އައިއެސްއާ އެކު އުޅުނު ބަޔަކު ޖަރުމަނަށް އަނބުރާ ގެންގޮސްފި

ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅޭ އާއިލާއެއް. -- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ރެފިއުޖީ ކޭމްޕެއްގައި އުޅޭ އާއިލާއެއް. -- ފޮޓޯ: އޭއެފްޕީ

ބާލިން، ޖަރުމަނު (އޮކްޓޯބަރު 7) - އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕާ ގުޅުނު އަށް އަންހެނުންނާއި އެ މީހުންނާ ގުޅުން ހުރި 23 ކުޑަކުދިން އުތުރު ސީރިއާ އިން އަނބުރާ ޖަރުމަނަށް ގެންގޮސްފި އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު އައިއެސްއާ ގުޅުން ހުރި އެހާ ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ޖަރުމަނަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

"ކުޑަކުދިންނަށް ދިމާވެފައިވާ ހާލަތަށް އެ ކުދިން ޒިންމާ ނަގާކަށް ނުޖެހޭނެ. އެކަމަކު އެ ކުދިންގެ މައިންނަށް އެ މީހުންގެ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނެ،" ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

ޖަރުމަނަށް އައުމާއެކު އޭގެ ތެރެއިން ގިނަ ބަޔަކު ބަންދުކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ޖަރުމަނުގެ އިތުރުން ޑެންމާކުން ވެސް ވަނީ ތިން އަންހެނުންނާއި 14 ކުދިން އަނބުރާ ގެންގޮސްފަ އެވެ. އެއީ އެމެރިކާގެ އަސްކަރީ އެހީއާ އެކު ހިންގި އޮޕަރޭޝަނެކެވެ.

މާސް ވިދާޅުވީ ރައްކާތެރިކަން ބޭނުންވާ މީހުންތަކެއް، ވަކިން ހާއްސަކޮށް ކުޑަކުދިންތަކެއް، ޖަރުމަނަށް ގެނެސް އެހީވެވޭތީ އުފާކުރައްވާ ކަމަށެވެ.

"އެއީ ގިނައިން ބަލި ކުދިން ނުވަތަ ޖަރުމަނުގައި ބެލެނިވެރިއަކު ތިބި ކުދިންނާއި އެ ކުދިންގެ ބޭބެއިންނާއި ދައްތައިންނާއި މަންމައިން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ އެންމެން ޖަރުމަނަށް އަނބުރާ ގެންދިޔެއީ އިރުއުތުރު ސީރިއާގައި ކުރުދީން ކޮންޓްރޯލް ކުރާ ހިސާބުގައި ހުންނަ ރޯޖް ރެފިއުޖީ ކޭމްޕުންނެވެ.

ބިލްޑް ނޫހުން ރިޕޯޓު ކުރި ގޮތުގައި ފޮރިން މިނިސްޓްރީ އާއި ފުލުހުންގެ އޮފިޝަލުން ސީރިއާ އަށް ދަތުރު ކުރީ އެމެރިކާގެ އަސްކަރީ ޖެޓެއްގަ އެވެ. އެ މީހުން ގޮސް ކުޑަކުދިންނާއި އަންހެނުންތައް ގޮވައިގެން ޖެޓުގައި ކުވެއިތުގައި މަޑު ކުރުމަށް ފަހު، ފްރެންކްފާޓަށް ދިޔައީ ބުދަ ދުވަހު އެވެ.

އޭގެ ތެރޭގައި ހިމެނެނީ އުމުރުން 30 އަހަރާި 38 އަހަރާ ދެމެދު އަންހެނުންނެވެ. އެ އެންމެންނަކީ ވެސް ޖަރުމަނުގެ އެކި ހިސާބުތަކަށް ނިސްބަތްވާ އަންހެނުން ކަމަށް ޑާ ސްޕީގަލް ނޫހުން ބުންޏެވެ.

މާޗް 2019 ގައި އައިއެސްގެ ބާރު ނެތި ދިޔުމުން އެ މީހުންނާ ގުޅުން ހުރި ގައިދީންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އެބަ އޮތެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކުން އެ ގައުމެއްގެ ރައްޔިތުން އަނބުރާ ގެންދަނީ ވަކިވަކި ކޭސްތައް ރިވިއު ކުރުމަށް ފަހު، ހާލަތާއި ނުރައްކާ ވަޒަން ކުރުމަށް ފަހު އެވެ.

ޖަރުމަނުން އެންމެ ފަހުން މިފަދަ އޮޕަރޭޝަނެއް ހިންގީ ޑިސެމްބަރު 2020 ގައި ފިންލޭންޑްއާ އެކު އެވެ. އެ ފަހަރު ފަސް އަންހެނުންނާއި 18 ކުދިން އަނބުރާ ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox