މުހައްމަދު ތަކުރުފާނުގެ ގައުމީ ޖިހާދަށް ފިލްމެއް އުފައްދަން ހޯމް މިނިސްޓްރީ ނިންމައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި, މުހައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި އިއްޔެ ބޭއްވި ޖަލްސާގައި އެ ފިލްމް ވަނީ އިފްތިތާހުކޮށްފަ އެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ގައުމީ ދުވަހު މި ފިލްމު ދެއްކުމެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ "ބޮޑުތަކުރުފާނު" ގެ ނަމުގައި އުފައްދާ އެ ފިލްމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އެމަނިކުފާނު ކުރެއްވި ޖިހާދާއި ގުރުބާނީތައް ޒަމާނުގެ ވިސްނުންތަކާ އެއްގޮތަށް ޅަދަރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ފެށި ބޮޑު ޕްރޮޖެކްޓްއެއް ކަމަށެވެ. އަދި އެއީ ތާރީހު ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގެ ކޮންމެ ހާދިސާއަކީ އޭގެ މައްޗަށް ފުންކޮށް ނަޒަރު ހިންގާ ވިސްނާލާއިރު އޭގެން ބޮޑެތިވެގެންވާ އިބުރަތްތަކެއް ލިބެނިވި, ދީނާ ގައުމަށްޓަކައި އަމިއްލައަށް ގުރުބާންވާންޖެހޭކަމުގެ ފުރިހަމަ އިހުސާސްތައް ރަމްޒުކޮށްދޭ ކިތަންމެ މިސާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މި ފިލްމް ޑައިރެކްޓްކުރާނީ ކުރިން ސިފައިންގެ ތެރެއިން ފާހަގަކުރެވުނު ހުނަރުވެެރި ޑައިރެކްޓަރު އަޝްހަރު ވަހީދެވެ.













