އިންޑިއާ ދަނޑުވެރިންގެ މުޒާހަރާގައި ބަޔަކު މަރުވި މައްސަލާގައި މިނިސްޓަރުގެ ދަރި ހައްޔަރުކޮށްފި

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ދަނޑުވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ދަނޑުވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ނިއު ދިއްލީ، އިންޑިއާ (އޮކްޓޯބަރު 10) - ދަނޑުވެރިންގެ މުޒާހަރާއެއްގައި އަށް މީހުން މަރުވި މައްސަލާގައި އިންޑިއާ ރައްޔިތުން ނުރުހުން ފާޅުކުރިތާ ހަފުތާއެއް ފަހުން، އެ މައްސަލާގައި މިނިސްޓަރުގެ ދަރިފުޅު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޖޫނިއާ ހޯމް އެފެއާޒް މިނިސްޓަރު އަޖޭ މިޝްރާގެ ދަރިފުޅު އަޝިޝް މިޝްރާ ހައްޔަރު ކުރީ އުއްތަރް ޕްރަދޭޝް ސްޓޭޓުން ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. އޭނާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވެނީ ދަނޑުވެރިކަމުގެ ގާނޫނާ ދެކޮޅަށް އެ ސްޓޭޓުގެ ލަހިމްޕޫރް ހޭރީ ޑިސްޓްރިކްޓުގައި ބޭއްވި އެއްވުމަކުން ބަޔަކު މަރުވުމުންނެވެ.

މިޝްރާ އާއި އޭނާގެ ބައްޕަ އަޖޭ މިޝްރާގެ ބެލުމުގެ ދަށުގައިވާ ކާރުތަކެއް، ދަނޑުވެރިންގެ ގައިގައި ޖައްސައި ހަތަރު މީހަކު މަރާލި ކަމަށް ދަނޑުވެރިން ބުނެފައިވެ އެވެ.

Advertisement

އެ މައްސަލާގައި މުޒާހަރާގެ ބައިވެރިން ރުޅިގަދަވެ، ކާރުތަކެއްގައި ހުޅު ޖެހުމުން އިތުރު ހަތަރު މީހުން މަރުވި އެވެ. އޭގެ ތެރޭގައި ޑްރައިވަރަކާއި ނޫސްވެރިއަކު ވެސް ހިމެނެ އެވެ.

ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ކުމާރް އަގްރަވާލް ވިދާޅުވީ އަޝިޝް މިޝްރާ ހައްޔަރު ކުރީ ސުވާލު ކުރުމަށް ހޭދަކުރި ދިގު މުއްދަތުގައި އެއްބާރުލުން ދީފައި ނުވާތީ އާއި ނުގުޅޭ ޖަވާބުދެމުން ދާތީ ކަމަށެވެ.

ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރުމަށް ފަހު 90 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ އެވެ. މިޝްރާ އާއި އޭނާގެ ބައްޕަ ވެސް ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ސުޕްރީމް ކޯޓުން ބުނީ މި މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ހިތްހަމަނުޖެހޭ ކަމަށާއި މިޝްރާ ހައްޔަރުކޮށްފައި ނުވާ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ދަނޑުވެރިކަމުގެ ސިނާއަތުން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށާއި އެ ސިނާއަތް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ވާހަކަތަކުގެ ތެރެއިން ހެދި ދަނޑުވެރިކަމާ ގުޅޭ ގާނޫނުތަކުގެ ސަބަބުން ދަނޑުވެރިންނަށް ގެއްލުން ވާނެ ކަމަށާއި ދަނޑުވެރިން ކޮންޓްރޯލް ކުރާނީ ބޮޑެތި ކުންފުނިތަކުން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox