އިންޑިއާ މެޗުގައި ފައިސަލް އަށް ކުޅެވުމުގެ ފުރުސަތު އެބައޮތް

Oct 11, 2021, 8:36 AM
ކީޕަރު ފައިސަލް: އިންޑިއާ މެޗުގައި ކުޅެވޭނެ ކަމަށް ބެލެވޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކީޕަރު ފައިސަލް: އިންޑިއާ މެޗުގައި ކުޅެވޭނެ ކަމަށް ބެލެވޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ބަދަލުކުރަން ޖެހުނު ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް ކުރިއަށް އޮތް އިންޑިއާ މެޗުގައި ކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފި އެވެ.

ފައިސަލް، 33، ފަލަމަސްގަނޑަށް އަނިޔާވީ އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނިޓްގަ އެވެ. ފައިސަލްގެ ބަދަލުގައި ކުޅެން އަރައި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިއީ ޝަފީއު ގައުމީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، މިއަދު "އަދަދު" އަށް ބުނީ ފައިސަލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރިކަވާވެ، ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ފައިސަލް އަށް ލިބުނީ މަސްލް އިންޖަރީއެއް. ސީރިއަސްއެއް ނޫން. ރިކަވާވެގެން އިންޑިއާ މެޗުގައި ކުޅެވޭނެ ކަމަށް މި ބަލަނީ،" ރާއްޕެ ބުންޏެވެ.

ފައިސަލް މިއަދު އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިން މެސެޖްގައި ބުނެފައިވަނީ އެންމެންގެ ހެޔޮ ދުއާ އަށް ޝުކުރު އަދާކުރާ ކަމަށާއި އަނިޔާގެ ކަންކަން ދެނެގަންނަން ހެދި ޓެސްޓުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި ފައިސަލް ވަނީ އިއްޔެ ގައުމީ ޖޯޒީގައި އަލަށް ކުޅުނު ޝަފީއު އާއި ޒުވާން ތަރި ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް މަރުހަބާ ކިޔައިފަ އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ފައިސަލް އަށް އަނިޔާވެގެން އޭނާ އަށް ޖޫން މަހު ގައުމީ ޓީމުގެ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ވެސް ކުޅެވުނީ ވަރަށް މަސައްކަތް ކޮށް ރަނގަޅަށް ފިޓްވެގެންނެވެ.

ފައިސަލް އަކީ ފަހަަކަށް އައިސް ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ތަފާތު ދައްކަމުން އަންނަ އިތުބާރު ހޯދާފައިވާ ކީޕަރެކެެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުުޅުންތެރިއަކަށް ހޮވުނީ ފައިސަލް އެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ދެ މެޗުގައި ރާއްޖެ ގޯލު ބެލެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ނޭޕާލް އާއި ދެ ވަަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ނޭޕާލް ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި އޮތީ ތިން މެޗުން ހަތަރު ޕޮޮއިންޓް ހޯދައިގެން ބަންގްލަދޭޝް އެވެ. އެންމެ ފުލުގައި އޮތް ލަންކާ މުބާރާތް ނިންމާލީ ހަތަރު މެޗުން ޕޮއިންޓަކާ އެކު އެވެ.

ބުދަ ދުވަހުގެރޭ އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ފައިނަލަށް ދެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox