އަގުތައް ތިރިކުރަން ރަނގަޅު މަސައްކަތެއް ނުކުރެވޭ ކަމަށް ލަންކާގެ ރައީސް އެއްބަސް

ޒަރޫރީ ތަކެތީ އަގު ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައި. -- ފޮޓޯ: އޭއެފްޕީ

ޒަރޫރީ ތަކެތީ އަގު ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތައް މިހާރު ވަނީ އުވާލާފައި. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (އޮކްޓޯބަރު 11) - ބޭރު ފައިސާގެ ދަތިކަން ދިމާވެ ކާބޯތަކެއްޗާއި ބޭސް އަދި އެހެން ޒަރޫރީ ސާމާނު ލިބުން ދަތިވެފައިވާ ލަންކާގައި ތަކެތީގެ އަގު މަތިވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި އެވެ.

"އަޅުގަނޑާއި ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހިދާނެ. އެއީ ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވިފައި ނުވާތީ،" ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވިދާޅުވި އެވެ.

"އެކަން އަޅުގަނޑު ބަލައިގަންނަން. އަޅުގަނޑު އެކަންޏެއް ނޫން، ހުރިހާ މިނިސްޓަރުންނާއި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް އެކަން ބަލައިގަންނަން ޖެހޭނެ،" ލަންކާ ސިފައިން އުފެދުނުތާ 72 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ގޮތަބަޔަ ވިދާޅުވި އެވެ.

ބޭރު ފައިސާގެ ދަތިކަމާ ހެދި 21 މިލިއަން މީހުން ދިރިއުޅޭ ލަންކާއަށް ތަކެތި އިމްޕޯޓް ކުރަން ވަނީ ހުރަސްތަކާ ދިމާވެފަ އެވެ. އެއާއެކު ސަރުކާރުން ކުއްލި ހާލަތު އިއުލާނުކޮށް، ބައެއް ތަކެތި ރޭޝަން ކުރި އެވެ.

މިދިޔަ ހުކުރު ދުވަހު ސަރުކާރުން ވަނީ ޒަރޫރީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅު އުވާލާފަ އެވެ. ކައްކަން ބޭނުން ކުރާ ގޭހުގެ އަގު ހޯމަ ދުވަހުން ފެށިގެން އަނެއްކާ ވަނީ 85 ޕަސެންޓު އުފުލިފަ އެވެ. ފުށާއި ސިމެންތީގެ އަގު ވެސް 10 ޕަސެންޓު އުފުލުނެވެ.

ދައުލަތުގެ ޕެޓްރޯލިއަމް ކޯޕޮރޭޝަން ކުންފުނިން ބުނީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހު ލިބިފައިވާ 350 މިލިއަން ޑޮލަރުގެ ގެއްލުމާ ހެދި ހުރިހާ ބާވަތެއްގެ ތެޔޮ ރީޓެއިލްކޮށް ވިއްކާ އަގު އިތުރަށް އުފުލަން ސަރުކާރުގައި އެދެން ނިންމާފައި ކަމަށެވެ.

އިގްތިސާދީ މާހިރުންނާއި ބައިނަލްއަގްވާމީ ރޭޓިން އޭޖެންސީތަކުން ބުނީ ލަންކާގެ އިގްތިސާދީ މައްސަލަ ފެންމަތިވީ ކޮވިޑް ބަލިމަޑުކަމުގެ ވެސް ކުރިންނެވެ.

ނޮވެމްބަރު 2019 ގައި ގޮތަބަޔަ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި 7.5 ބިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު، އެ އަދަދު ވަނީ 2.5 ބިލިއަނަށް ވެއްޓިފަ އެވެ. އެއާއެކު ލަންކާގެ ބޭރުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގޮތަބަޔަ ވަނީ އިންވެސްޓްމަންޓް އިތުރުކޮށް އިގްތިސާދު ވަރުގަދަވާނެ ކަމުގެ އުއްމީދުގައި ސޭލްސް ޓެކްސް 50 ޕަސެންޓު ކުޑަކޮށް، އާމްދަނީން ނަގާ ޓެކްސާއި ކުންފުނިތަކުގެ ފައިދާ އިން ނަގާ ޓެކްސް ވެސް ކުޑަކޮށްފަ އެވެ.

ނަމަވެސް ސަރުކާރުން އުއްމީދު ކުރި ގޮތާ ހިލާފަށް މިދިޔަ އަހަރު ލަންކާގެ އިގްތިސާދުގެ މަސައްކަތް ވަރަށް ގޯހެވެ. އަދި 3.6 ޕަސެންޓުން އިގްތިސާދު ކުޑަވި އެވެ. އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރީ ބަލިމަޑުކަމާ ހެދި ފަތުރުވެރިކަން ހުއްޓުމުންނެވެ.

ބޭރު ފައިސާގެ ދަތިކަމާ ހެދި މޭ 2020 ވަނަ އަހަރުން ފެށިގެން ޒަރޫރީ ނޫން މުދާ އެތެރެ ކުރުން މަނާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox