އަފްގާނިސްތާނުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 55 މީހުން މަރުވެއްޖެ

ހުކުރު ދުވަހު ހަމަލާ ދިނީ އަފްގާނިސްތާނުގެ ޝިއައީންގެ މިސްކިތަކަށް. ފޮޓޯ -- ރޮއިޓާޒް

ހުކުރު ދުވަހު ހަމަލާ ދިނީ އަފްގާނިސްތާނުގެ ޝިއައީންގެ މިސްކިތަކަށް. ފޮޓޯ -- ރޮއިޓާޒް

ކުންދޫޒް، އަފްގާނިސްތާން (އޮކްޓޯބަރު 9) - އަފްގާނިސްތާނުގެ ކުންދޫޒް ސިޓީގައި ހުކުރު ދުވަހު ޝިއައީންގެ މިސްކިތަކަށް މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 55 މީހުން މަރުވެއްޖެ އެވެ.

އަފްގާނިސްތާނުގެ މައިނޯރިޓީންގެ ގޮތުގައި ހިމެނޭ ޝިއައީންގެ ތެރެއިން ގިނަ ބަޔަކަށް އެ ހަމަލާގައި އަނިޔާވި އެވެ. ހަމަލާގެ ޒިންމާ އުފުލީ ތާލިބާން ސަރުކާރާ ވާދަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

ހަރުކަށި ފިކުރުގެ އައިއެސް އިން މީގެ ކުރިން ވެސް ވަނީ ޝިއައީންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. އަފްގާނިސްތާނުގެ މެޖޯރިޓީއަކީ ސުންނީ މުސްލިމުންނެވެ.

އައިއެސްގެ ޓެލެގްރާމް ޗެނަލްތަކުގައި އާއްމުކުރި ބަޔާނެއްގައި ބުނީ މިސްކިތަށް ޖަމާވި ޝިއައީންގެ ތެރެއަށް ދިޔަ އައިއެސްގެ މެމްބަރަކު ގޮއްވާލީ ޖެކެޓުގައި ހަރުކޮށްފައި ހުރި ބޮމެއް ކަމަށެވެ.

ބޮން ގޮއްވައި އަމިއްލަ އަށް މަރުވި މީހާ އަކީ މުހައްމަދު އަލް އުއިގުރީގެ ގޮތުގައި އައިއެސް އިން ފާހަގަކުރި އެވެ. އޭނާއަކީ ބެލެވޭ ގޮތުގައި ޗައިނާގެ މައިނޯރިޓީ މުސްލިމް އުއިގާ ދަރިކޮޅުގެ މީހެކެވެ.

ކުންދޫޒް ޕްރޮވިންޝަލް ހޮސްޕިޓަލުން ބުނީ މަރުވެފައިވާ 35 މީހުންނާއި އަނިޔާވެފައިވާ 55 މީހުން އެ ތަނަށް ގެންދިޔަ ކަމަށެވެ. ޑޮކްޓާޒް ވިތައުޓް ބޯޑާޒް އިން ބުނީ މަރުވެފައިވާ 20 މީހުންނާއި އަނިޔާވެފައިވާ ގިނަ ބަޔަކު އެ މީހުންގެ ހޮސްޕިޓަލަށް ވެސް ގެންދިޔަ ކަމަށެވެ.

ތާލިބާން ސަރުކާރުން ކުންދޫޒް އަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓާ އޮފް ކަލްޗާ އެންޑް އިންފޮމޭޝަން މަތީއުﷲ ރޯހާނީ ބުނީ ހަމަލާގައި 143 މީހުންނަށް އަނިޔާވި ކަމަށެވެ.

ތާލިބާނުން ކުންދޫޒް އަށް ކަނޑައަޅާފައި ހުންނަ ސެކިއުރިޓީ ޗީފް މައުލާވީ ދޯސްތު މުހައްމަދު ބުނީ އައިއެސް އިން އުޅެނީ ސުންނީންނާއި ޝިއައީންނާ ދެމެދު ހަމަނުޖެހުން އުފައްދަން ކަމަށެވެ.

"ޝިއައީ އަހުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މުސްތަގުބަލުގައި އެ މީހުންނަށް ތާލިބާނުންގެ ރައްކާތެރިކަން ލިބޭނެކަން އަދި މިފަދަ މައްސަލަތަކާ ދިމާނުވާނެކަން،" އޭނާ ބުންޏެވެ.

ކުންދޫޒްގެ އާއްމުން ބުނީ ހަމަލާ ދިނީ ހުކުރު ނަމާދު ވަގުތާ ދިމާކޮށް ކަމަށާއި އޭރު މިސްކިތުގެ އެތެރޭގައި 300 އާއި 400 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox