ކާބުލްގެ ހޮޓާތަކަށް ޓެރަރިސްޓު ހަމަލާއެއް ދީފާނެ: ޔޫކޭ، އެމެރިކާ

ކާބުލް ސެރީނާ ހޮޓަލަށް 2014 ވަނަ އަހަރު ނުރައްކާތެރި ހަމަލާއެއް ދީފައިވޭ.

ކާބުލް ސެރީނާ ހޮޓަލަށް 2014 ވަނަ އަހަރު ނުރައްކާތެރި ހަމަލާއެއް ދީފައިވޭ.

ކާބުލް، އަފްގާނިސްތާން (އޮކްޓޯބަރު 11) - އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓު ގްރޫޕުން އަފްގާނިސްތާނުގެ މިސްކިތަކަށް ހަމަލާދީފައި ވަނިކޮށް، ހޮޓާތަކަށް އަމާޒުކޮށް ހަމަލާއެއް ދިނުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނެފި އެވެ.

މިދިޔަ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުންނަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވާދަވެރި އައިއެސްގެ ހަރަކާތްތަކެވެ. އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ދިމާވެފައި ވަނިކޮށް އައިއެސް ކޮންޓްރޯލް ކުރަން ވެސް ފިޔަވަޅު އަޅަން ވަނީ ޖެހިފަ އެވެ.

"ސެރީނާ ހޮޓަލްގައި ތިބި އަދި ކައިރި ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން އަވަހަށް ދުރަށް ދިޔުމަށް އަންގަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އެލާޓެއްގައި ބުންޏެވެ.

"ހަމަލާއެއްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބެލެވޭތީ ހޮޓަލްތަކުގައި ނުތިބުމަށް އަންގަން. ވަކިން ހާއްސަކޮށް ކާބުލްގެ ސެރީނާ ހޮޓެލް ފަދަ ތަންތަން ފާހަގަކުރެވޭ،" އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓު އޮފީހުން ބުންޏެވެ.

ތާލިބާނުން ވެރިކަމަށް އައުމާއެކު ގިނަ އަދަދެއްގެ ބޭރު ރައްޔިތުން އަފްގާނިސްތާން ދޫކޮށް ދިޔަ ނަމަވެސް، އެހީދޭ ޖަމާއަތްތަކުގެ މީހުންނާއި ނޫސްވެރިން ވެރިރަށް ކާބުލްގައި އަދިވެސް މަސައްކަތް ކުރަމުން ދެ އެވެ.

ވިޔަފާރިވެރިންނާއި ބޭރު ގައުމުތަކުގެ ރައްޔިތުންގެ މެދުގައި މަގްބޫލު ލަގްޒަރީ ސެރީނާ ހޮޓަލަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތާލިބާނުން ހަމަލާދީފައި ވެ އެވެ.

އެގޮތުން, 2014 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ބަޑި ހިފައިގެން ތިބި ހަތަރު ކުއްޖަކު ސެކިއުރިޓީ ފޫއަޅުވާލައި ހޮޓަލުގެ ތެރެއަށް ވަދެ، ނުވަ މީހުން މަރާލި އެވެ. އޭގެ ތެރޭގައި އޭއެފްޕީގެ ނޫސްވެރިއަކާއި އޭނާގެ އާއިލާ މެމްބަރުން ހިމެނެ އެވެ.

އޭގެ ކުރިން 2008 ގައި އެ ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި ހަ މީހަކު މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox