މަހުލޫފްގެ ސަސްޕެންޝަން އުވާލީ އާ އުސޫލުގެ ދަށުން: މަބުރޫކް

ޔޫތު މިނިސްޓަރު މަހްލޫފް: މަބްރޫކް ވިދާޅުވީ މަހުލޫފްގެ ސަސްޕެންޝަން އުވާލީ އާ އުސޫލުގެ ދަށުން ކަމަށް --

ޔޫތު މިނިސްޓަރު މަހްލޫފް: މަބްރޫކް ވިދާޅުވީ މަހުލޫފްގެ ސަސްޕެންޝަން އުވާލީ އާ އުސޫލުގެ ދަށުން ކަމަށް --

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ގޮތެއް ނިންމަންދެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ ސަސްޕެންޝަން ހަތަރު މަހަށްފަހު އުވާލީ އަލަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ ސަސްޕެންޝަން ރޭ އުވާލާފައިވާއިރު، އޭނާ ވަނީ މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެ ވަޑައިގެންފަ އެވެ.

އެ ނިންމުމާ ގުޅިގެން މަބްރޫކް މިއަދު "އަދަދު"އަށް ވިދާޅުވީ މަހުލޫފްގެ ސަސްޕެންޝަން އުވާލީ، ސަރުކާރުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންނަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން، މިހާރު އަމަލުކުރަން ފަށާފައިވާ އާ އުސޫލުގެ ދަށުންނެވެ.

އެއީ މި ފަހުން ޓްރާންސްޕޯޓުގެ ނައިބުންނަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނިކޮށް، ރައީސް އޮފީހުން އެކުލަވައިލި އާ އުސޫލެކެވެ.

"މިހާރު އާންމު އުސޫލެއްގެ ގޮތުން ފިޔަވަޅު އެޅުމާމެދު އަމަލު ކުރުމަށް ނިންމާފައި ވަނީ ޕީޖީ ގޮތެއް ނިންމެވުމުން. އެއީ ޕީޖީއަށް ފޮނުވުމުން [ދައުވާ ކުރުމާމެދު] ގޮތެއް ނިންމެވުމާމެދު ބައެއް ފަހަރު ވަރަށް ގިނަ ދުވަސް ފާއިތުވެގެންދާތީ،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި މި އުސޫލު އެކުލަވައިލީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ކުރެވޭ ތުހުމަތަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނުނިމި ދިގުލައިގެން ދާ ފަހަރުތައް ދިމާވާތީ އެވެ.

އަދި އޭގެ ސަބަބުން ސަސްޕެންޝަންގައި ހުންނަ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން އެ މީހެއް ނިސްބަތްވާ ވުޒާރާއަކަށް ނުވަތަ މިނިސްޓްރީއަކަށް ބޮޑު ގެއްލުމެއް ލިބި، މަސައްކަތަށް ބުރޫ އަރާތީ އެވެ.

މަހްލޫފްގެ މައްސަލައިގެ ހުލާސާ

މިދިޔަ ޖޫން މަހު މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވީ ނަމަވެސް, އަދި މިހާތަނަށް އެކަމުގައި ޕްރޮސިކިއުޓާ ޖެނަރަލް ގޮތެއް ނިންމަވާފައެއް ނުވެ އެވެ.

ހަތަރު މަސް ދުވަހު މަހުލޫފް ސަސްޕެންޝަންގައި ހުންނެވީ މުސާރަ ހިނގާ ގޮތަށެވެ.

އަދި, އޭނާ މިނިސްޓްރީގެ ބައެއް މަސައްކަތްތަކުގައި ވެސް ނުރަސްމީކޮށް އުޅުއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސަސްޕެންޝަންގައި ހުންނަވައި, މިނިސްޓަރު މަހުލޫފް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ކާމިޔާބު ވެސް ހޯއްދަވާފަ އެވެ.

މަހުލޫފްއަށް ކުރެވޭ ހިޔާނާތުގެ ތުހުމަތު

ރިޔާސީ ކޮމިޝަން (ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލަން ފޮނުވުން މިދިޔަ ފެބުރުއަރީ މަހާ ހިސާބުން ފެށިގެން ފުލުސް އޮފީހުގައި މަޑުޖެހުނެވެ. ފަހުން މުއައްސަސާތަކަށް އެއްބަސްވެވުނީ އޭސީސީ މެދުވެރިކޮށް އެ މައްސަލަ ޕީޖީއަށް ފޮނުވުމަށެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނުތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް މަހުލޫފް ސަސްޕެންޑުކޮށްފައިވެ އެވެ. ނަމަވެސް އޭސީސީއިންނާއި ފުލުހުންގެ އޭނާގެ މައްސަލައެއް ނެތް ކަން ޔަގީން ކޮށްދިނުމުން އެ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox