ބްރެޒިލް އަތުން ޕޮއިންޓް ގެއްލުނުއިރު، އާޖެންޓީނާ އަށް މޮޅެއް

Oct 11, 2021, 4:02 AM
ބްރެޒިލް އަތުން ޕޮއިންޓް ގެއްލުނުއިރު، އާޖެންޓީނާ އަށް މޮޅެއް

ރިއޯ ޑި ޖަނެއިރޯ (އޮކްޓޫބަރު 11) - ގަތަރު ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ދެކުނު އެމެރިކާގެ ޒޯންގައި ބްރެޒިލް ކުޅުނު މެޗުން 0-0 އިން ކޮލަމްބިއާއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އާޖެންޓީނާ އިން 3-0 އިން އުރުގުއޭ ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލަށް ބަލާއިރު، ކޮލިފައިންގައި ބްރެޒިލްގެ ސައްތަ އިން ސައްތަ ރެކޯޑަށް ނިމުން އައިސް އެ ޓީމު އެއް ވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އާޖެންޓީނާ އޮތީ ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ވެެނެޒުއޭލާ އަތުން ރޭ ބަލިވި ކަމުގައި ވިޔަސް ތިން ވަނައިގައި އޮތީ އެކުއެޑޯ އެވެ. އެކުއެޑޯ އަށް ވަނީ 11 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. އުރުގުއޭ ހަތަރެއްގައި އޮތީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.

ބްރެޒިލަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތުތައް ލިބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ފްރެޑް އާއި ރަފީނިއާ އަށެވެ. ކޮލަމްބިއާގެ ގޯލުގައި ހުރި ޑޭވިޑް އޮސްޕީނާ ހުރި ގޯލަށް ބްރެޒިލަށް ގޯލެއް ވައްދާލެވޭ ގޮތެއް ނުވި އެވެ. އަނެއް ކޮޅުން ބްރެޒިލްގެ ތަރި ނޭމާ ހުއްޓުވަން ކޮލަމްބިއާގެ ޑިފެންޑަރުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

Advertisement

ކޮލަމްބިއާގެ ރަފައެލް ބޯރޭ އޭރިއާ ބޭރުން ބްރެޒިލް ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

އާޖެންޓީނާ އިން ރޭ އަމިއްލަ ދަނޑުގައި އުރުގުއޭއާ ދެކޮޅަށް ވަނީ މެޗު ޑޮމިނޭޓްކޮށްފަ އެވެ. އެ މެޗުގެ 38 ވަނަ މިނިޓްގައި ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅަ އަކުން އާޖެންޓީނާ އަށް ގޯލު ހުޅުވައިދިނީ ލިއޮނަލް މެސީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮޑްރީގޯ ޑެ ޕޯލް އާޖެންޓީނާގެ ތިން ވަަނަ ގޯލު ޖަހައިދިނެވެ. އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ތިން ވަނަ ގޯލު ޖެހީ ލޮ ސެލްސޯ ދިން ބޯޅައަކުން ލަޓާރޯ މާޓީނޭޒް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox