އިންޑިއާއާ ދެކޮޅު ޕެޓިޝަންގައި ޒަމީރު ސޮއި ކުރުން ކުށްވެރިކޮށްފި

މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލާ އަހުމަދު ޒަމީރު: އިންޑިއާއާ ދެކޮޅު ޕެޓިޝަންގައި އޭނާ ސޮއި ކުރުން އެމްޑީޕީން ކުށްވެރި ކުރޭ-- ފޮޓޯ: މޯލްޑިވްސް ނިއުސް ނެޓްވޯކް

މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލާ އަހުމަދު ޒަމީރު: އިންޑިއާއާ ދެކޮޅު ޕެޓިޝަންގައި އޭނާ ސޮއި ކުރުން އެމްޑީޕީން ކުށްވެރި ކުރޭ-- ފޮޓޯ: މޯލްޑިވްސް ނިއުސް ނެޓްވޯކް

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއިކޮށްފައިވާތީ އެ ސޮއި އަނބުރާ ގެންދިއުމަށް އެ ދާއިރާގެ އެމްޑީޕީ ގޮފިން މިއަދު ގޮވާލައިފި އެވެ.

މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒަމީރު އެ ޕެޓިޝަންގައި ސޮއި ކުރުމަކީ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަކަށް ބާރު ލިބޭ ކަމެއް ކަމަށެވެ.

"އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެން ހުރެ އެ ޕެޓިޝަނުގައި ސޮއިކުރުން އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހުލާގުގެ ހަމަތަކުން ބޭރުކަމެއް ކަމުގައި ދެކި އަދި ކައުންސިލަރު ޒަމީރުގެ މި އަމަލުގެ ސަބަބުން މި ދާއިރާގެ އެމްޑީޕީގެ އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާއިން މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ބަޔާނުގައިވެ އެވެ.

Advertisement

އިދިކޮޅުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ހަރަކާތަކީ ރާއްޖެއާ އަވަށްޓެރި އިންޑިއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ހީނަރުކޮށް، ދިވެހިންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާގޮތަށް ބައްޓަންކޮށްގެން ރޭވިގެން ހިންގާ އަމަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއްގައި އެމްޑީޕީގެ ކައުންސިލަރު ބައިވެރިބުން ބަލައި ނުގަނެވޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއި ކުރަން ފަށާފައި ވަނީ މިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގަ އެވެ.

އެ ކޯލިޝަނުން ތުހުމަތު ކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާާގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެ ކޯލިޝަނުން ދެކެ އެވެ.

އެއްބަސްވުންތަކާމެދު އޮތް ކަންބޮޑުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުން އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

އެގޮތުން، އިންޑިއާއިން ދަނީ ތިލަފުއްޓާއި މާލެ ގުޅާލުމުގެ ބުރިޖު މަޝްރޫއުގެ އިތުރުން ގުޅިފަޅަށް ބަނދަރު ބަދަލުކުރުންފަދަ ބިޔަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އިންޑިއާއިން ރާއްޖެއަށް މެދުނުކެނޑި ގިނަ އެހީތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.

ނަމަވެސް، އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް އިދިކޮޅުން އިސްވެ ދަނީ ކުރަމުންނެވެ. އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް، ސަރުކާރާއެކު ސަލާމަތީ ބާރުތަކުން ވެސް ދަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާފަދަ ގޮތަކަށް ބޭރު ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭނެ ޖާގަ ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox