާ އެލްއޭސީއާ ގުޅޭ ގޮތުން "ހުރި މައްސަލަތައް" ހައްލު ކުރުން ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ޗައިނާ ސިފައިންގެ ތަރުޖަމާނު ލޯންގް ވިދާޅުވީ އެ ތަނުގައި ހަމަޖެހުން ގާއިމްކުރަން ޗައިނާ އިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ނަމަވެސް ހާލަތާ މެދު "ނުބައިކޮށް ނުވިސްނުމަށް" އިންޑިއާ އަށް އިންޒާރު ދޭ ކަމަށެވެ.

އިންޑިއާ އިން ދެކޭ ގޮތުގައި މިހާރު ހުރި އެއްބަސްވުންތަކާ ހިލާފަށް އެ ސަރަހައްދުގައި ކަންކަން ހިނގާ ގޮތް ބަދަލު ކުރަން ޗައިނާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަހުގެ ކުރީކޮޅު އިންޑިއާ ސިފައިންގެ ވެރިޔާ ވިދާޅުވީ ޗައިނާ އިން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވަމުންދާ ކަމަށާއި އެހެންވެ އިންޑިއާ ސިފައިން ވެސް ފޮނުވަމުންދާ ކަމަށެވެ.

އޭގެ ކުރިން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވީ ޗައިނާގެ ބިމުގެ ސަރަހައްދަށް އިންޑިއާ ސިފައިން ވަދެފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާ އިން އެކަން ދޮގުކުރި އެވެ.

ދެ ގައުމުގެ މީޑިއާ އިން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޑަރު ކައިރީގައި ޗައިނާ އާއި އިންޑިއާގެ ސިފައިން މިދިޔަ މަހު ހަމަލާ ބަދަލުކުރި އެވެ. ނަމަވެސް ދެ ގައުމުން ވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox